ޖަމިއްޔަތު ސަލަފް ރަޖިސްޓްރީ ކުރި ތާރީޚާއި ބެހޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު އިތުރުފުޅު ހައްދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޖަމިއްޔަތުއް ސަލަފު ރަޖިސްޓްރީ ކޮށްދިނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި، އެޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނީ ކުރީގެ ރައީސުންނާއި، ރާއްޖޭގެ ދޮށީ އުމުރުގެ ވަރަށް ގިނަ ބޭފުޅުން އެޖަމިއްޔާ ރަޖިސްޓްރީ ކޮށްނުދިނުމަށް އެމަނިކުފާނު އަރިހުގައި އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށް ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖަމިއްޔަތުއް ސަލަފު ރަޖިސްޓްރީ ކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ.

އެޖަމިއްޔާ ފުރަތަމަ 2006 މާޗް 12 ވަނަ ދުވަހު ރަޖިސްޓްރީ ކުރީ ޖަމިއްޔަތުލް އަންޞާރުގެ ނަމުގައެވެ. އަދި ޖަމިއްޔަތުއްސަލަފުގެ ނަމަ 07 ޖޫން 2006 ގައި ބަދަލުކޮށް އޭރުގެ ހޯމް މިނިސްޓްރީން ވަނީ އެޖަމިއްޔާ އާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު އެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ޖަމިއްޔަތުއްސަލަފު ރަޖިސްޓްރީ ކޮށްދެއްވި ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި ހެއްދެވީ އިތުރުފުޅެއްކަން ސާފުވެއެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ "ސަލަފް ޖަމިއްޔާ އަށް ހުއްދަ ނުދިން ނަމަ، އަންޑަ ގްރައުންޑްގައި މަސައްކަތް ފެށީސް. މިއަދުވެސް އެޖަމާޢަތް ހުއްޓުވައިފިނަމަ އަޑިއަށް ދާނެ." ކަމަށެވެ.

ސަލަފް ޖަމާޢަތަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާޢަތެއްކަމަށާއި އެޖަމާޢަތާއި މެދު މަޖިލީހުގެ ގައުމީ ސަލާމަތްތަކާއި ބެހޭ ގޮތުން ގޮތެއް ނިންމުމުން މަޖިލީހުން ވެސް އެޖަމާޢަތާއި މެދު ގޮތެއް ނިންމާނެ ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    ބޮއިގެން ބުރާންތިވެފައި އިންނަ އެއްޗަކަށް ކޮން ތާރީޚެއްތަ އެނގޭނީ؟

    125
    1
  2. މިއަދު

    ނަޝީދުވިއަސް އިބުރާހިމްމުޙައްމަދު ސާލިހުވިއަސް މައުމޫނު ވިއަސް އަދި އެހެންބޭފުޅެއްވިއަސް ދޮގުހެދީމަވާނީ ހަމަދޮގަށް އިތުރުފުޅޭ އޮޅިވަޑައިގަތުމެކޭ ނުކިޔޭނެ ނަޝީދު އެހެދީ ހަމަދޮގެއް ދިވެހިބަހުން ، ދޮގުރީތި ކުރުމަސް ގެނަސްސައޮތް އިތުރުފުޅު އުނިކުރުމަށް ބަހުގެ އެކަޑަމީއަށް ގޮވާލަން

    107
    1
  3. ކެޔޮޅު

    މިހާރުފެނިގެންއެދަނީ އެމްޑީޕީގެ އަސްލުސިފަ އަދިކައުންސިލްތައް ލިބިއްޖިއްޔާ އެދެން ރައްޔިތުން ރޮލާކާންވެސް ފަހެއްނުޖެހޭނެ

    105
  4. އަނިލް

    ކޮން އިތުރުފުޅެކޭ ނުކިޔާބަލަ ނިކަން ކިޔާބަލަ އެލާދީނީ ކަލޭގެ ކަޑައެލިގެން ބޮޑު ވަގުދޮގު
    ބުނަމުން ދާއިރުވެސް މަޖިލިސްތެރޭގައި އެބަ އިދޭނު ޙާމާނަވެގެން އެހެން މީހަކު ދޮގެއް
    ބުނެފިނަމަ އެމީހަކާއިމެދު ފިޔަވަޅު އަޅާ ބޭރު ކޮއްލާނެ

  5. އަޙްމަދު

    މީނާ ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާނެ! ޔާﷲ މިނާއަށް ތެދުމަގު ދައްކަވާފާނދޭވެ.

    26
  6. ނިންމަންވީ

    އަހުންނާއި އުހުތުންނާއި އަދި ދެންވެސް ބައެއްތިބިއްޔާ ނުކުމެ މިކަލޭގެގެ ކަންތައް ނިނަމަންވީ، ނޫނީ މާލަސްވެދާނެ. #ބައިބައިނަޝީދު

  7. މުހައްމަދު

    ޤުރުޢާނާ ސުއްނަތް ބޭނުނުވާ މީހަކަށް ތާރީޙްވެ ސް އޮޅޭނެ.

    19
  8. އާދަނު

    މަޖިލީހުގައި ދޮގުހެދުމުން ދޭންޖެހޭ އަދަބު ނަޝީދަށް ދޭކަށް ނުޖެހޭތަ؟ އޭނާ ދޮގުއެހަދަނީ އަލަކަށް ނޫން. ދީނަށް ލޯބީގެ ކަންފުޅެއްގެ މިންވަރުވެސް ނެތް މީހަކު ދޮގުހަދާކަށް ފަހަކަށް ނުޖެހޭނެ. މި ކޮމެންޓް ޝާއިޢު ކޮށްދެއްވުން އެދެން.

    20
  9. ހުސޭނާ

    2006 ވެރިކަމުގައި ހުރީ މައުމޫނު،ބަލަގަ ކަލޭ ވެރިކަމަށް އައީ 2008 ހިޖުރަ އާއި މީލާދީ ތާރީހު ވެސް އޮޅިފަ ހުރި ބޮޑޫ ބުރާންޗެއް މިއީ

    20
  10. 19 ނަވާރަ

    ހަރުކަށި ފިކުރުގެ މައްސަލައިގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ދޮގު ހެއްދެވި ކަމުގެ ތުހުމަތު މިކިޔަނީ ކީކޭތަ

    13
  11. ޖިންނި

    އަންނި އެއީ ބޮޑު ކައްޒާބު !

    17
  12. ބޯބުރި

    މިކަލޭގެ ތެދެއް ހެދީ ކޮންއިރަކު!!!

    22
  13. އަލިބެ

    ކޮންއިރަކުހޭ އަންނި ތެދެއް ހެދީ

    20
  14. އަލީ

    ފާޅުގަ ދޮގުހަދާ މީހެއް ނަޝީދަކީ. އެކަން އެންމެހާ ދިވެހިންނަށް ވެސް އެނގޭނެ. އެކަމަކުވެސް ދޯ.

    22
  15. ކައްޒާބު

    މިއީ ޤައުމަށްޖެހިފައޮތް ބޮޑުބަލާވެރިކަމެއް ، މިދައްޖާލުގެ ކިބައިން ޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި އާމީން......

    21
  16. ރައްޔިތުމީހުން

    ދޮގެއްހަދާނުލާ ނުހުރެވޭނެ

  17. ޙުއްބުލް ވަޠަން

    ފަހުޒަމާނަށް އައިމަ އެކިއެކި ދިމަ ދިމާއިން ދައްޖާލުންފާޅުވާނެވާހަކަ އެއީ ވަރަށްބޮޑު ޙަޤީޤަތެއްކަން މިހާރު މި ދިވެހިރާއްޖެއިން ފާޅުވެގެން މިއުޅޭ ދައްޖާލުގެ ފިތުނައިން ވަރަށް ސާފުކޮށް އެބަ އެނގޭ.
    މާތް ﷲ މި ނުބައި ނުލަފާ ދައްޖާލުގެ ފިތުނައިން މިޤައުމު ސަލާމަތްކުރައްވާށި ... އާމީން.

  18. ސައިންޓިސްޓު

    ކޮން އިތުރުފުޅެއް.. އެމީހުން ހެދީމާ އިތުރުފުޅު އެހެން މީހުން ހެދީމަ ދޮގު..