މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަސްލާގައި ކޯޓު ފަޓުލޫނު ތުރުކުރައްވައި ބައިވެރިވެވަޑަގަތުމަށް ފަހު މަސައްކަތު ހެދުމުގައި އަމިއްލަ ސައިޓަށް ވަޑައިގެން އެތަނުގައި ތިބި އަމިއްލަ މުވައްޒަފުން ކުރި މަސައްކަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެންފިއެވެ.

އެކަން ޓްވިޓާގައި އިއުލާން ކުރައްވައި ޖާބިރު ވިދާޅުވީ ކަމެއް ކަމަކަށް ވަނީ އެތައް ބުރަ މަސައްކަތް ތަކެއް ކޮށްގެން ކަަމަށެވެ. އަދި އަމިއްލަ ވިޔަފާރި އަލުން ކޮޅަށް ޖެހުމަށް ނިކުމެ އެހުންނެވީ ހިތްވަރާއި އަޒުމާއި އެކުގައި ކަމަށާއި، މީހަކު އެއްޗެށް ދީފާނެ ކަމަކަށް ކަމެއް ކޮށްދީފާނެ ކަމަަކަށް ނުހުންނަވާނެ ކަމަށެވެ. އަދި މިއަދުގެ މަޖިލިސް ނިންމަވާ ލެއްވުމަށް ފަހު އެއަޒުމުގައި "ފުލް ކިޓު"ގައި ސައިޓަށް ވަޑައިގެންފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކަމެއް ކުރީމަ ކަމެއް ވާނީ. ލައްކަ ބުރަކޮށް އުޅެގެން ކާމިޔާބު ވާނީ ކަމެއް. އިރާދަ ކުރެއްވިއްޔާ އަމިއްލަ މަސައްކަތުން ވިޔަފާރި ކޮޅަށް ޖަހަން މިހުރީ އަޒުމުގައި. މީހަކު އެއްޗެށް ދީފާނެ ކަމަކަށް، ކަމެއް ކޮށްދީނާފެ ކަމަކަށް ނުހުންނާނަން. މަޖިލިސް ނިމުނު ގޮތަށް މިހުރީ ފުލް ކިޓުގައި އެހެން ސްޓާފުންނާއި އެކު ސައިޓުގައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކުރެއްވި ޓްވީޓާއި އެކު ވަނީ ވީޑިއޯ އެއްވެސް ހިއްސާކޮށްފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި ގާޑިޔަލަކަށް ލައިގެން ގޮސް ޖެޓްސްކީ އެއް ދޯންޏަކަށް އެރުވި އިރު އޭނާ ހުންނެވީ ގާޑިޔަލުގެ މުށްގަނޑުގައި ހިއްޕަވައިގެން މަސައްކަތް ކުރަމުގެ ގެންދިޔަ މުވައްޒަފުންނަށް ހިތްވަރު ދިނުމަށެވެ.

ޖާބިރު އަކީ މަޖިލީހުގައި ބަހުސް ކުރައްވައިގެން އެތައް ބައެއްގެ ސަމާލުކަން ހޯއްދަވައިފައިވާ މެންބަރެކެވެ. އަދި މަޖިލީހަށް ކުރިމަތިލެއްވުމުގައި ވެސް ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވައި ނުހޮވުމުން ހިތްވަރު އެލުވާ ނުލައި، އަމިއްލަ މެންބަރެއްގެ ގޮތުގައި ނިކުންނަވައި މާލެ އާއި ކާށިދޫ އާއި ދެމެދު ކޭބަލް ކާރުން ގުޅާލުން ފަދަ ބޮޑެތި ވައުދުތައް ވަވަޑައިގެން އިންތިހާބުވި މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސަޓޯ

  ޝޯ އޮފް ގޮލައެއްމިއީވާ އެނގޭ !!

  16
  3
 2. ދަރިޔާނާ

  ތިމާގެ ދޫ ނުބައިވެއްޖެ މީހެއްގެ ޢަމަލުތައް ސަހަލަ ވާނެއެކޭ ނުބެލެވޭ. ދެއްކުންތެރިކަން އެއީ ވަރަށް ގޯސް ސިފައެއް.

  102
  4
 3. މާހިރު

  ޖާބިރު ތިބުނީ ސަތޭކައިގެ ވާހަކައެއް ކަމެއް ކުރީމަ ކަމެއް ވާނީ މިއަދު އިންދި ގަހެއްގެ މޭވާ މާދަމާ ލިބޭނީ ދުނިޔޭގަ ތިބިބަޔަކަށް ޖާބިރު ރަނގަޅުު ކޮލެޖް ތަކުގަ ލެކްޗަރު ދޭންވެސް ކާމިޔާބަކީ އެކަމަށް އެދި މަސައްކަތް ކުރާމީހާގެ ހައްގެއް

  6
  2
 4. ލެއްގި ކޮމިޝަނަރ

  ވިޔަފާރި ބަންގުރޫޓްވެފަ، އެކަމަކު މައުމޫނަށް ޑިމޮކުރަސީ ގެނެސްދިނުމަށް 29 މިލިއަން ރަފިޔާ ރައީސް ސޯލިހު ވެރިކަމަށް ގެންނަން 80 މިލިއަން ރުފިޔާ. ވިޔަފާރި އިދަޖެހި ޔޮޓްޓުއާސް އޮތީ ބެންކްރަޕްޓް ވެފައި. މިދެން ކޮންކަހަލަ ބޮޑުއަރަތެއް. މިއަރަތުގެ ޖަވާބު ދިޔާނާ ބުނެދީބަލަ.

  12
  1
 5. ޙަސަނާ

  މީނާ މިހާރު މިއުޅެނީ ދިޔާނާ ސުޕްރިމްކޯޓައް ވެއްދޭނެގޮތެއްރާވަން ދީނާދެކޮޅައް މީނާ މަޖުލިސްގަ ބަސްބުނަންޔާ މޑޕ އެކުޓިވިސްޓުްންނާ ބޮޑުން ވަރައް އުފާވާނެ....

  11
  2
 6. ޢަބްދުއްލާ

  މަޖިލިސް ނިންމަވާލެއްވުމަށް ފަހު "ފުލް ކިޓުގައި" ޖާބިރު މަސައްކަތު ސައިޓަށް

  2 ގަޑިއިރު ކުރިން ( ނޮވެމްބަރު 19, 2019 )

  "ކަމެއް ކުރީމަ ކަމެއް ވާނީ. ލައްކަ ބުރަކޮށް އުޅެގެން ކާމިޔާބު ވާނީ ކަމެއް. އިރާދަ ކުރެއްވިއްޔާ އަމިއްލަ މަސައްކަތުން ވިޔަފާރި ކޮޅަށް ޖަހަން މިހުރީ އަޒުމުގައި. މީހަކު އެއްޗެށް ދީފާނެ ކަމަކަށް، ކަމެއް ކޮށްދީނާފެ ކަމަކަށް ނުހުންނާނަން. މަޖިލިސް ނިމުނު ގޮތަށް މިހުރީ ފުލް ކިޓުގައި އެހެން ސްޓާފުންނާއި އެކު ސައިޓުގައި" ޖާބިރު ވިދާޅުވިއެވެ.

  ހަދުމަފުޅު އެބަހުރިތޯ ؟ މީސްމީހުންލައްވާ މަސައްކަތް ކުރުވާފަ އެމަސްކަތުގެ އުޖޫރަރަ

  ނުދެއްވާމަތިން. އެވެރިންގެ އަނބިދަރިން ނައްވާނެދައްޗާ އުދަގުލާ ހިތާމަ. ކުށެއްނެއް މީހުނަށް

  ތިގޮވާ ކުނިލިގެ އަގުދައްކަންޖެހޭނެކަން. ރައްޔިތުންގެ ފައިސާ ގައި ތިހިންގަވާ ނާޖާއިޒު

  މަސައް ކަތްތަށް.

  7
  1
 7. އާދު

  ދެއްކުންތެރިޔާ މުނާފިގުމީހާ ޖާހިލުމީހާ ރާބޯމީހާ ދޮގުހަދާމީހާ ދޫނުނުބައި ފުލައިޓުން ކޮއްޕަމުން ގަޅުވަމުން ބާލާމިހާ ކާކުބާ ކާށިދޫދާއިރާގެ ހޮނޑާބެ

  9
  1
 8. ސިއްތި އާދަމްބެ

  ގަޓު ހުރިއްޔާ މަޖިލިސް ނިންމަވާލެއްވުމަށް ފަހު ލޮލީ ވިއްކަން މާރުކޭޓަށް ދޭބަލަ!

  62
 9. ބަރުގޮނު

  ތިޔަކަމަކީ އޭގެ ޒާތުގައި މޮޅުކަމެއް. މިއަދު ކޮށްފައި ދެން މިމަންޒަރު ނުފެންނަނަމަ ތިޔައީ ދެއްކުންތެރިކަން. އެކަމަކު ކޮއިފުޅާ " ހަރުދަނާ " ކަމެއްނެތި އެބުރެމުން ސެބުރެމުން ހަޅޭއްލަމުން ދުވަންޏާ މީހުން ދެކޭނީ ކަޑުކޮހަކަށް.

  10
 10. ދޔނ

  ތިހެން އުޅެމުންއެޅެމުން ދައްކަންޖެހޭ ދަރަނިތައް ވެސް ދައްކާ ނިންމާލަންވީނުންތޯ