ސަލަފް ޖަމާޢަތަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާޢަތެއްކަމަށާއި އެޖަމާޢަތާއި މެދު މަޖިލީހުގެ ގައުމީ ސަލާމަތްތަކާއި ބެހޭ ގޮތުން ގޮތެއް ނިންމުމުން މަޖިލީހުން ވެސް އެޖަމާޢަތާއި މެދު ގޮތެއް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލަފް ޖަމާޢަތް ރަޖިސްޓްރީ ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.
ނަމަވެސް ސަލަފް ޖަމިއްޔާ ރަަޖިސްޓްރީ ކުރަން އުޅުނުއިރު ދޮށީ އުމުރުގެ މީހުންނާއި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން ވެސް އެޖަމާޢަތައް ހުއްދަ ނުދިނުމަށް އެމަނިކުފާނު އަރިހުން އެދެމުން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ "ސަލަފް ޖަމިއްޔާ އަށް ހުއްދަ ނުދިން ނަމަ، އަންޑަ ގްރައުންޑްގައި މަސައްކަތް ފެށީސް. މިއަދުވެސް އެޖަމާޢަތް ހުއްޓުވައިފިނަމަ އަޑިއަށް ދާނެ." ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.
"އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ފާހަގަކުރޭ ޓެރެރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މި މަޖިލީހުން ނިންމަން ބޭނުންވާ ގޮތެއް. އެ ކޮމެޓީ ދެކޭ ގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާއި ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމެޓީން ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ" ނަޝީދު ވިދާޅުވި އެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ އަފްރާޝީމާއި ބެހޭ ގޮތުން ސަލަފް ޖަމިއްޔާ އިން ނެރުނު ފަތުވާއެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.
އެ ފާވަނީ ސަލަފް އާ މި ބޮޑު މުސީބާތެއް މި ގައުމަށް ފާވި ގނޖބ
ނަޝީދަށް އެއޮތީ އޮޅި.. ރިޕޯޓުތަކުގެ ސުރުހީ ކިޔާފަ އުޅެންޏާ ވާނެ ހައެތި ވެފަ އެހުރީ.. ބަލަ ތިޔަ ރިޕޯޓުތަކުގަ ހުރި ބަޔާންތައް ނިކަން ކިޔާބަލަ.. ސަލަފަކާ ސުޕަ ސަލަފެއް ނުވަތަ އެސް އެސްއެއްގެ ވާހަކަ އޮންނާނެ.. މީގަ ނުބައިހަދާ ހައްދު ފަހަނަ އެޅި ފިކުރަކީ އެސް އެސްކަން ވަރަށް ސާފު ބަޔާންތަކުން.. ނަޝީދަކީ އަބަދުވެސް ނޭފަތުކުރިން ވިސްނާ މީހެއް.. ރައީސް އިބޫ ފިތަވަޅެއް އެޅުމުގެ ކުރިން ދުރަށް ވިސްނަވާނެކަމަށް އުއްމީދުކުރަން.
ދިވެހިންނޭ ހުރިހާ ކަމެއް އަތުން ބީވެގެން ނުދަނީސް މަގުތަކަށް ނުކުންނަން ވެއްޖެ. މިދަނީ އިސްލާމް ދީނުގެ ވަސްވެސް ފޮހެން ތައްޔާރު ވަމުން. އެމް ޑީ އެން އާމެދު ތިއިން އެކައްޗެއްވެސް ބުނެ ނުލާ އެޖަމއިއްޔާ ދިފާޢުކޮއްފަ މިހާރު ސަލަފުގެ ބޮލުގަ ދޮގު އިލްޒާމް އަޅުވާ އެ ޖަމްއިއްޔާ އުވާލަން އެ ތައްޔާރުވީ. އެމީހަކަށް ވީ ވަރަކުން މިކަންކަމާ ދެކޮޅަށް ތެދުވަން ޖެހޭ
ތީ އެމްޑީއޭ ކުދިންކޮޅު ރުއްސަން ހިފާ ބަދަލުހިފުމެއް.
ސަލަފު އުވާލުމުން އެމް ޑީ އެން އަށް ފުރުސަތު ލިބުނީ ކަމަށް ނަޝީދު ވިސްނުމަކީ ކޮށި ވިސްނުމެއް،
އުއްމީދު ނުކުރާތި މިސްކިއްތަކުން ދިމާވާ އެކުވެރިން ބައިބައި ކުރެވިދާނެކަމަށް
ކުރިޔަށްވުރެ ވަރުގަދަ ވާނީ ،
ތިޔަ އަޅުއްވަނީ ފައުންޑޭޝަން އެއް
އެމްޑީޕީ އާ ދެކޮޅަށް ނުކުންނަންވީ ވަގުތު މި ޖެހެނީ ލޯކަލް އިންތިޙާބު އިން ނޫނެކޭ ބުންނަން ވީ ވަގުތު
ޔާﷲ.ނަޝީދާއި ނަޝީދަށް ވާގިދޭ އެންމެންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި
އާމީން !
ވޯޓުން ވައްކަންކޮށްގެން އައި ވެރިކަން ނިމެން ތިޔަ ކައިރިވަނީ!
ރައްޔިތުން ނިކުމެ މިކަލޭގެއާމެދު ގޮތެެއް ނިންމަންވެއްޖެ. މިހާރު ޤައުމަށްޖެހިފައިވާ ބަލާ މުޞީބާތަކަށްވެއްޖެ.
މަނިކުފާނުގެ ބާރު ނުހަނު ގަދަވެއްޖެ ކަމަށް ޤަބޫލު ކުރަން. ދެރަކަމަކީ ތިޔަ ގަދަފަދަ ކަމާއި ބާރާއި ޖާހާއި ޝާނާއި ޝައުކަތު ގެއްލި ޚަރާބުވާ ދުވަސްވެސް އަންނާނެކަން. އެދުވަހުން މަނިކުފާނު ވާނީ އެންމެ ނިކަމެތި މީހާ ކަމުގައި. އެންމެ ބާރުގަދައީ ޢަޒީޒުވަންތަ ﷲ
ކަލެޔަށް ކަމުދާނީ އެމް ޑީ އެމް ކަހަލް ޖަމާ އައްތައް. ކަލޭ ނޫން ބުނީ އެމީހުންގެ ރިޕޯޓަކު ނެތޭ އެއްވެސް މައްސަލަ އެއް.
ގައުމު މިދަނީ ނުބައި ދިމާލަކައް، އެމްޑީއެން ހުއްޓުވީމަ އޭގެ ބަދަލުހިފަނީ ؟
ކަލޭ ޓރެރިޒަމަށް ހިއްވަރު ދެނީ.ނުބެހޭކަށް ކަމެއް ނެތޭ.އެމް ޑީ އެމް ގެ އަޑު ކަނޑުވާލަން ވެގެން ތެޅޭ އެބަ ރޯމަހެއް ތެޅޭހެން
ސަލަފް އާއި އަޅާގަނެގެން އަންނި މިއުޅެނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން.
ހަމަ މިހާރުން މިހާރަށް މި ޖަމާއަތް އުވާލާ، އޭގެ އުޅޭ ބޮޑުން ހިފާ ހައްޔަރުކޮށް ފިޔަވަޅު އަޅަންވީ!
ކަލޭމެން ކަހަލަ ލާދީނީ ޝައިތާނުން ަބަދުވެސް ބޭނުންވާނެ އިސްލާމްދީނައް ޚިދުމަތް ކުރާ ބައެއް ވެއްޖިއްޔާ އެބައިމީހުން ނެތިކޮއްލަން. އެކަމަކު ހީނުކުރތި އެކަން ވާނެކަމައް. ކަލޭމެން މިދީނާ ކުޅޭ ވަރަކައް މިދީން ވަރުގަދަވެ ފުޅާވެގެންދާނެ. އަދި ކަލޭމެން ނުކުޅެ ތިއްބަސް މިދީން ދާނީ ފުޅާވެގެން. ކަލޭމެނައް ޗޮއިސްއެއް ނޯންނާނެ. އަހަރެމެނައް ޗޮއިސް އެބައޮތް އިންޝާﷲ
މި ކަލޭގެ ކިބައިން މިރާއްޖެ ސަލާމަތް ކުރައްވާށި.އާމީން
މިކަލޭގެ ނިކަމެތިކުރައވާ ދިރިތިބީންނަށް އިބުރަތެއް ކަމުގައި ލައްވާށި.އާމީން
އެމްޑީއެން އަށް ވާގިދޭ އެމީހުންގެ މީހުން މިހިރަ ފާޅުވަމުން ދަނީއެވެ. ޙަސަދަ ފިލުވައިލަން އެކަމަކު ތިޔައީ ހަޑި ގޮތެކެވެ.
ޓެރަރިސްޓުންނަކީ ކަލޭ އެންމެ ލޯބިވާ އިނގިރޭސީން ފަލަސްތީނުގަ ޔަހޫދީ ދައުލަތެއް ހަދައިދިނީ ކަލޭގެ އިނގިރޭސީން 24/7 ވަކި އުމުރެއް ނުބަލައި ޤަތުލު ކުރަމުން އެދަނީ ،
ތިވަރުން ދަންޔާ އަދި އަދާލަތުޕާޓީ އައްވެސް ފިއަވަޅުޢަޅަނެ އިސްލާމިކު މިނިސްޓުރީވެސް އުވާލާނެ މާއްދިއްޔަތައްގޮސް ހުސްވެފަ ތިބި މީހުން ތިތާ ތިތިބީ....
ކަލޭމެންގެ ނިމުން އިންޝާﷲ ތި ފެއްޓެނީކަން ހަނދާން ކުރާތި. އަހަރެމެން މަޑަކުން ނުތިބޭނަން.
އެޖެންޑާ 19 ގެ ބޮޑުމަންޒަރު ވަރަށް ސާފު.. އަދި ރައްޔިތުން ބޭނުންވަނީ އެޖެންޑާ 19ކަންވެސް ވަރަށް ސާފު.. އަދި އިސްލާމްދީނުގެ ނޫރު ނިއްވާލުމަށް ބަޔަކު މަސައްކަތްކުރާނެކަމަށް ޤުރުއާނުގައިވާ ﷲގެ ވަހީބަސްފުޅުވެސް ވަރަށްސާފު..
ކޮބާ ކޯޗެއް ހަދަން ތިވިސްނަނީ ނަސީދޫ. އެމް.ޑީ.އެން ކަލެއަށް ހެޔޮ. ސަލަފް ކަލެއަށް ކަޑަ. އަހަރުންނައް ސާފު.
ޢެމޑީޕީ އިން ރާއްޖޭގއި ހިންގިވަރުގެ ޓެރަރިސްޓް ހަމަލައެއް މިބިން ދެކިފައެއް ނުވާނެ. ޢެއީ ވެރިކަމުން އިސްތިއުފާދަިފަ ގެއަށްގިސް އަނެއްދުވަހު
ކެރަފާ ނަޝީދު ހުރީ ކުރިސްޓިއަށް މިސަނަރީންގެ ބާރުގައި ފިތިފަ، މިފަހަރު އޭނާއަށް މިސަނަރީ ތަކުން ޚަރަދުކުރީ ވެރިކަމަށް އާދެވިއްޖެނަމަ، ވަކި ޓައިމްލައިނަކަށް ޢަމަލުކުރުމަށް ލާޒިމުކޮށްފަ ކަމަށް ޚަބަރުލިބޭ. އެގޮތުން ދީނީ ޖަމިއްޔާތައް އުވާލުމާއި، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމާއި، ޖުޑީޝަރީ ސެކިޔުލަރ ކުރުމާއި، މުގައްރަރު ބަދަލުކުރުން ހިމެނޭ..........އޭނާ ގެ ބާރުގަ އެކަންކަން އެދަނީ ފާޅުގަ ކުރަމުން............މިހާލަތުގަ އޭނާ އަށް ތާއީދު ކުރާ މީހުންގެ ވިސްނުންކޮށިކަމާއެވެ. ދުނިޔޭއާއި އާޚިރަތް ގެއްލި ހަލާކުވެދާނެ...ރައްޔިތުންނޭ ވިސްނާ!
އެމް އެން ޑީ އެން އިން އިސްލާމް ދީނަށް ހުރަސް ނޭޅޭތޯ؟ އެޖަމާޢަތާ މެދު ގޮތެއް ނުނިންމިގެން އުޅޭނީ ކީއްވެތޯ؟
#ބޭންސަލަފް
#ބޭންއެމްޑީއެން #އެމްޑީޕީ..
ސަލަފް ޖަމާއަތަކީ ނަޝީދުގެ ބައެއް އަމަލްތައް ދީނާ ބީރައްޓެހިކަން ސާބިތުކޮށްދިނުމިގައި ސާބިތުކަމާއެކު މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. ޢެ ޖަމްއިއްޔާ ވުޖޫދުން ނައްތައިނުލެވިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ! ޖަމްއިއްޔާ އުވާލައިފިނަމަ ދީނީ ވަތަނީ ޕާރޓީއެއް ރަޖިސްޓްރީކުރަަން އިލްތިމާސްކުރަން
ސަލަފު އުވާލަން ތިހާ އަވަސް ވެގަތީ ކީއްވެބާ! ކޮބައިތޯ ބަޅިންދާ ގުރޫއްޕު އެމްޑީއޭ މީހުންނާއި މެދު މިތަރުކާރީން އެޅި ފިޔަވު. ބޮޑު މުސާރަ ދީފައި އެތިބީ ބައިތިއްބާފަ. މި ގައުމުން އިސްލާމް ދީން ފޮހެލަން ތިޔަ މަސައްކަތް ކުރަނީ ކަމަށް ބެލެވެނީ މިހާރު.
އެމްޑީއެން ކަންތައް އޮއްބާލަން ދެބޯގެރި ދުއްވަނީ.. މިހާރު އެމްޑީއެން ވާހަކަ ނޫސްތަކުން ނުފެނެއެންނު..
މުޅި ޤައުމުގަ ހުޅު ޖަހުވާފަ އެހެންމީހުންގެ ބޮލުގަ ޓެރަރިޒަމްގެ ނަން މިއަޅުވަނީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ޓެރަރިސްޓު ކެނެރީގޭ ނަޝީދު
ފުރަތަމަ ސަލަފު، ދެން އަދާލަތު، ދެން އިސްލާމިކް މިނިސްޓްރީ. ބޭން އެމްޑީއެން ގެ ބަދަލު ހިފުން
ނިންމާނެ ގޮތް އެގޭ. މިހުރިހާ ކަމަކީވެސް ބަޔަކުމީހުންނާ ދިމަޔަށް އިގިލި ދިއްކުރެވޭ ބޮޑެތި ކަންތައްތަކެއް ހުރީތީ އެހެންބަޔަކާ ދިމަޔަށް ތުހުމަތުގެ އިގިލި އަބުރާލަން ވަރުގަދަޔަށް ރާވާގެން ކުރާ ކަންތައްތަކެއް. މީގެ ހިތި ރަހަ މިކަންކަން ރާވާ މީހުން ގެ ކަރުބުޑުގައި ލާނެ ދުވަހެއް އަދި އަންނާނެ.
ފާޅުގަ ދީނައް ދައުވަތު ދޭ ރާއްޖޭގެ އެންމެ ބޮޑު ޖަމިއްޔާ އެވެ. ކުރަން އުޅޭ ކަންތައް ވ ސާފެވެ. ދީނައް ދައުވަތު ދިނުން ހުއްޓު ވުމެވެ. ބޭނުމަކީ ދީނާ ބީރައްޓެހިކަންކަން ކުރަން.މަގުފަހި ކުރުމެވެ.
ސސަލަފް ނެތަ ސް އި ސްލާމް ދީން އޮންނާނޭ . މި ސްކިތް ނެތަ ސް ނަމާދު ކުރެވޭނޭ. ބޭނުން ދީނަކައް އުޅުން ރަނގުވާނޭ. ވަކިދީނަކައް އުޅޭކައް ނުޖެހެއޭ. ދީނީ އިލްމުވެރިން ނަކީ ހައްދު ފަހަނަ އަޅާފަ ތިބިބައެކޯ. ؟ކޮންކަމެއް ނުވެގެން ބާ މިއުޅެނީ. ޅަ ސިކުޑިތައް ހާލާކޮއްފި .
ޑިމޮރަ ސީ އޭކިޔާގެން. ސައިތާނާ ނުބައި ކަންތައް ރަނގަޅު ކަންކަމައް ހަދައިފި
ހުރި ނުބައި ކަމުގެ ބޮޑުކަމާއެ
ޚެނެރީއަށް ސައިކުރާކަށްކަން ގައުމީހަލާކުރާކޮމިޓީއަށް ހުށައަޅަންޛެހޭ
ތި ނަސީދު ބޭނުންވާނެ އޭނަގެ އައުވާނުން ލައްވާހުރިހާ ދީނީ ޖަމާތްތައް އުވާލާ އެމްޑީ އެން އާ ލާދީ ނީ ޖަމާއަތްތަށް މިތަނަށް ފާކުރަން...ހައްތަހާވެސް ތި އިބިޅީސް ރާވައއގެން ކުރުރުވާސުވާލުތައް ތިއަކީ...މިކަލޭގެ އާ މިލާދީނީ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށީ!!
އަފްރާޝީމްގެ މަރުގެ ރިޕޯޓުގައި ރައީސް ނަޝީދު އާއި ސުއާލު ނުކުރީ ކީއްވެ ބާވައޭ ހިތަށްއަރާ. އަފްރާޝީމް ޝަހީދު ކޮށްލި ދުވަހުގެ ފަހު ދުވަހު ނުވަތަ އޭގެ ފަހު ދުވަހު ޤާތިލުން އެނގިލައްވާ ކަމަށާއި އެމީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި. މި ވާހަކަ އޮތް މީޑިއާ އަކުން ބްރޯޑްކާސްޓް ކޮށްލަބަލަ.
މިކަލޭގެ ފުލުހުންގައިގަ ތަޅަން ކުދިންކޮޅެއް ހޯދަން ގޮވާލީ އެކަމުން ކޮންކަމަކަށް ހިއްވަރު ދޭންބާ! ކިހާ ދެރަވެއްޖެ ކަމެއް މި އަންނި އަކާހުރެ.
އެމްޑީއެން ޖަހާބަލަ
ވަރަށް ރަނގަޅު އަވަހަށް އުވާލަދެއްވާ!
މާތް ﷲ އަށް ޙަމްދުކުރާނަން.
ބަލަ ސަލަފް އުވިދާނެ ކަލޭމެނަށް، އެކަމަކު އަހަރެމެންގެ ހިތުން އިސްލާމް ދީން ފޮހެ ނުލެވޭނެ. ތިޔަ ޖަހަން އުޅޭ ސަކަރާތް އެނގޭ ވަރަށް ރަނގަޅަށް
މިގައުމުގަ ރައީސް އާ މިނިސްޓްރީތައް ހުއްޓަ އެތަންތަނުގެ ބާރު ކަނޑު ވާލައިފި އެވެ. މިއީ ގޯހެކެވެ.
ނަޝީދު ހީވިކަހަލަ ސަލަފު އުވަލީމަ ދީންފޮހެލެވުނީ ކަމަ.. ދީނީ ޢިލްމުވެރިން ކުޅެންނަހަދާ ގަައުމު ހިންގޭތޯބަލާ.. ރައިޔަތުން ނިކުމެ ހަމަޔަކަ ނާޅުވަނީސް ..
މި ކަލޭގެ ދީނާއި ޖައްސާލައިގެން މިހެން އުޅެން ދޫކޮއްލައިގެން ރައްޔިތުން ތިބެންވީތޯ..
ޔާ ﷲ! މިމުސީބާތުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!. ކެނެރީގޭ ނަޝީދުގެ ނުބައި ނުލަފާ ކަމުން މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތް ކުރައްވާފާނދޭވެ! އޭ ޖައްބާރުވަންތަ ﷲ! ކެނެރީގޭ ނަޝީދުގެ ނުބައި ނުލަފާ މަކަރުވެރި ރޭވުންތައް ނާކާމިޔާބު ކުރައްވާފާނދޭވެ!. އާމީން
ސުބުހާނަﷲ އެމްޑީޕީގެ އަސްލު ބޭނުން މިފެންނަނީ. ދިވެހިރާއްޖެއިން އިސްލާމީ އަލިކަން ދުއްވާލުން. ޒުވާނުންނޭ، ދީނާއި އުއްމަތަށްޓަކާ އިޚުލާސްތެރި ކަމާއެކު ތެދުވަންވީ ވަގުތު ޖެހިއްޖެ.
މިރާއްޖެބޮޑުހަލާކެއްގެ ތެރެއަށް ވައްޓާލުމުގެ ކުރިން މިކެނެރީގޭ ވަގުދާއްބަގެ ކިބައިން މިގައުމު ސަލާމަތް ނުކޮށް ތިބެއްޖެނަމަ މާދަމާ އަހަރުމެންނާ އަހަރެމެންގެ ދަރީން ހިތްދަތިކަމުގައުޅެންޖެހިދާނެ. މީނައަކީ ވަރަށް ނުރައްކާތެރި ރޭވުމެއްގެ ތެރެއިން މިގައުމުހަލާކުކުރުމުގެ މިޝަންތަކެއް ހިންގުމައް ކާފަރުންކަނޑައްޅާފަހުރި އެޖެންޓެއްކަން މިދަނީ މީނާގެ އަމަލާބަހުން ފާޅުގަބުނެ އަންގަމުން. މުޅިދުނިޔޭގެ އިސްލާމްދީންއޮތްގައުމެއްނަމަ އެތަނަކީ އަދިއިސްލާމްދީންދަންނަ އިލްމުވެރީންނަކީ ޓެރަރި ސްޓުންކަމުގަ ނިންމާ މުޅިއި ސްލާމީގައުމުތައް ފުނޑާލަމުންދާއިރު މިދިވެހިރާއްޖެ މިވަނީ އެހާލަތައްވައްޓަލުމުގެ ތުންފަތްމަތީގަ. ވިސްނުންތެރިކަމާހިކްމަތްތެރިކަމާ ކެތްތެރިކަމާއެކު ހޭވެރިވެ ތިބުމައް ދިވެހިއި ސްލާމީ އުންމަތައް ގޮވާލަން. ދޫދިންވަރަކަށް އެދަނީ ބާރުގެބޭނުން ހިފާ އިންޒާރުދެމުން. ހަމައެއާއެކު އަމިއްލައަތުންފައިން އެދަނީ ބޮޑެތި ގޯ ސްތައްވެ ސްހަދަމުން.
އަދިވެސް ސަލަފުތަ އުވާނުލެވިގެން އުޅެންވީ ބަލަގަ ކޮބާތޯ ވައްކަން ކުރިވަގުންތަކާ މީހުންމެރި މީހުނާ ވެބްކެމުން ނަފާލިބިގަންނަމީހުން އަދި ޑްރަގުވިޔަފާރިކުރާމީހުނާ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުނާ ރެޔާދުވާލު ޕާޓީކުރާ ޖަމްއިއްޔާ ޖަމާއަތްތަކާ ރެޔާދުވާލު މަގުތަކުގަ މީހުންއަތުން ލާރިއަތުލައިގެން ޑްރަގުބޯ ޒުވާންނުންތަށް އެކަންކަން ނުހުއްޓުވާ އެކަންކަމަށް ފުރުސަތުގެ ބޮޑުފުރުސަތު ދީގެން އެކަމުގެ މުގުލުގަ ތިބިމީހުން މަޖިލިސްތެރެޔަށް ލައިގެން ސަރުކާރުގެ މަތީމަގާމްތައްދީގެން ތިބެ ކޮންކަމެއް ރަގަޅު ކުރަންބާ މިއުޅެނީ އަދި މަރުކޮމިޝަނެކޯ ހަރާމުން ވީކަމެއް ކުރާކަމެއް ބޮޑުމުސާރަދީފަތިބެނީ މިތިބަ ތަންތަން އުވާލާކަށް ނޫޅެ މުޅިޤައުމު ހަލަބޮލި ކުރަނީ ފަހެ ވެރިކަން ކުރުވަންތޯ ނޫނީ ވައްޓާލަންތޯ ކިހާބޮޑުމުޞީބާތެއް މިއޮތީ ޖެހިފަ މިމީހުން ވެރިކަމަށް ގެނައިމީހުން މިކަމުގެ ޒިންމާނަގަންޖެހޭ ކަން ދަންނާތި ހިރިހަލާކެއްގެ ބޮޑުކަމާ!
އަނހަ ނަޝީދު. ހިނގާބަލަ ޙައްޤަށް އުޅެން. މިއީ ފަނާވަނިވި ދުނިޔެއެއް.
ހަމަ ރަގަޅައްވީ، އަދިވެސް ވޯޓުދީފަ ބަހައްޓާ
ޢެމް ޑީ ޕީ ގެ ފަނާކުރަނިވި ފިކުރާއި ދެކޮޅު ކޮންމެ ބަޔަކަށް އަރުވާ ފަތްކޮޅަކީ، ވަގުން، ޚިޔާނާތް، ޓެރަރިސްޓް، މިހާރު ސަލަފުގެ ވާހަކަ މިހާ ބޮޑަށް މިދެވެނީ، 2013 ވަނަ އަހަރުގެ އިންތިޚާބުގެ ދުވަސްވަރު އާދަމް ޝަމީމު ދެއްވި އަންދަލުސް ތަޤރީރުގެ ސަބަބުން އެމް ޑީ ޕީގެ މަޤްޞަދު ރައްޔިތުންނަށް ހާމަވުމުން ކުރިމަތިވި ނާކާމިޔާބުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ޢެހެން ކަމުން މައްސަލަ ބެލި ޤޟީންނަށް ފިލުވާލި ޙަސަދަ ސަލަފަށް ވެސް ފިލުވާލީ ކަމަށް ބޮޑަށް ބެލެވެނީ.
ނަސީދު އިލުމްވެރިންނަށް ގޮން ޖައްސަވަނީތޯ. ހަނދާނުގަ ބަހައްޓަންވީ ފިރުއައުނު ނިމިގެން ދިޔަ ގޮތް. ނަސީދު ކިތަންމެ ވަރަކަށް އިސްލާމް ދީން ފުހެލަން މަސައްކަތް ކުރިޔަސް މާތް ﷲ އެކަލާންގެ ދީން ހިމާޔަތްކުރާނެ. އެންމެ ފަހުން ވެރިކަން ނިމިގެން ދިޔަގޮތް އިބުރަތަކަށް ފުދޭ.
ޢެންޑާ ނަވާރައަކީ ޤާނޫނު އަސާސީގެ ފުރތަމަ ބާބުގެ 1.9 ގެ ރ
ބޭބެ ބުނީމެއް ނުން. ޝަހާދަތް ކިޔާ އަކަކުވެސް ނުބަހައްޓާނެ. މުޅި ރާއްޖެއަށް އެމްޑީއެންގެ ފިކުރު ފަތުރަން އަޖެންޑާ 19 މިއޮތީ