ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާތަނަށް ކިތައް ދަތުރުފުޅު ކުރެއްވިތޯ ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ސުވާލުތަކެއް ހުށަހަޅައިފިއެވެ.

ޖާބިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިނިސްޓަރ ޝާހިދާއި ސްޓޭޓް މިނިސްޓަރ އެކުގައި މިހާތަނަށް ކިތައް ދަތުރު ކުރެއްވިތޯ އާއި ސްޓޭޓް މިނިސްޓަރާއި މިނިސްޓަރު އެކުގައި ދަތުރު ކުރައްވަން ޖެހެނީ ކީއްވެތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.

އަދި އެހާގިނަ އަދަދަކަށް މިނިސްޓަރާއި ސްޓޭޓް މިނިސްޓަރ އެކުގައި ދަތުރު ކުރެއްވުމަކީ އެހެން ގައުމުތަކުގައި ވެސް އާންމު ކަމެއްތޯ އާއި ދެބޭފުޅުން ވެސް ދަތުރު ކުރައްވަނީ ފަސްޓް ކްލާހުގައިތޯ ސާފުކުރަން ޖާބިރުގެ ސުވާލުގައި ހިމަނާފައި ވެއެވެ.

މިސަރުކާރުން ހުށަހަޅުއްވައިގެން ދިވެހި ސަރުކާރު ބައިވެރިވާ އެއްވެސް ބައިނަލްއަޤުވާމީ އިދާރާއެއްގައި މިހާރު ވަޒީފާ އަދާކުރައްވާ އެއްވެސް ދިވެހި ރައްޔިތަކު އެބަހުންނެވިތޯ އާއި އެއީ ކޮންކޮން ބޭފުޅުންނެއްތޯ ޖާބިރު ވަނީ ސުވާލު ކުރައްވާފައެވެ.

ޖާބިރު ސުވާލުތައް ފޮނުވީ މިއަދު އެވެ. އެހެންކަމުން 14 ދުވަހުގެ ނޯޓިސް އަކަށް ފަހު ޖާބިރުގެ ސުވާލުތައް ކުރުން މަޖިލީހުގައި އޮންނާނެއެވެ.

މިނިސްޓަރ ޝާހިދު ބޭރު ގައުމުތަކަށް ދަތުރުކުރައްވާ އަދަދު ގިނަކަމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނި މިނިސްޓަރ ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯލްޑިވިއަން

    މިނިސްޓަރ ޝާހިދު ދައުލަތުގެ ހަރަދުގައި ކުރައްވާ ދަތުރުފުޅުތަކުގައި އަންހެނުން ކައިރިޔަށް މެންޗެސްޓަރ އަށް ކުރެވުނު ދަތުރުތައްވެސް ބެލުން ބުއްދިވެރި. އެހެނީ ޔޫރަޕަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި މެންޗެސްޓަރ ރޫޓުން ދަތުރުފުޅު ކުރައްވާ ކަމަށްވަނީ.

    15
  2. ނާޒުކު

    ޖާބިރު ދެން އުޅުއްވާ ގޮތެއް. ޝަހިދު ދަތުރު ތަކުން ލިބުނު ފައިދާއާއި ލާބަ މި އަހަރުތެރޭގައި ނުފެނޭތަ. އަހަރެއްގެ ތެޜޭގައި ކޮއްފަ ހުރި މަސައްކަތް ޖާބެއަށް ނުފެންނަނީތަ. ރިޕޯޓު ކިޔާބަލަ

    1
    11
  3. އިހަވަންދޫ ރައްޔިތެއް

    ޝާހިދު ދަރިޔަށް ދީފައިވާ މަގާމާއި މުސާރަ ޗެކުކޮއްބަލަ. އެދުމެއްނެތި ވެދުމެއް ނުކުރާނެ. އޭނާއަކީ ކުރީގަވެސް ތިޔަގޮތަށް ކާއުޅުނު މީހެއް. ގެ މަތިމައްޗަށް ނެގިގޮތް އަހަރުމެން އަޑު އަހަން

    11
  4. އުގަންޑާ

    ސާބަހޭ ޖާބޭ، ޖާބެއަށް ތިކަންވާނީ، އަހަރެމެން މިތިބޭ ޖާބެއާ އެއްކޮޅަށް،

  5. ޖާޒީރާ ބޯއީ

    އަންނި ޖެހޭނީ ހަމަ ތެޅިތެޅި ހުންނަން ކުރާނެވަރަކަށް ދަތުރުކުރާނީ.

    1
    2