ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީ ކަންކަމާއި ގުޅިގެން ސަލަފް ޖަމިއްޔާ އަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ސާފު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މަހްލޫފް އާ ސުވާލު ކުރަން ހުށަހަޅާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު މަހްލޫފް އާ ކުރައްވަން ބޭނުންވާ ސުވާލަކީ މަރުކޮމިޝަނުން ތަހްގީގު ކުރައްވައި، މަޖިލީހަށް ހުށަހަޅުއްވާފައިވާ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާ މައްސަލައިގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ބަލާއިރު، އެ އަނިޔާވެރި އަމަރު ހިންގުމުގައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުުހުމަތުތަކެއް ކުރެވޭއިރު، އެ ޖަމިއްޔާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވޭތޯ އާއި، އެޅި ފިޔަވަޅަކީ ކޮބައިތޯ ބެލުމަށެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ އަފްރާޝީމާއި ބެހޭ ގޮތުން ސަލަފް ޖަމިއްޔާ އިން ނެރުނު ފަތުވާއެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ޖާބިރު ރާބޮއެގެން ހޯނޑައިދޫން ގެނާ މައްސަލަާއާ. މަޖިލީހަށް އައިސްހުންނަނީ ރާބޮއެގެން ކަމަށްބުނާތީ އެކން ފުރަތަމަ ބަލަންވީ. ރައްޔިތުންނޭ ހޭ އަރާކަށް ނުވެތޯ

    19
    1