ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހްގެ ވެރިކަން ނިންމަން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ވައްދައިފިއެވެ.

ޖާބިރު މިހާރު މަޖިލީހުގެ އިދާރާ އަށް ފޮނުވާފައިވާ ޤަރާރުގައި ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ޤާނޫނު އަސާސީ އާއި ހިލާފަށް ބޭއްވި އިންތިޚާބެއް ކަމަށެވެ. އެއީ ސިޔާސި ލީޑަރުންނަށް ބައިވެރި ނުވެވޭ ގޮތައް ބޭއްވި އިންތިޚާބަކަށް ވާތީ އަވަސް އިންތިޚާބަކަށް ގޮވާލުމަށް ޤަރާރު ހުށަހެޅީ ކަމަށް ޖާބިރުގެ ޤަރާރުގައި ވެއެވެ.

ޖާބިރު ވިދާޅުވީ ޤަރާރު ހުށަހެޅުއްވީ "ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަކުރެވޭނެ ގޮތުގެ މަތިން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ގޮތުގެމަތިން ކުރައްވަން ޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފައްޓަވައި، އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމްކޮށް" ޤަރާރެއް ފާސްކުރުމަށް ކަމަށެވެ.

އަލުން ރިޔާސީ އިންތިޚާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކުރަން ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހެޅުއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހުސްވުމުންނެވެ.

ރައީސް ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

ޤާނޫނު އަސާސީގެ 124 ވަނަ މާއްދާ ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ވަގުތީ ގޮތުން އެމަގާމުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި އިންތިޚާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އިންތިޚާބު ކުރަން ޖެހޭނެއެވެ.

ރައީސް ޞާލިހް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އޭރު އިދިކޮޅުގައި ހަރަކާތްތެރިވި ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ތަފާތު ޙުކުމްތަކުގައި ތިއްބެވުމުން އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު އެއިން އެއްވެސް ބޭފުޅެއްގެ ކިބައިގައި ފުރިހަމަ ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަދުރޭ

  ޖާބިރު އެ އުޅުއްވަނީ މަރުގެ ސަކަރާތުގައި މިހާރު . އެއްވެސް ބޭފުޅަކު ޖާބިރަށް ހިތްބުރަ ނުކުރައްވާތި

  64
  3
  • ޒައި

   ސީދާ ކެނެރީގޭ ބުއްޅަބެ އަޑީގަ ހުރެ ޖަހާ ސަކަރާތް.. ޖާބިރަކީ އޭނާ އޮޕަރޭޓްކުރާ ޕަޕެޓެއް..

   25
   2
 2. ޖިންނި

  ސަން ރައިޒް ބަލާ ކަލޭގެ އެއުޅެނީ މުރުތައްދު ކަލޭގެ އާއި ޑީލް ހަދައިގެން ކަމަށް ވެދާނެ

  62
  6
 3. މަޖިލީހުގެ ރައީސް

  ޤާރާރަކީ އޭނާ އަމިއްލަ އަށް ލިޔުނު އެއްޗަކަށް ނުވާތީ އޭތި ބޭ ޤަރާރުކޮށްފީމެވެ

  54
  8
 4. އަނހި

  ޖާބެ އެއުޅެނީ ހިތުން އިބިލީހައް ވެރިކަންހޯދައިދޭން ތިހެންއުޅެނިކޮއް އިނދަޖެހޭތަން ފެންނާނީ

  16
  1
 5. އެންދެރި

  މަޖްލިސް އުވާލާ އަލުން މީހުން އިންތިހާބު ކުރަން ވީ އެވެ.

  23
  2
 6. މޮޔަބެ

  ޖާބެގެ ވިސްނުން އިލްމީގޮތުން ވަރަށް ސަޅި، އަދި އަޑެއްިޔާ ރެދުލިއަސް ނުލިއަސް އޭނާގެ ހިރްވަރުގަދަ...އަދި މިހާރު އޭނާގެ ޕްލޭން އެއޮތީ ރ. ޔާމިން ގޮޅީގައި ބާއްވާއިގެން ކަމެއްކުރުން...އަޅެނިކަން ކެރޭނަމަ ރ.ޔާމިން ހިމެނޭގޮތުން އިންތިޚާބެއް ބާއްވަ ބަލަ...

  15
  3
 7. ހޯރަ ބޭ

  ގަރާރު ހުށައަލާ ކާށިދުއަން އޭރުން ޖާރެހޮވާނީ މަޖިލީހަން ހެހެހެ

  9
  2
 8. ސާކިރު

  ސާބަސް ޖާބިރުއައް

  6
  3
 9. ބޮލި މުލައް

  މީނާގެ ޑްރާމާގެ ސްކްރިޕްޓް ތައްޔާރުކުރަނީ އައްނި މި ޙަޤީޤީ ތެދު.

  14
  2