މާލޭ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަޝްރޫއެއް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލުކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބުކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ސާލިހް ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ މިކަމާބެހޭގޮތުން މާލޭ ސިޓީ ކައުންސިލުގެ އިސްނެންގެވުމާއެކު އެކުލަވާލައްވާފައިވާ "ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭން" އާއި ގުޅޭގޮތުން ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހަށް މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ބަލައި މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިމަޝްރުއޫ ނިމުމާއި އެކު މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ އަށް ހައްލެއް ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ޚިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު ޢާންމު ދަތުރުފަތުގެ ޚިދުމަތް އަލުން ތަޢާރަފުކުރެވި މަގުތައް ފެހިކުރުމަށް ރައީސްގެ ބައްދަލުވުމުގެ ތެެރެއިން، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ޤާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާިަުދުރުވިސނ

    ޜ މަނިކުފަަނސަބަހެ ތިހަމަ ރަޔަތުނގެލޮބުވެތިރަިޔސ

    2
    9
  2. ބޭބެސޭޓު

    މަވެސް ޕީޕީ.އެކަމް އެމްޑީޕީ ސަރުކާރުންވެސް ރަންގަޅުކަމެއްކުރަންޏާ މަވެސް ބައިވެރިވެ ތަރުހީބުދޭނަން. ކަޑަވަނީ އެމްޑީއެންގެނުބައިނުލަ ފާފާ ލާދީނީ ބައިގަނޑާމެދުގަ އަދިވެސް އެއްވެސްފިޔަވަޅެއްނޭޅުނީމަ. މީތިކަޑައޭ އިއްޒަތްތެރި ރައީސް. އެބައިގަނޑު ހިފާހައްޔަރުކުރާށޭ. ފަޓަސްބަރިއެއްހެން ޖޫޑިޝަރީ އަށް ފިޔަވަޅުއަޅަމުންދިޔަހާ ބާރުމިނުގަ އެއާލާތުން ހައްޔަރު ނުކުރެވިގެން ތިއުޅެނީ ކާކުދެކެބިރުންހެއްޔޭ؟؟؟؟ ރަައްޔިތުންރުއްސާލަންވެސް އބައިގަނޑު އަންދަގޮޑިޖައްސަންވެޖެނޫންތަ. ؟

    13
    2
  3. ޢއ

    މި ގައުމު ސެކިއުލަރ ކުރުމުގެ މަސައްކަތް ކޮއްފަ އެހެންކަމެއް ކުރާނެ ވަރެއް ނެތް ލާދީނީ ސަރުކާރުގަ. ކަމަކަށް އޮތީ ދީނަށް އުޅޭމީހުން ހައްޔަރުކުރުން. ދީނުގެ ދިފާއުގަ ތެދުވަންވީ ވަގުތު އަދިވެސް ނުޖެހޭހެއްޔެވެ؟ ގައުމު ވެއްޓެމުން މިދަނީ ވަރަށް ފުން ވަޅުގަނޑަކަށް. ﷲ ސުބުޙާނަހޫ ބަތަޢާލާ ލާދީނީ ފިކުރުގެ ނުބައި ކަމުން މިބިން ރައްކާތެރި ކުރައްވާށި. ޢާމީން

    15
    2
  4. އިހަވަންދޫ ރައްޔިތެއް

    އަޅޭ މާލޭގަތަ ހުރިހާ ދިވެހިން އުޅެނީ އަހަރުމެންމީ ބައެއްނޫންތަ. ހެޔޮނުވާނެ މި ރައްތަކުގެ މަގުތައް ހަދާދީބަލަ. އޯ ހަނދާން ނެތުނީ ޖަޒީރާ ދޯ. މާލެވެސް ޖަޒީރާ ކުރަންވީނު. ނުރަބޯ ރައީސް.

  5. ޝާހް،ރ.ވާދޫ

    ތިއޮތީ ތިކަންވެފަ. ލޯކަލް މާރުކޭޓް ހުސްކޮށްފަ އެތަން ތަޅާލަފަ އަޅާލާ ބިޔަ އިމާރާތްއެހެރީ ފެންނަން! ހުޅުމާލޭގަ އަޅާފަހުރި 7000 ކޮތަރުކޮށިވެސް އެހެރީ އަލުން ބަދަލުގެނެސް އިންސާނުންނާ ގުޅޭނެހެން ބަދަލުކޮށްލާފަ. މާލޭގަ ތާރުއަޅައިގެން ޒަމާނީފެންވަރަށް ހަދާނެކަމަށް ސިޓީކައުންސިލުންބުނި ހުރިހާމަގެއް ބާރު ސްޕީޑްގަ އެއޮށްގެން ހަދާނިމެނީ. ޓްރެފިކް ސްޓިކާޖަހައިގެން ލާރިހޯދައިގެން މީގެކުރީސަރުކާރުތަކުން ރައްޔިތުން ފެލަމުން އައި އައުން މިސަރުކާރުން ރައްޔިތުންނަށްޓަކާ އެއޮތީ ހުއްޓުވާފަ. މިވަރު ސަރުކާރެއް އެބައޮތް؟؟؟؟

  6. ހައިލަން

    ބުދު ރައީސް..

    5
    1
  7. ލޯބިވާ ވަޠަން

    ރަށްރަށު މީހުންނަށް އޮތީ ޓެކްސް ދެއްކުން. އެއީ ހައްގުވާ މިންވަރު. ނަޖިސް ފެން ބޮއެ ނަޖިސް ފެނުން ފެންވަރައިގެން އުޅުން. ރަށްތައް ގިރައި އުމުރު ދުވަހު އަތްފައި ކޮށައިގެން ހޯދި އާމްދަނީން އެޅި ޖިފުޓިގަނޑު ވެއްޓި ދަނީ. އަދާކުރާނެ ވަޒީފާއެއް ނެތް. ބައްޔެއް ވެއްޖިއްޔާ އަޅު މާލެއަށް. ރަށް ރަށުގައި އުޅޭ ރައްޔިތުންނާއި މެދު ކޮންމެ ސަރުކާރަކުން ވެސް ގެންގުޅެނީ ދެ ވަނަ ދަރަޖައިގެ އުސޫލު. ޢަތޮޅުތަކުގެ ރައްޔިތުން ހޭލަން ވެއްޖެ.

  8. ކާފަ

    ނޭގޭނެ ތިކަމެއް ކުރާކަށް