ދީނީ ޖަމްޢިއްޔާތައް އުވާލަން ގޮވާލުމުން އަޞްލު އެޖެންޑާ ބޭޒާރުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފް އުވާލަން އެމްޑީޕީ މެންބަރުން ރައްޔިތުން މަޖިލީހުގައި ގޮވާލަން ފެށުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ދީނީ ޖަމްޢިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ޚިލާފް ޢަމަލްތައް ނުފެނުނު ކަމަށެވެ.

"ދީނީ ޖަމްޢިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ޚިލާފް ޢަމަލްތައް ނުފެނުނު. އަޞްލު އެޖެންޑާ ބޭޒާރުވެއްޖެ. ފަޔަށް ހިނި އަރައިގެން އުޅޭހެން ދީނީ ޖަމްޢިއްޔާތަކަށް ބިރުދައްކަނީ ވަކި ބަޔަކު ރުއްސަން. ތިޔަ އެޖެންޑާގެ ޙަޤީގަތް މިދަނީ ރައްޔިތުންނަށް ހާމަވަމުން." ޖަމީލް ވިދާޅުވިއެވެ.

ޖަމިއްޔަތުއް ސަލަފުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެޖަމާޢަތައް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެކަމާއި ދެކޮޅަށް އިލްމުވެރިން މިހާރު ގެންދަވަނީ ޚިޔާލުފާޅުކުރަމުންނެވެ.

މިސަރުކާރުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވާ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް މިއަދު ވިދާޅުވީ ޝައިތާނީ ރިޕޯޓް ލިޔުނު އެމްޑީއެން އުވާލުމުން އޭގެ ބަދަލުގައި ރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރަން މަސައްކަތް ކުރާ ޖަމިއްޔާތައް ފްރޭމް ކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވާ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ ޖަމިއްޔަތުއް ސަލަފު އުވާލަން އުޅެނީ ޒާތީ ހަސަދަ ފިލުވާލަން ކަމަށެވެ.

"ލާދީނީ މީހަކު އިސްވެ ހުރެ ޒާތީ ހަސަދަ ފިލުވައި، ސަލަފު އުވާލަން ވެގެން މަޖިލިސް ކޮމިޑީއަން ލައްވައި އެއްވާހަކަ ގޮވައި ތިޔަ ކުޅޭ ކުޅިގަނޑު އަޅުގަނޑުމެން އެބަ ބަލަން. ސަލަފަކީ ޓެރަރިޒަމް އާއި ދެކޮޅު ބައެއް." އަލީ ޒައިދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ރައީސް ޔާމިންގެ ވެރިކަމެއްނަމަ މިހާރު އެމްޑީއެން އޮންނާނީ އުވާލާފަ އަދި އޭގެ މުގުުގައި ތިބިހާބަޔަކު ތިބޭނީ ޖަލުތަކުގެ ގޮޅީގައި. މީ ރައީސް ޔާމިނުއާއި ދެން މިއުޅޭ ހުރިހާ ވެރިންނާވެސް ތަފާތުވާ ކަމަކީ.

    45
  2. ބޮޑު ހަސްންބެ

    އެޖެންޑާ 19 ފުރިހަމަވެ ފައްކާވަނީ. ދެންއޮތީ އެހެންދީންތަކަށް ހުއްދަދިނުމާ އެއޖިންސުން ކާވެނިކުރަން ހުއްދަ ދިނުން. ކޮބާ އެމް.ޑީ.ޕީ ކުދިންކޮޅު ހޭނާރާ ދޯ؟. އަންނި ފޮޑިއެއްޖަހާފަ އެއިންދުވަނީ އަތަރުވަހޭ ބުންޏަސް އެމް.ޑީ.ޕީ ކުދިން ގަބޫލު ކުރާނެ. އެހެންނުވާނި ހިސާބަކަށް ގަމާރުވީމަ.

    35
  3. ޙައްގުބަސް

    މިހާރު މިވާހަކަ ދައްކަނީ ކީއްކުރަންތޯވެސް ހިތައް އެބައަރާ!! ތިބޭފުޅުން އާދެ މައުމޫނު ގާސިމް އިމްރާން ޖަމީލު އުމަރު ނަސީރު އަދިވެސް މިގަައުމުގެ އިސް ސިޔާސީ ބޭފުޅުންނާ ބައެއް ވިޔަފާރިވެރިންނާ ދީނީ ބައެއް ޢިލްމުވެރިންވެސް ހިމެނޭގޮތުން ބޮޑެތި މަސައްކަތްތަކެއްކޮށް ސާބިތު ނުހިފޭ ގިނަ ދޮގު ތުހުމަތުތަކެއްކޮށް ވަގަށްވެސް ގޮވާ އެތައް އިލްޒާމުތަކެއް ފާއިތުވެދިޔަ ސަރުކާރާ ޔާމީނުގެ ބޮލުއަޅުވައިގެން ގެނައި ސަރުކާރެއް މިހާރު މިއޮތީ! އެމްޑީޕީއަކީ ކިހާވަރެއްގެ ކޮންފިކުރެއްގެ ބައެއްކަން މީގެ ކުރިންވެސް ތިބޭފުޅުންނާ ދިވެހި ރައްޔިތުން ވަނީ ޓެސްޓްކޮށްފަ!! އެކަން އެގޮތަށް އޮތްވާނޫންތޯ ޔިބޭފުޅުން ބައިއަތު ހިފީ! ޔާމީން ގައުމަށް ގެންނަމުން އައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަކީ ބޭނުން ނެތް އެއްޗެއްކަމާއި ކޮންކްރީޓް ތަރައްގީ ބޭނުންނުވާ ކަމާއި އެހެންވެސް ބިޔަ ބޮޑެތި މަޝްރޫއުތަށް ވިޔަނުދިނުމަށްޓަކައި އެތެރެއިންނާ ބޭރުން މަސައްކަތްކުރީވެސް! ގައުމަށް އައި ހަމަޖެހުމާ އިގްތިސާދީގޮތުން ލިބެމުން އައި ފުދުންތެރިކަމާ ދީނީ އަގީދާ ވަރުގަދަކުރަން ކުރަމުން އައި މަސައްކަތްތަކާއި ގައުމުގެ މިނިވަންކަމާ އަމިއްލަވަންތަކަން ދަމަހައްޓަން ކުރަމުން އައި މަސައްކަތްތަކަށް ހުރަސް އެޅި ގައުމުން މިއަދު މިފެންނަ ދެރަވަރު ހާލަތަށް ވެއްޓުނީ ހަމަ ތިބޭފުޅުންގެ ސަބަބުން! އެހެންވީމަ މިއަދު ކޮންވާހަކައެއްތޯ މިދައްކަނީ މިއެންމެން! ހާލަތު ބަދަލުކުރަން މަސައްކަތްނުކޮށް އަދިވެސް ގިނަބަޔަކު އެތިބީ ޣާފިލުކަންމަތީ އަތްޖަހަން!

    24
    • އެހެންނު

      ޔާމީނަށް ލަނޑުލިބުނީ ގާނޫނަށްއަމަލުނުކޮށް ޒާތީވުމުގެ ސަބަބުން. ކަރަޕްސަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ފުރުސަތު ހުޅުވާލުމުން.

      • އެހެންތަ

        އިހަށް ޔާމީންގެ ވެރިކަމުގައި ޔާމީން ކުރި ކަންކަން ބަލާލަބަލަ އަދީބު މަންޒަރަށް އައުމުގެ ކުރިއާ އަޅާ ބަލާފަ. ކޮރަޕްޝަން އަސްލު ފެށުނީ ކޮން އިރަކުތޯ.. އަދީބަކީ ޔާމީން ސަރުކާރުގެ ހަލާކު. އެ ހަލާކު އެތަނަށް ވެއްދީ އަންނި. ޔާމީންގެ މައްސަލައަކީ އަދީބަށް އިންތިހާއަށް އިތުބާރުކުރުން.

  4. އިހަވަންދޫ ރައްޔިތެއް

    ޖަމީލު ފުރަތަމަ ރައްޔިތުންގެ ކިބައިން މައާފަށްއެދޭ.

    15
    8
  5. އަޙްމަދު

    އެމީހުންނާއި އެކު ގޮނޑި ދުއްވަން ލަންޑަނުގައި އުޅުނު އިރު އެމީހުން ނޭގުމަކީ ދެރަކަމެއް. މާލަސްވެއްޖެ. އަންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އަންނަ ކެންޑިޑޭޓުންނަށް ވަރަށް ވިސްނަންޖެހޭ!

  6. ޚަރުން

    ޖަރުމަނުގެ ސެޑޯ ކެބިނެޓުން ގެނައި ނަހަލާލު ކިނބުލުގެ ލާދީނީ ވެރިކަން...ބްރޯ ވީ އޯލްރެޑީ ނިއު އިޓް .

  7. ރޮނޑާ

    މިސޮރައް ބޮޑެތި ކިޔާ އެއްޗެއް ފަހުމު ނުވޭ .. އެބުނަނީ ދީނީ ޖަމުއިއްޔާގެ ކުލަވަރު ދައްކައި ގެން ކުރަނީ މުޅިންތަފާތުކަމެކޭ.ޓެރަރިސްޓު ޖަމާއަތްތައް އުފައްދާ ހަގުރާމަ އައް މީހުންފޮނުވައިގެން ފައިސާ ހޯދަނީއޭ. ގައުމުގައި ހަމަނުޖެހުން ްްްް އުފައްދާ މީހުން ގަތުލުކުރަން ހިތްވަރު ދެނީޔޭ. .ޖަމީލު ކިތައްމެ ވަރަކައް ތެޅިބޭލިޔަސް މިނިސްޓަރު ކަން ނުދޭނެ. . ސާފުވެއްޖެއް އެއްނުންތަ؟