ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މޯލްޑިވިއަން ރީފޯމް މޯވްމަންޓް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކޮމިޝަނުން ނިންމައި، ރަޖިސްޓްރީ ސެޓިފިކެޓް ހަވާލުކުރުން އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭއިރު 3313 ފޯމާއެކު އެމްއާރްއެމް ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެކުރިން މައުމޫން ވަނީ ޑީއާރްޕީ އާއި ޕީޕީއެމް އުފައްދަވާފައެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީއާއި، ޕީޕީއެމް އުފެއްދެވުމުގައިވެސް އިސްދައުރެއް އަދާކުރައްވާފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުޖުރާތު ޕްރެސް

    ކޮންތާކުންބާ މީހުން ހަމަކުރީ އަނެއްކާ މިފަހުން ރަޖިސްޓަރީވާން އިއުލާންކުރި ބަންގާޅުން ލައިގެން ބާހަމަކުރީ.

  2. ބަރުބާދު

    ދިވެހި ތާރީހުދުއް އެންމެ ގިނަބަޔަކު ގަބޫލްކުރި ނަޒާހަތްތެރިވެރިޔާ މިހާރު ތީ މިގައުމުގައި އުޅޭ ބަންގާޅީއަކަށްވުރެވެސް އަގުދަށް އާއިލާއެއް، އަންހެންވެރިން ދީނާދުރަށް ގެންދިއުމުގައި މުގުލުގަ ހުންނެވި ވެރިމީހާ.

    1
    2