ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފިޔަވަޅު އަޅަންވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެޖަމިއްޔާ އަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމުން ޝައިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނީ ވެރިކަމެއް ކުރާނަމަ ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސް ޞާލިހް ފިޔަވަޅު އަޅުވަން ޖެހިވަޑައިގަންނަވަނީ އިސްލާމްދީން ރާއްޖެއިން ނައްތާލުމަށް ފަރުމާކޮށްގެން ރިޕޯޓް ނެރުނު އެމްޑީއެން އާއި އެ ހަރަކާތް ދިފާއު ކުރަމުން ގެންދާ ނަޝީދަށް ކަމަށެވެ.

ޝައިހް އަބްދުﷲ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ޖަމިއްޔަތުއް ސަލަފާއި މެދު ފިޔަވަޅު އަޅާނެ ޤާނޫނީ ޖާގަައެއް ނެތް ކަމަށެވެ.

"ހަނދާނަށް އަންނަނީ ކޯރެއްގެ ކައިރީގައި ފެންބޯން އޮތް ބަކަރިއަށް ޝިކާރަ ކުރުމަށް މިނިކާވަގަކު ދެއްކި ދެކޮޅު ނުޖެހޭ ބަހަނާ." ޝައިހް އަބްދުﷲ ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރާތީ ނަޝީދަށް ފިޔަވަޅު އަޅަން ޖަމިއްޔަތުއް ސަލަފުގެ ރައީސް ގޮވާލެއްވިއިރު ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރުމުގެ ގޮތުން ތަކުރާރުކޮށް އެތައް ވާހަކަފުޅެއް ދައްވާފައެވެ. އިސްލާމްދީނުގެ އަސްލުތަކާއި ކަނޑައެޅިގެން ހިލާފު އެތައް ވާހަކަތަކެއް އެމްޑީއެންގެ ރިޕޯޓްގައި ހުރިނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓްގައި އޮތް ހަމައެކަނި މައްސަލައަކީ ރަސޫލާ އަށް ޞަލަވާތް ކިޔާފައި ނެތުން ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.

"އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ފާހަގަކުރޭ ޓެރެރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މި މަޖިލީހުން ނިންމަން ބޭނުންވާ ގޮތެއް. އެ ކޮމެޓީ ދެކޭ ގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާއި ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމެޓީން ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ" ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އާލު

    ފެންގަނޑު ދޮށުގައި އޮތް ނިކަމެތި ބަކަރީގެ ވާހަކަ އަޑުއެހިންހޭ؟
    އެއްދުވަހަކު،ފެންގަނޑު ދޮށަށް ސިންގާ ދިޔައިރު އެފެންގަނޑު އޮތީ ވަރަށް ބޮޑަށް ހިނދިފައެވެ. މިކަމާ، ސިންގާ ނުރުހި ހުރެ ދެކޮޅު ބަލައިލިއިރު، ފެންގަނޑު ދޮށުގައި ކުޑަވަރެއްގެ ބަކަރިއެއް އޮތްތަން ފެނިއްޖެއެވެ!
    އެސޮރު ކައިރިއަށް ގޮސް ސިންގާ ބުންޏެވެ! މިފެންގަނޑު ބޮއި ހުސްކުރަނީ ކަލޭތާއޭ.! މިއަދު ކަލޭ ކައިލާނަމެވެ.
    ބަކަރި ބުންޏެވެ!
    މާތް ސާހިބާއެވެ! އަޅުގަނޑަކީ ނިކަމެތި ކުޑަ ބަކަރި އަކީމެވެ. މިއޮތްބޮޑު ފެންގަނޑު ބޮއި ހުސްކުރާނީ ކިހިނަކުންތޯއޭ؟
    ސިންގާ ބުންޏެވެ!
    ކަލޯ ނޫންކަމަށްވާނަމަ، ކަލޯގެ ބައްޕަތާއެވެ.
    ބަކަރި ބުންޏެވެ!
    އަޅުގަނޑުގެ ބައްޕަ ކައިލީ މާތް މަނިކުފާނު ނޫންތޯއެވެ! މިހާރު ދުނިޔޭގައި އޭނާ ނެތެވެ.
    ސިންގާ އިހުނަށްވުރެ ބޮޑަށް މިކަމާ ރުޅި އައިސް ފައި ބުންޏެވެ!
    ކަލޭ މަށާޖަދަލު ކުރަނީ ހެއްޔެވެ!
    އެހެންވެއްޖެއްޔާ މިފެންގަޑުން ފެންބޮޔެ ހުސްކުރަނީ ކަލޯގެ އާއިލާގެ މީހެއްތާއެވެ. މިފަހަރު ކައިނުލާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެވެ.
    ސަލާމަތް ވެވޭނެ ހަމަ އެއްވެސް ބަހަނާއެއް ބަކަރިއަކަށް ސިންގާކައިރިޔަކު ނުދެއްކުނެއް ނޫންހޭ.!!

    104
    4
    • ސަޓޯ

      އަންނި އަކީ ސިންގާއެއް ނޫން އެއީ ނުބައިނުލަފާ ވަގު ހިޔަޅެއް އެކަމަކުވެސް އިބޫ އަކީ ހަމަ ޑޯގެއް...

      33
      2
  2. ޖާޒީރާ ބޯއީ

    ސަލަފަކަށް ފިޔަވަޅެއް ނޭޅޭނެ. ނަޝިދު ޖެހޭނީ ގަޔަށް ގުއިރޭން. މިހާރު ތިޔައުޅެނީ އެމްޑީއެން އަށް ފިޔަވަޅު އަޅާނެތީ އެކަމާ ބިރުން.

    165
    7
  3. 19 ނަވާރަ

    ތިޔަ ކަލޭގެ ތީ މި ގައުމުގެ ފިރުއައުނު. ރައްޔިތުން ތިބީ އެކަލޭގެ ފަހަތުން ދުވަން. ހުރި ހިތާމައެއްގެ ބޮޑުކަމާއެ. ތިޔަ ބޭފުޅުން މަދުން ނުތިއްބަވާ ދެން ނުކުންނަވާ . އެކަލޭގެ އަށް ނަސޭހަތްތެރިވޭ. އޭނާ އުޅެނީ ސޭހް ހުސެއިން ކައިރިން އެދުވަން. ފުރަތަމަ ސިޔސީ ސޭހަށް އެވާހަކަ ހުށައަޅާ

    116
    5
  4. އިބްރާހީމު

    ރައީސް ސާލިހޭ؟ އެއީކާކު؟ އޭނަތަ ގައުމުގަ ވެރިކަންކުރަނީ؟ ތިޔަ އިބޫއަކީ ކަނޑުކޮހެއް. އެހެންވެ އޭނައަށް މަވޯޓުނުދިނީ. މެންދުރުކާޅެއްހެން އަނގަހުޅުވިފަ އޭނަޖެހޭނީ އިންނަން. ހުރިހާކަމެއް ކުރާނީ ކެރަފާ. މީ މާކުރިން ނިމި އެއްބަސްވެފައޮތް ކަމެއް. ގަމާރު ދިވެހިން ވޯޓުން ހިތުން ޔާމީނު ބަލިކޮށްފަ، މަޖިލީހުގެ މެޖޯރިޓީދީފަ ގުއިތަފާލުގަ ދަނޑިންތަޅަން ތިބޭ. ރާއްޖޭގަ ހިނގާ އެއްވެސްކަމަކަށް ތިޔަ އިބޫ އެއްޗެއް ބުނާނީ އެކަމެއް ނިމޭފަހުން. އެއީ ޑީލް ހެދި ގޮތް.

    133
    3
    • ސަޓޯ

      އިބޫ އަކީ ޑޯގެއް... މި އަންނި މިހާރުދެން މާކަންތައްފަލަވަނީ އެނގޭ

      85
      2
  5. މިއަދު

    ލާދީނީ ރިޕޯރޓް ލިއުން އެމްޑީއެން ގެ ވާހަކަބުނަން މިސަރުކާރަށް އެނގުނީވެސް މުޅިގައުމު ކެކިކެކި ފެންހިނދުމަކާއި ގާތަށްދިޔަފަހުން ހީވޭޔޭ ތުހުމަތު ކުރެވެޔޭ ބުނާއިރަށަށް ދީނީ ޖަމާޢަތެއްވީމަ މިސަރުކާރަށް ފެނި މިއޮވެގެން ކެކެންފެށީ ހަމަ މިގައިމުގައި އިސްލާމްދީން ނޫން އެހެންދީނެއް އޮތުމަށް ބޭނުންނުވާތީބާ ކޮބާ މިސަރުކާރުގެ ކޯލިޝަންގައިތިއްބެވި ފުންނާބު އުސް ދީނީ ޢިލްމުވެރިން އެބައިމީނުން މިފަދަކަންކަމުގައި ހަނުއެތިއްބަވަނީ ގައުމުގެ މިސްރާބު ރަގަޅުކަމުންބާ ނޫނީ މިގައުމުގައި އިސްލާމްދީނެއް ނޫން ދީނެއް އޮތުމަށް އެވެރިންވެސް ބޭނުންނުވާތީބާ؟

    75
    1
    • ކުޑަބަޖަރާ

      މީގެ ހުރިހާ ނުބަޔަކީ ސޫދު. އަންނި ބުނެގެން އަފްރާސީމުގެ ރިޕޯޓްގައި ދީނީ އިލްމުވެރިންގެ ބޮލުގައި ބޮޑު ޒިންމާއެއްއެޅުވީ. އެކަލޭގެވެސް ރައްޔިތުންނުކުމެ ހައްޔަރު ކުރަންވީ.

      26
  6. ޓިނު ވަގު

    ނަޝީދުގެ އިސްލާމް ކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް.... ނަޝީދަކީ ކަނޑައެޅިގެން ހުރި އިސްލާމް ދީނާއި މުސްލިމުންގެ ޢަދާވާތްތެރިއެެއް....

    103
    2
  7. ލެއްގި ކޮމިޝަނަރ

    އެންމެ ފުރަތަމަ ފިޔަވަޅުއަޅަންވީ އަދި އޮވާލަންވީ އެމްޑީޕީ. މިބައިގަނޑު ވަނީ ޓެރެރިޒަމްގެ އެތައްއަމަލުތަކެއް ހިންގާފަ. ވިލާޓީވީއަށް ހަމަލާދިން ފުލުހުންނާ ސިފައިންނާ ދެކޮޅަށް ނިކުމެ ހަމަލާދިން. އުސްފަސްގަނޑުގަ ޣައިރުޤާނޫނީ ދައުލަތެއް ހިންގި. ރާއްޖޭގެ އެތަކެއް ކޯޓްތަކާ ފުލުހުންގެ މަރުކަޒުތަކުގަ ހުޅުޖަހާ އަންދާލި. މިކަންކަން ޓެރެރިޒަމަށް ނުވަންޏާ ދެން ޓެރެރިޒަމަކީ ކޮބާ.

    92
    2
  8. ޤާރީ

    ބަލަ ކޮމެންޓްކުރާ ކިޔުންތެރިންނޭވެ! ނަޝީދު އެ ހާމަކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ބަހެވެ. އޭނަގެ ޢިލްމީފެންވަރު ދަށްވުމުން އޭނައަށް މިބާވަތުން އަގަފުޅާކުރަން ނުކެރޭތީ ނަޝީދުލައްވާ ބުނުއްވަނީއެވެ.

    65
    7
  9. ޢަހުމަދު

    ހިތަށް އަރާ އެމް ޑީ ޕީ ގައި އުޅޭ ދީނަށް ލޯބިކުރާ މީހުންނަށް މިހާރު ކަންތައްތައް ދާ ގޮތް އޯކޭބާ. ތިމީހުން ބޮޑަށް ލޯބި ތި ކުރަނީ ރަސޫލާއަށްތަ ނުވަތަ ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނަށްތަ

    99
    • ިއިބުރާ

      އެމްޑީޕީއަކީ. Muslimunnaa Dhekolhu Party
      އަހަރުމެންނަށް އޯކޭވާ ގޮތަށް ހުރިހާ ކަމެއް ވެސް އެދަނީ.

    • އަހްމަދު

      އެމް.ޑީ.ޕީގަ ނޫޅޭނެ ދީނަށް ލޯބިކުރާ މީހަކު.

      20
  10. މުއްތު

    ތި ސަލަފު ޖަމިއްޔާ މިހާރުން މިހާރަށް އުވާލަންޖެހޭ އަޅުގަޑު ތާއީދު

    8
    151
    • އިބޫ

      މުއްތު ނުކިާނެ ދިވެއްސަކަށް . އެއީ އިންޑިޔާމީހެއް.

      14
  11. ހަސަންބެ

    ތި ނަސީދު ބޭނުންވާނެ އޭނަގެ އައުވާނުން ލައްވާހުރިހާ ދީނީ ޖަމާތްތައް އުވާލާ އެމްޑީ އެން އާ ލާދީ ނީ ޖަމާއަތްތަށް މިތަނަށް ފާކުރަން...ހައްތަހާވެސް ތި އިބިޅީސް ރާވައއގެން ކުރުރުވާސުވާލުތައް ތިއަކީ...މިކަލޭގެ އާ މިލާދީނީ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށީ!!

    14
    1
  12. ސައީދު

    ސަލަފުން މަސައްކަތް ކުރަމުން އަންނަނީ މާތްވެގެންވާ އިސްލާމްދީނުގައި ނައްސުކުރެވިފައިވާ ސުލްހަވެރިކަމާއި، މަކާރިމުލް އަޚްލާޤާއި ދިމާ އިދިކޮޅަށް އިސްލާމީޝަރީޢަތާއި މުޅިން ފުށުއަރާގޮތަށް ކަން ހަމަބުއްދި ހުރި ކޮށްމެ ދިވެހިއަޚަކުވެސް ޤަބޫލުކުރާނެ! މަޖީލިހުން ފާސްކުރަންވީ ތިޔަ ސަލަފާއި، ސަލަފަސް ތާއީދު ކުރާ ހުރިހާ މީހުން އަފުވާނިސްތާނުގެ ބޯޑަރަށް މިހިދުން މިހިދަށް ފޮނުވަން: ދިވެރާއްޖޭގެ ސުލްހަމަސަލަސް ކަމާއި އިސްލ؛ާމްދީނުގެ ވަހުދަތު ރައްކާ ތެރިކުރެވޭނީ އެއިރުން

    3
    12
    • Anonymous

      އަދި އިސްލާމިކް މިނިސްޓްރީ އުވާލާފައި ރިލިޖަސް ފްރީޑަމް މިނިސްޓްރީއެއް އުފައްދައި ވެލެޒިނީ އެތާގެ ބޮޑަކަށް ބަހައްޓައި އެމްޑީއެންއަށް ހިންގުންވެސް ހަވާލުކޮށްގެން ދެއްތޯ. އަދި މިސްކިތްތަށް ތަޅާލައި ފައްޅިވެސް އަޅައިގެން ދީން ހިމާޔަތް ކުރެވޭނީ.
      ކަލޭ ތިހުރީ މިބިންމަތިން އިސްލާމްދީން ފުހެލުމަށް ވަރަށް ބޭނުންވެތާ. އެނގޭ ތީ އެމްޑީޕީގެ ލާދީނީ ފިކުރުގެ ޝައިތާނެއްކަން. ޔާ ﷲ މިބިންމަތިން އިސްލާމް ދީނާއި ދެކޮޅަށް ބަސްބުނެ ދީން ނިކަމެތިކުރުމަށް މަސައްކަތްކުރާ އެންމެނަށް ހެޔޮވިސްނުން ދެއްވާނދޭވެ. ނޫންނަމަ ދިރިތިބީންނަށް އިބުރަތަކަށް އެބައިމީހުން ނިކަމެތި ކުރައްވާ ބޮޑުވެގެންވާ މުސީބާތެއް ޖައްސަވާންދޭވެ.
      އާމީން.

  13. ާައަހުމަދު

    މ ޤައުމު އިސްލާމް ވީތާ 800 އެތައް އަހަރެއް ވެއްޖެ އެއިރު ތިސަލަފް ޖަމިއްޔާކޮބާ. މާތްﷲ ދީން ހިމާޔަތްކުރައްވާނެ.

    2
    9
  14. ހަސަންބޭބެ

    "ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓްގައި އޮތް ހަމައެކަނި މައްސަލައަކީ ރަސޫލާ އަށް ޞަލަވާތް ކިޔާފައި ނެތުން" މިވެސް ނަޝީދު ހަޖޫޖެހުމުގެ މަގުސަދުގަ ބުނިއެއްޗެއް. މީނަ ދޭ ތަގުރީރުތައް ފެށުމުގައި އެހެން މީހުނާއި ޚިލާފަށް ﷲ އަށް ހަމްދުކޮށް ރަސޫލުﷲ އަަށް ސަލަވާތް ނުކިޔަވާ ވާހަކަ މީހުން ދައްކާތީ އެކަމަށް ހަޖޫ ޖެހީ! މާތް ﷲ މި ނުބައި ސުނަޕާ މީހާގެ ވަކިތަކުން މި ގައުމު އަހަށް ސަލާމަތް ކުރައްވާށި. ﷲ އެއީ އެންމެހައިކަންތައް މޮޅަށް ދެކެދެނެ ވޮޑިގެން ވާ ރަސްކަލާނގެ.

    17
  15. ބޯގޯސް

    މިވެރިކަން ގެނައި އެންމެންގެ ލޯތަކަށް ހުރީ މިރު ސްއެޅިފަ، އަދި ކަންފަތަށް ހުރީ ވާލަ ގޮރު ހެނޑިފަ ބާއޭ ހިތަށް އަރާ ޖާހިލުކަމުގެ އިންތިހާ އަށް ގޮ ސްފަ ތިއްބަ ސް ބޮޑުވަރު

    17
  16. ޢަޙްމަދު

    ހަނދާނަށް އަންނަނީ ކޯރެއްގެ ކައިރީގައި ފެންބޯން އޮތް ބަކަރިއެއް ޝިކާރަ ކުރުމަށް މިނިކާވަގަކު ދެއްކި ދެކޮޅު ނުޖެހޭ ބަހަނާ." ޝައިހް އަބްދުﷲ ވިދާޅުވިއެވެ.
    ——————————-
    ޒުވާން ކުދީންނަށް ދީން އޮޅުވާލާ މަގުފުރައްދާލަން މިނިކާވަގަކު ދައްކާ ކަހަލަ ދެކޮޅުނުޖެހޭ ވާހަކަ ތި ޢަބްދުﷲ ވެސްދަކަނީ.

    2
    18
  17. ތުއްތު

    ތިޔަކަހަލަގެ ލާދީނީމީހުން ގިނަވެގެންގޮސް އެފާޑައްއަނގަފުޅާކުރަން ފުރުސަތުލިބުނީ ކަލޭމެން ކިތަންމެވަރަކައް ފައްޅިއަޅަންބޭނުންވިޔަސް އެފުރުސަތެއް އަހަރެމެންގެހަށީގާ ހޭހުއްޓަކާތިޔަލާދީނީމީހުންނަކައްނުދޭނަން#ލާދީނީރިޕޯޓްނެރުނުމީހުންނާ އެރިޕޯޓުގެ ދިފާޢުގަވާހަކަދެއްކިމީހުން ހައްޔަރުކުރޭ

    16
    1
  18. ޙަަރުން

    މުއްތު ޔޫ ސައުންޑް ލައިކް އަ ޑޮންކީ..އިންސޭން އޮޕީނިއަން..އައި ބެޓް ޔޫ އާ ސްޓުޕިޑް ޓު ދަ ކޯ...

  19. ބިޖޫ

    ބިގައުމުގެ ހަލާކު ކެނެރީގޭ ދާއްބަޔަކީ އެމްޑިއެން އުވާލީމާ ދެރަވެގެން ހަދާނެގޮތް ހުސްވެގެން ބަދަލްހިފުމުގެ ގޮތުން ސަލަފްޖަމިއްޔާ އުވާލަން ކެނެރީގޭ ދާއްބަ ތެޅިއަރުވަނީ ނިގައުމައް ޖެހިފަހުރި ބޮޑުވެގެންވާ ބޮޑު މުސީބާތެއް މިނަސީދުއްކީ މިނުބައި ނުލަފާ ޖާހިލު ނަސީދުވީ އިޒްރޭލައް ފޮނުވާލަން ތާއިދުތަ؟

  20. ލަކީ

    ސަލަފަކި ސީދާ ޓެރަރިސްޓް ޖަމާއަތެއް

  21. އައިންތު

    އިޔާޒްއަށް ވ ސަލާން ޝޭހުއިޔާޒް އާއި ޝޭހު އިލްޔާސްވެގެން ވަރުއަރުވާފަ ގެނައި ސަރުކާރެއްމީ މިހާރު ހުންނާނީ ރާކަނިމަސްކެވިފަ މިކަހަލަ ޞުރާންތިން ގިނަވެގެން ހުރިހާރައްޔިތުންނައް ނޮހޮރުއްޕާ މިއޮތީޖެހިފަ މިދެމީހުންން ރައްޔިތުން ކިބައިން މާއާފައް އެދެން ގޮވާލަން

  22. ނޫސްވެރިންގެ އައްޕަ

    އަހަރެމެން ކެނެރީގޭ ނަޝީދަށް ފިޔަވަޅު އަޅާނަމެވެ. މިއީ މާތްﷲގެ ދީނާއި އެކަލާނގެ މިއުއްމަތަށް ފޮނުއްވި ރަސޫލާގެ ޙައްގުގައި ބުނާ ފިސާރި ބޮޑު ތެދެއްކަން ހަނދާންކުރާށެވެ. ﷲގެ ވާގިފުޅާ މިންވަރުފުޅުން، މި ލާދީނީ ކަލޭގެ ވަރަށް އަވަހަށް ހަމަބިމަށް ތިރި ކުރާނޭ ކަމީ، ދުވާލުގެ އިރުފަދައިން، އަދި ގިޔާމަތް ވާނޭކަން ގަބޫލުކުރާ ފަދައިން އަހަރެމެން އޭނާއަށް ދޭން ބޭނުންވާ މެސެޖެވެ. މިއީ މިދިވެހި އިސްލާމީ އުންމަތުގެ 90 އިންސައްތަ މީހުންގެ ބުނުމެކެވެ.