މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔައިރު، އަދި މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެމްޑީއެން ދީނާއި ހިލާފު ފިކުރު ފަތުރަން އުޅޭ މައްސަލަ ވެއްދުމުންވެސް އަނގައިން ނުބުނެ ތިއްބެވި މެންބަރުން ސަލަފް ޖަމިއްޔާ އުވާލުމަށް އަޑު އުފުލަން ފަށައިފިއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ސަލަފް ޖަމިއްޔާ އަށް ފާޑުކިޔައި ވާހަކަ ދައްކަވާފައި ވަނީ އަވަހާރަކޮށްލައިފައިވާ ޑރ. އަފްރާޝީމް އަލީ އަށް ފާޑުކިޔައި 2008 ވަނަ އަހަރުގެ ތެރޭގައި އެޖަމިއްޔާއިން ނެރެފައިވާ ނޫސް ބަޔާނަކާއި ގުޅިގެންނެވެ. އެ ނޫސް ބަޔާނުގައި ވަނީ ޑރ. އަފްރާޝީމް ދައްކަވައިފައިވާ ބައެއް ވާހަކަތަކާއި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައި ކަމުން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފުގެ އަތެއް އޮވެދާނެ ކަމާމެދު ޝައްކު އުފެދިދާނެ ފަދަ ބައެއް ވާހަކަތައް މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެެވެ.

މިއަދު މަޖިލީހުގައި ބަހުސް ކުރަމުން ދިޔަ ޖަމިއްޔާ ތަކުގެ ބިލަށް ބަހުސްކުރެއްވެވި ބައެއް މެންބަރުން ވިދާޅުވެފައިވާ ގޮތުގައި ސަލަފް ޖަމިއްޔާ އަކީ، އެޖަމިއްޔާއިން ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވޭ ވަރަށްވުރެ ދަށު ދަރަޖައަށް ވެއްޓިފައިވާ ޖަމިއްޔާއެކެވެ.

ބައެއް މެންރުން ވިދާލުވެފައި ވަނީ ސަލަފް ޖަމިއްޔާއިން ޑރ. އަފްރާޝީމް އާއި ދެކޮޅަށް ނެރުނު ނޫސް ބަޔާނަކީ "ނާމާން ބަޔާނެއް" ކަމަށާއި އެބަޔާނުގައި ބާރު އަޅައިފައި ވަނީ، އަފްރާޝީމް މަރާލުމަށް ކަމަށެވެ. އަދި އެޖަމިއްޔާ އަކީ ރައްޔިތުންގެ މެދުގައި ނިރުބުވެރި ވިސްނުންތައް އުފައްދައި އެފަދަ ކަންކަމަށް ބާރުލިބޭ ގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށްވެސް މެމްބަރުން ވަނީ ބުނެފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަޖިލިސް
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަޖިލިސް

އަދި ޖަމިއްޔާ ތަކުން ކޮށްފައިވާ ކަންކަން ބަލަން ޖެހޭ ކަމަށާއި، މިހާރުން މިހާރަށް ޖަމިއްޔާ ތަކުގެ މައްސަލަ ނުބެލިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ވެދާނެ ގޮތަކާއި މެދު ބިރުވެރިކަން އޮތް ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) – ފޮޓޯ: މަޖިލިސް
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) – ފޮޓޯ: މަޖިލިސް

ސަލަފް ޖަމާއަތް އުވާލަން ޖެހޭ ކަމަށް މަޖިލީހުގެ ތެރޭގައި ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އަދި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ހިމެނެއެވެ. މި ހަތަރު މެންބަރުންގެ އިތުރުންވެސް ބައެއް ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ސަލަފް ޖަމިއްޔާ އާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އާބިދާގެ ބޮންދު

  ތި އެމްޑިޕީ އަކީ ރާއްޖޭގަ އޮތް ލާދީ ބައިގަނޑު ތީގަނޫޅޭނެ ސަހަލު އެކަކުވެސް ހާއްސަކޮއް އާބިދާގެ ބޮންދު

  27
  1
 2. ޢެއޮއް

  މާ ނުބައިނުލަފާވެގެން އުޅޭނެކަމެއްނެތް ... ތިއޮއް އޮވެގެން ބޭނެނީއެއްނު އަމިއްލަޔަށް ؟ ؟؟! ޜައްޔިތުންނެއްވެސް ނޫޅޭ ތިނާމާން ބައިގަޑާ އެއްބަސްވާކަށް ... މަށައްހީވަނީ ސަލަފްގެ ވާހަކައަކީ ހަމަ ބިރިޔާނީ އެއްޗަށް އިތުރަށް އެޅި ލޮނުމިރުހާއި ހަވާދުހެން .. ހަމަސީދާ އެމްޑީއެންގެ ލޯބީގަ ދީވާނާވެން ޔާރާނުލާ ނޫޅެވޭތީ ދުއްތުރާ އެކުރަނީ ... ޢެންމެފަހުން ތިބިރިޔާނީ ކެވޭނީވެސް ތިބައިގަޑަށް ، އުޅޭތި ކުޅިވެގެން ދުލުގަ މުޅި އަތް ހާކާލަ ހާކާލާ.. އެޖެންޑާ ނަވާރަތަ ؟ ފަސާދަތަ ؟ ދޭތީގަ ފިލި ޖެހެނީ އެއްގޮތަކަށް🤔

 3. 19 ނަވާރަ

  މި އިންސާނާގެ ޠަބިޔަތް ކީއްކުރާނީ މި ބައިގަނޑުގެ ކިބައިން މި ގައުމު ސަލާމަތް ކުރުމަތް އެންމެ ތެދުވަމާ. ކޮބާތަ ފަނޑިޔާރުންތައް ހިނގާބަލަ އެންމެން އެކުގައި މިކަމަށް ދުޢާ ކުރަން.

  10
 4. ޅޅ

  ބައިނަލް އަޤުވާމީ ޖަމުއްޔާ ޖަމާއަތްތަކާއި އެމީހުންގެ އެޖެންޓުން އަބަދުވެސް އުޅެނީ މުސްލިމުން ނާއި އިސްލާމް ދީނަކީ އަނިޔާވެރި ބަޔެއްކަމަށް ދައްކައިގެން އިންސާނުން އިސްލާމް ދީނަށް ނަފުރަތު ކުރުވާ ދީނާއި ދުރުކުރުވަން ! އިސްލާމް ދީނުގައި ހުރި ބަޔެއް ކަންކަން ނުބައިކޮށް މާނަކޮށް އިސްލާމް ދީން އޮޅުވާލައިގެން މަސައްކަތް ކުރާ މީހުންވެސް އެބަތިބި!