ޖަމިއްޔަތު ސަލަފަށް ފިޔަވަޅު އަޅަނީ، ލާދީނީ ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމާއި، ދެކޮޅަށް ކުރި މަސައްކަތުގެ ބަދަލު ހިފަން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައި ވަނީ، ސަލަފަށް ފިޔަވަޅު އަޅަން ގޮވާލާ މަޖިލީސް ބައެއް މެންބަރުން ވާހަކަދައްކާފައިވަނިކޮށެވެ. އަދި އެ ޖަމިއްޔާއިން ނިރުބަވެރިކަމަށް ހިތްވަރުދޭ ކަމަށް ބުނެ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އުމަރު ނަސީރު ވިދާޅުވީ، ސަލަފް ޖަމިއްޔާއިން ދުވަހަކުވެސް ހަމަނުޖެހުމަކަށް ހިތްވަރުދީފައި ނުވާ ކަމަށާއި، ގިނަ ބަޔަކަށް ސަލަފް ޖަމިއްޔާއިން ރަނގަޅު މަގުދައްކައިދީފައި ވާ ކަމަށެވެ.

ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ، ސަލަފް ޖަމާޢަތަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާޢަތެއްކަމަށާއި އެޖަމާޢަތާއި މެދު މަޖިލީހުގެ ގައުމީ ސަލާމަތްތަކާއި ބެހޭ ގޮތުން ގޮތެއް ނިންމުމުން މަޖިލީހުން ވެސް އެޖަމާޢަތާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސަލަފް ޖަމިއްޔާއާ ގުޅޭ މައްސަލަ މަޖިލީހުން ބަލަން ނިންމާފައި ވަނީ، ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވާ ވާހަކަތަކަށް ބަލައެވެ. އެ ރިޕޯޓުގައި ވަނީ އަފްރާޝީމާއި ބެހޭ ގޮތުން ސަލަފް ޖަމިއްޔާ އިން ނެރުނު ފަތުވާއެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށެވެ.

ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގައްޔޫމް

    މި އުމަރު މީކާކު.؟؟ އަޅުގަނޑު ނުދަންނަން...ރޭގަ މަލް އާއިއެކު ޕާޓީ ކުރަން އުޅުނު މީހެއްތަ؟؟

    1
    219
    • ހަމަ ހިނި އަންނަނީ

      އެހެންވިއްޔާ ނޫސްތަކަށް ކޮމެންޓުނުކޮށް މަޑުން ހުރޭ!!

    • ކެކެކެކެ

      މުނާފިގުންތަކަށް އަސަރުކޮށްފިތާ!

  2. ޝޮކްތެރަޕީ

    ނަޝީދު އަކީ ލާދީނީ އެޖެންޓެ. އަންނިގެ ސަބަބުން ރާއްޖޭގެ މުސްތަގްބަލަ ހުރި ނުރައްކަލެ.

    26
  3. އަލިބެ

    އެމްޑީޕީ މީހުނާ ދިމާލައް ލާދީނީ ކިޔަނީ ހަމަ އަމަލުވެސް ގުޅޭތީ. ލާދީނީ އެމްޑީޕީ

    25
  4. ާކަލެއްނޭ

    އެއީ އެބައިމީހުން ވީ ވައުދު ފުއްދަން ކުރާ ކަންތަށް ފުރަތަމަ ކަމަކީ ގުޅިފައިވާ ޔަހޫދީ ޖަމާއަތް ތަކަށް މި ސަރުކާރުން " ދީނީގޮތުން ހަރުކަށި ޖަމާއަތްތަށް" އުވާލަމުން ދާކަން ދެއްކުން
    ދެވަނައީ އެމްޑީއެމް ގެ ވާހަކަ އޮއްބާލުން ތިމީހުން ޖަހާހާ ބެރަކަށް ހުރިހާ އެންމެނެއް ނުނަށާނެ އިނގޭ

  5. ދިވެހިމިީހަާ

    ކީރިތި ރަސޫލަަާ އަށް ފުރަށްސާރަ ކުރުމަކީ މި އުޑުދަށުގައި ހިންގޭނެ އެއްމެ ބޮޑު ޖަރީމާއެވެ އިސްމީހުންގެ ގޮތުގައި ތިބެގެން އެޖަރީމާއަށް ހިތްވަރުދެޭ މީހުން ހަލާކުކުރަށްވާ މިގައުމު އަމާން ކޮށްދެއްވާދޭވެ ފިރުއައުނާ ގާރޫން އަދި ނަމްރޫދު ހިއްޕެވި ގޮތަށް ﷲއާ ރަސުުޫލާ އާ ދެކޮޅުވި މީހުންތަށް ހިތްޕަވަާންދޭ