ޖަމިއްޔާތުލް ސަލަފަކީ "ޖިހާދީ"ފިކުރުގެ ޖަމާއަތެއް ކަމަށް ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓް ދިރާސާ ކުރަން ގައުމީ ސަލަމާތާއި ބެހޭ ކޮމެޓީން އިން އެކުލަވާލި ސަބް ކޮމެޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފިއެވެ.

ޖަމިއްޔަތުލް ސަލަފްގެ ނަން ޖިހާދީ ފިކުރު ޖަމާއަތްތަކުގެ ލިސްޓުގައި ސަބް ކޮމެޓީން ހިމަނާފައި ވަނީ މަރުގެ ކޮމިޝަންގައި އެގޮތަށް ފާހަގަކޮށްފައިވާކަމަށް ބުނެއެވެ.

ނަމަވެސް ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓުގައި ސަލަފަކީ ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ބުނެފައެއް ނުވެއެވެ. އަދި ޑރ. އަފްެރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށްވެސް ބުނެފައެއް ނުވެއެވެ.

"ޖަމިއްޔަތުލް ސަލަފް، ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތް (މިހާރު އެހެން ބައިތަކަށް ބައިވެފައި)، އިސްލާމިކް ސްޓޭޓް އަށް ބައިޔައްތު ހިފި ޖަމާއަތް، ސީރިއާ އާއި އީރާގުގައި ހަރަކާތްތެރިޔާ ޖުބުހައްތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތް". މަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ކަމަށް ސަބް ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.

ކުޑަ ކޮމެޓީން މައި ކޮމެޓީ އަށް ފޮނުވި ރިޕޯޓުގައި ރޮކޮމެންޑޭޝަނެއްގެ ގޮތުގައި ވަނީ ލަސްނުކޮށް ޖިހާދީ ފުކުރު ޖަމާއަތްތަކާއި މެދު ފިޔަވަޅު އެޅުަމަށް ބުނެފައި ވެއެވެ.

ރިޕޯޓުގައި ވަނީ ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދުތަކަކީ، ސެލްތަކާއި، މެންބަރުންގެ އަދަދު ދެނެގަަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭކަން ފާހަަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހަމަ ހިނި އަންނަނީ

    އިންސާނީ އައްޑަނައަކަށް ވެގެން ހަނގުރާމައަށް ގައްޒާއަށް ދިއުމަށް ގޮވާލީ ސަލަފުންތަ؟ ޖިހާދީ ފިކުރަކީ ކޮބާ؟

    74
    8
  2. އާދިލް

    ބޮޑުވެގެންވާ ކޯފާއަކަށް މިރާއްޖެ ފައްކާވާހެން ހާދަ އެބަހީވެއޭ! ބަޔަކު މީހުން ހިސާބަށް ތުރެ ފާސިގުވީމާ ދެން އެބައެއްގެ ތެރެއަށް އަންނާނީ ކޯފާއެވެ. މާތް ނަބިއްޔާއަށް ފުރައްސާރަ ކުރިއިރު ތިބުނާ މަޖިލީހާއި ކޮމިޓީ ކޮބާ! ވިސްނައިގެންތިބޭތި! ގަޔަށް ރަތްހިނި ތަކެއް އަރާ ދަތްއެޅީމާ އެވާ ތަދުން ފޮޅާލެވޭނީ ދަތްއެޅި ހިނިތައް އެކަނި ނޫންކަން ދަންނާތި! ހުރިހާ ހިންޏެއްވެސް ފޮޅާލެވޭނެ! ޔާ ﷲ އަޅަމެންގެ ތެރެއިން ބަޔަކު ކުރާ ފާފަތަކެއްގެ ސަބަބުން އަޅަމެން އެންމެންނަށް އާންމުވާ ފަދަ ކޯފާއެއް ނުފޮނުއްވަވާނފާނދޭވެ! އާމީން

    170
    9
  3. ޢަލީ ރަސްގެފާނު

    މައްސަލަ ވަރަށް ސާފެވެ. ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ގޮވަމުން ދިޔައީ ލާދީނީ އަންނި އުފަންކުރުވި "އެމްޑީއެން" އާއި އެ ފިކުރު އުވާލުމަށެވެ. ސަރުކާރަށާއި، އަދި އެންމްޑީޕީއަށް މަޖުބޫރުވީ، ސަރުކާރު ދިފާއުކުރާން ބޭނުންނަމަ، އެމްޑީއެން އުވާލާށެވެ. އެހިސާބުން މިވެރިންގެ ބަދަލުހިފުމުގެ ރޫހު އާލާވެ ވަރުގަދަވިއެވެ. އިސްލާމްދީނުގެ ޢަދުއްވުންގެ އަޣްލަބިއްޔަތު އޮތް، ރައްޔިތުންގެ މަޖިލީސް ބޭނުންކޮށް، އަންނި ބޭނުންވީ، ބަދަލު ހިފާށެވެ. އެހެންކަމުން، ރާއްޖޭގައި މިވަގުތު އިސްލާމީ ވަޙުދަތު ދިރުވައި އާލާކުރުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ޖަމިއްޔާ އުވާލަން މިވެރީން މިތިބީ ނިޔަތްގަނެ ކަމަރު ބަނދެގެންނެވެ. އެކަމަކު މިވެރީންނަށް ނޭނގޭ ކަމަކީ ބާރުގެ ބޭނުންކޮށް، އިސްލާމީ ވަގުދަތަށް މިދޭ ހަމަލާތަކުގެ ބަދަލު އަހަރެމެން ވަގުތު ޖެހުމުން ހިފާނޭ ކަމެވެ. އެންމެ 10 އިންސައްތަ ލާދީނީންނަށް މި ގައުމަށް ތިގޮތަށް ގައްދާރު ވެވޭނޭ ކަމަށް ހީ ނުކުރާށެވެ.

    136
    4
  4. މމ

    ތިޔަ ސްޕީޑް ގަ ލާދީނީ ޖަމިއްޔާ އަށް ފިޔަވަޅު އަޅަން ތިޔަ ބޭފުޅުންނަށް ނުގޮވުނީ ކީއްވެތޯ؟ އޭ ﷲ މި ނުބައި ރޭވުންތައް ރާވާ ފަރާތްތަކުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާ ދިރި ތިބީން ނަށް ޢިބުރަތެއް ލިބޭފަދަ ގޮތަކަށް އެއުރެންގެ ކަންތައް ނިންމަވައި ދެއްވާފާނދޭވެ. އާމީން

    142
    4
  5. Juhaa

    މިގައުމުގެ ލާދީނީ ފިކުރުގެ މީހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް.

    110
    3
  6. Anonymous

    ލާދީނީ ފިކުރުގެ ބަޔަކަށް ނުވާތީދޯ ތި ކިޔާ ކޮމެޓީ އަކުން ތި ތެޅިބާލަނީ.

    88
    2
  7. ޢަލީ ރަސްގެފާނު

    އަހަރެމެން ކެނެރީގޭ ނަޝީދަށް ފިޔަވަޅު އަޅާނަމެވެ. މިއީ މާތްﷲގެ ދީނާއި އެކަލާނގެ މިއުއްމަތަށް ފޮނުއްވި ރަސޫލާގެ ޙައްގުގައި ބުނާ ފިސާރި ބޮޑު ތެދެއްކަން ހަނދާންކުރާށެވެ. ﷲގެ ވާގިފުޅާ މިންވަރުފުޅުން، މި ލާދީނީ ކަލޭގެ ވަރަށް އަވަހަށް ހަމަބިމަށް ތިރި ކުރާނޭ ކަމީ، ދުވާލުގެ އިރުފަދައިން، އަދި ގިޔާމަތް ވާނޭކަން ގަބޫލުކުރާ ފަދައިން އަހަރެމެން އޭނާއަށް ދޭން ބޭނުންވާ މެސެޖެވެ. މިއީ މިދިވެހި އިސްލާމީ އުންމަތުގެ 90 އިންސައްތަ މީހުންގެ ބުނުމެކެވެ.

    123
    1
  8. Anonymous

    ގައުމުގެ ތިބި އި ސްލާމްދީން ދެކެ ލޯބިވާ ހުރިހާ ރައްޔިތުން މި ޖައްބާރުންނާއި ދެކޮޅަށް އަވަހައް ނިކުމޭ، ކީރިތި ޤުރުއާނަށާއި މާތްނަބިއްޔާއަށް ފުރައް ސާރަ ކުރި މީހުން މިވީ ޖަވާހިރުންނަށް، ހަމަ ހިލާ އެހެންވިޔަކަ ދީގެން ނުވާނެ، އަވަހަށް ނިކުމޭ، މިކަން އޮއްބާލަން ކުރާ މަކަރުވެރި ރޭވުންތައް

    101
    1
  9. ހޫ

    #ބޭންއެމްޑީއެން. ދީނަށް އިޙްތިރާމް ކުރެވެން ޖެހޭނެ.
    #ބޭންސަލަފް. ހަރުކަށި ކަމެއް ބޭނުމެއްނޫން.

    14
    79
  10. ތައްހާން

    ޖިހާދުކުރުމަކީ ﷲގެ އަމުރުފުޅެއް އެފިކުރު ނައްތައެއް ނުލެވޭނެ ހަމަޖެހުން ގާއިމް ވާނީ އެފިކުރު އޮވެގެން ރޭޕިސްތާނުގައި އެފިކުރު ނެތީތީ އިންސާނުން ރޮލުން ކަނީ 3މަހުގެ ތުއްތު ކުއްޖާ އަށްވެސް އަމަާންކަމެއްނެތް ރޭޕްކުރުމުގެ ފިކުރު ނޫން ފިކުރެއް ގެރިމޯދީގެ ބައިގަޑަކަށްނެތް ހެޔޮލަފާ ފިރިހެނުން ރަހުމާ އޯގާތެރި ކަންބޮޑު ބަތަލުން އުފަންކުރަނީ ޖިހަަާދީ ފިކުރުގެ މަންމައިން މުހައްމަދު ބިން ގާސިމް ރާޖާދަާހިރު ގެ މައްޗަށް ގަދަވެ ކުރިހޯދީ އިންޑިއާ ފަތަހަ ކުރީ ލޯތްބާ އޯގަާތެރިކަން ބޭނުންކޮށްގެން ޖިހާދީ ފިކުރު ސަޅި މައްސަލައަކީ އިސްލަާމް ޒުވަާނުންނަށް ނޭގޭކަން ޖިހާދުވެސް ނޭގޭތީ

    70
    1
  11. މަ ހެވެނީ

    މަަށަށް ހަމަ ހެވެނީ. ކޮންހާ މައްސަލައެއް ތި ޖައްސަނީ؟ ރާެއްޖޭ ގިނަ މީހުން ރަސޫލާއަށް ވުރެ ސިޔާސީ ޕާޓީތަކަށް ލޯބިކުރޭ ބުނަންވެސް ބުނޭ އިންސާނަކަށް ސަޖިދަ ޖަހާނަމަ އަންނިއަށޭ ޖަހާނީ. އޭނަގެ ފޮޓޯތަައް ފިިރހެނުްނގެ ޕްރޮފައިލުން ފެނުނީމަ ހިތްތަކުގެ ވެރިޔާކަން ނޭގޭތަ؟ ވީމަ ދެން ރާއްޖޭގައޮ އޮންނާނީ ސިޔާސީ ފިކުރު. މަރުވާނެކަމައި އެހެން ދުވަހެއް އޮތްކަން ހަދާން ކުރާނެ ބަޔަކު ނެތޭ

    31
  12. ނަގޫރޯޅި

    މީ މޑނ އޮވާލަން ގޮވާލީމާ ސޯލިހު ސަރުކާރުން އެމީހުންނައް ދިން ހައްގުމިންވަރު.

    31
  13. Alibe

    މިހުރިހާކަމެއް އަޑީގަހުރެގެން މިކުރަނީ އަންނި. މީނަ އޮބަހައްޓަން އަދިވެސް ނުވޭތޯ؟

    34
    1
  14. ކިނބޫ

    ތި ރިޕޯޓު ލިޔާނީ ހަތަރުކަށިމަތި ސޮރުކަން މަށަށް ހަމަ ކަށަވަރު. ބަލަން ތިބޭތި މިނޫން ގޮތަކަށް ވޭތޯ.

    24
  15. ޢަލީ

    ތިއުޅެނީ، ޤައުމުގެ ދުވަސް ދުއްވާލަންދޯ، އެމްޑީއެން އާގުޅިގެން މަޖިލީހުން ތިފަދަ ފިޔަވަޅެއްނޭޅުނު އެކަމަކު ދީނަށްޓަކާ މަސައްކަތްކުރާ ޖަމާޢަތެއްގެ ދުވަސް ދުއްވާލަން ތި ވިސްނަނީ، ވަރަށް ހިތިވާނެ، ތިބޭސް

    31
    1
  16. އެންދެރި

    މަޖްލިސް އުވާލާ އާ.މަޖްލިހެއް ހޮވަން ފެނެ އެވެ.

    22
  17. ޝާޙު

    ސަލަފު އުވާލަން ނިންމީ އެމްޑީއެންގެ ފިކުރު ގަދަކުރަން މި ޤައުމުން އިސްލާމީ ބާރު ކަނޑުވަން. މިއީ ޔޫރަޕްގައި އެބައިމީހުން ކުރި ކެމްޕޭނުގެ ނަތީޖާ ޤައުމުހަލާކުވެއްޖެ.

    23
    1
  18. ބުރޯ

    އުސްފަސްގަނޑުގެ ތެރޭގަ ތިބެގެން އެމްޑީޕީ ން ރޭވި ކަމެއް ސަލަފުގެ ކަމަކަށް ވާނީ ކިހިނެތް ؟ސަހީމް އަށް މައުލޫމާތު ލިބޭނީ ކިހިނެތް ؟ އުސްފަސްގަނޑުގާ ބަހައްޓާފަ ހުރި މަރާލާ މީހުންގެ ލިސްޓް ގާ ސަހީމާ އަފްރާސީމަގެ ނަން ލިޔުނީކާކު ނަސީދުތަ ؟ކޮންމެ މީހެއްގެ ބޯކޮޅު ބެލުމަށް އަންހެނަކާ ހަވާލުކުރީ ކާކު ؟ ނަސީދު ތަ ؟

    17
  19. ސަޓޯ

    ޖިހާދު ކުރަން ޖެހިއްޖެއްޔާމުން ސަލަފު ނުބުންޏަސް ޖިހާދު ކުރާނަން

    25
    1
  20. ލާދީނީ

    އެމްޑީ އެން އުވާލަން ގޮވީތީވެ ބަދަލު ހިފަނީ. ޔަހޫދީ ދީން ފަތުރަން ދެކޮޅު ހެދީމަ އިސްލާމް ދީނާއި ދެކޮޅު ހެދީ، ފައްޅި އެޅުމާއި ދެކޮޅަށް އަޑު އުފުލީމަ މިސްކިތްތައް ބިނާކުރުމާއި ދެކޮޅު ހެދީ. އެމްޑީޕީގެ އަސްލު މި ފެންނަނީ.

    26
  21. ފަސާދަޔާ ފަސާދަ

    ޔާމީންތަ އަނިޔާވެރިވީ؟؟ ... ޢިބޫ ލައްކަ އޯގާތެރިޔޭދޯ(ސެލްފީ)... ނަޝީދު ހަމަ ބެސްޓުދޯ.... ކުރިއަށް ވިސްނޭނީ މާޒީއަށް ބަލައިގެން، އމޑޕ އަކީ، އާން އަދިއެއްފަހަރު އެމްޑީޕީއަކީ ނުލަފާ ބައިގަޑެއް ... މިކަން ނުވިސްނޭނީ މޮޔަޔަކަށް ... ކޮން އިންސާފެއް، ކޮން ވައުދެއް .. އެއީ ފަސާދައިގެ މަރުކަޒު (ހެކި ބޭނުންތަ؟) ... ޢިތުރަށް ރުޅިގަދަވުމުގެކުރިން ނަޝީދު ބުނީ ރާއްޖެ ޓީވީގެ މަގްސަދަކީ ކީކޭ ؟؟ ޢެއް!!، ފަސާދަކުރުމޭ ؟؟ ބުނޭ ދެން ރާޓީވީއާ އެމްޑީޕީއާ އޮތީ ކޮން ގުޅުމެއްހޯ .. އޭގެ ޖަވާބަކީ "ތީ ނުވިސްނޭ މޮޔަޔެއް" ގެޓުވެއްޖެ ؟ އަދިވެސް ހިއެއްނުވޭ ގެޓުވިހެން ތިބައިމީހުންނަށް..

    13
  22. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ކީރިތި ޤުރުއާން ކިޔަވައިދޭ މުދައްރިސުންނާއި މިސްކިތްތަކުގެ އިމާމުންާއި އިސްލާމް ކިޔަވައިދޭ ޓީޗަރުން ނާއި ދީނީ ނަސޭހަތްދޭ އެންމެސްވެސް ނުރައްކާތެރި ޖަމާއަތުގެ ލިސްޓަށް ލާން ވާނެ ދުވަސްކޮޅެއްކޮށްލާފަ މިސްކިތަށް ޖަމާއަތުގައި ނަމާދުކުރަން ދާމިހުން ފާހަގަކޮށް އެމިހުންވެސް ނުރައްކާތެރި ޖައަތުގެ މީހުން ކަމަށް ކަނޑަ އަޅަންވާނެ ޝުކުރިއްޔާ މަޖުލީހުގެ ރައީސް އަށާއ ިމެމްބަރުންނަށް

    13
  23. ސަންފާ

    މި ބައިގަޑު ވެރިކަމަށް ގެނައި މީހުންނަށް މިހާރު އެއްޗެއް ވިސްނޭނޭބާ

    19
  24. އިބޫ

    ފިޔަވަޅެއް އަޅާފިނަމަ. މިގައުމުގެ މިނިވަން ކަމާ އަމާންކަން ގެއްލުވާލާނަން.

  25. ލައިލް

    އަހަރުމެން ވަރައް ކާރިން ގައުމުގެ ކަންކަން އެބަބަލަން. ކަންބޮޑުނުވޭ. ފުރާނައައްވުރެ ދީން މުހިންމު.

  26. ކެހިވެރި

    ސްޕުރީން ކޯޓް ފުޑާލުމާ މިކަމާއެކުއެކީ ގެންދަނީ ވަރަބޮޑަ ރާވައިގެން ... ވަގުތު ފާއިތުވުމުގެ ކުރިން ރައިޔަތުން ބަސްއިވަން ތަޔާރުވެ

  27. އައި ސީ!

    ޔާ ﷲ ، ކެނެރީގޭ ނަޝީދާއި އޭނާގެ އަޢުވާނުންގެ ކިބައިން މި ޤައުމު ސަލާމަތް ކޮށްދެއްވާންދޭވޭ، އާމީން،

  28. މުގުރާން

    އެހެން ތެޅިތެޅި ތިއްބާ މިކަންތައް ނިމިދާނެ އިންޝާﷲ ؟

  29. Anonymous

    ބޭބެ ބުނީމެއް ނުން. ޝަހާދަތް ކިޔާ އަކަކުވެސް ނުބަހައްޓާނެ. މުޅި ރާއްޖެއަށް އެމްޑީއެންގެ ފިކުރު ފަތުރަން އަޖެންޑާ 19 މިއޮތީ

  30. ސާހިލް

    ސޫރަތުއް ޝުޢަރާގެ 131 ވަނަ އަޔަތް ބައްލަވާ! ވަގަށް އައިކަމުގައިވިޔަސް މިހާރު ރާއްޖޭގައި މިއޮތީ އެފަދަ ވެރިކަމެއް! މި ވެރިކަން ގެނައުމަށް އެހީތެރިވި މީހުންނާ ، ވޯޓު އޮޅުވައިލަދިން މީހުންނާ ، ޖާހަށްޓަކައި މި ވެރިކަން ހިފަހައްޓައިދިނުމަށް މާރު އުޅައިގެންތިބި މީހުން މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލަމެވެ.

  31. އެންދެރި

    ފިތުނަ އުފައްދާނެ ކަމެއް ނެތެވެ. މިތާ ބަޔަކު ހަނގުރާމަ އެއް ނުކުރެއެވެ.

  32. ސީނު

    މުސްލިމަކަށްވީތީ ޖިހާދީ ފިކުރުހުރުން ވާޖިބް. ސަލަފްއުވާލުމަކުން އެއަކަށްބަދަލެއްނާންނާނެ....ދީނެއް ރައްބެއް ނޭންގޭ ގަމާރުން އަތަށް ގައުމުގެ ހުންގާނު ހަވާލުކުރީމަ އެތިބީ މިސްރާބު އޮޅިފަ....ތިތާ އުވާލަންވީ މަޖްލިސް