ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ނުސީދާ ގޮތެއްގައި ޖަމިއްޔާއާ ގުޅުވައިގެން މަރުތަކާއި ބެހޭ ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައި ހިމަނާފައިވާ ވާހަކަތައް އެ ޖަމިއްޔާއިން ދޮގުކޮށްފިއެވެ.

ސަލަފުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަރުގެ ކޮމިޝަންގެ ރިޕޯޓްގައި ހުރީ "ބުހުތާނު ދޮގު"ކަމަށެވެ.

ސަލަފުން މިކަން ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އިބްރާހިމް މިސްކިތުގައި ހުކުރު ކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް އޭނާގެ ގައިގައި ތަޅައިގަތުމާއި މަރުކޮމިޝަނުން ސުވާލު ކުރި އައްޝައިހް މުހައްމަދު ލަތީފަކީ ސަލަފްގެ ޝެއިހެއް ކަމަށް ބުނުމާއި 8 މެއި 2012ގައި އިސްކަންދަރު ކޮށީގައި ޑރ.އަފްރާޝިމް ތުނބުޅި އާއި މެދު ދެއްކެވި ވާހަކަފުޅަށް ޖެހިގެން އައި ދުވަހު ސަލަފުން ރައްދު ދީ ގަރާރެއް ނެރުނު ކަމަށް ބުނުމީ ދޮގު ކަމަށެވެ.

"ޑރ. އަފްރާޝިމް އަލީ އިބްރާހިމް މިސްކިތުގައި ހުކުރު ކުރެއްވުމަށް ފަހު ނިކުންނެވުމުން، އެމަނިކުފާނު ގައިގައި ތަޅައިގަތީ ސަލަފުން ކަމަށް ބުނުމާއި މަރު ކޮމިޝަނުން ސުވާލު ކުރި އައް ޝައިޙް މުހައްމަދު ލަތީފް އަކީ ސަލަފްގެ ޝެއިހެއް ކަމަށް ބުނުމާއި، 8 މެއި 2012ގައި އިސްކަންދަރު ކޮށީގައި ޑރ.އަފްރާޝިމް ތުނބުޅި އާއި މެދު ދެއްކެވި ވާހަކަފުޅަށް ޖެހިގެން އައި ދުވަހު ސަލަފުން ރައްދު ދީ ގަރާރެއް ނެރުނު ކަމަށް ބުނުމީ، ހައްތަހާވެސް ބުހުތާނު ދޮގެވެ" ސަލަފުގެ ބަޔާނުގައި ވެއެވެ.

ސަލަފުން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ސަލަފުން ގަރާރު ނެރުނު ކަމަށް ބުނި މިނިވަން ނޫހަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހެއް ކަަމަށާއި، އެނޫހަކީ ފެށުނީއްސުރެ ސަލަފާއި އިދިކޮޅު ފިކުރުގެ ނޫހެއް ކަމުން ސަރުކާރުގެ ކޮމިޝަނަކުން ނެރޭ ރިޕޯޓެއްގައި އެފަދަ ނޫހެއްގެ ބަސް ހިމަނައި ހަވާލާ ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދުވާކޮތަރު

  ސަލަފޫ ތިގޮލާ ހާދަހެއްވަޔޭ ދޯ،ސަލަފޫ ނު އިސްލާމިކް ސްޓޭޓު ދިދަހިފައިގެން މާލެތެރޭ ހިގޫ،އަހުންއެދުވަހު ނިކަން ބިރުގަތޫ. ދެންއެންވިޔަ ނުދޭޟޫމް

  2
  20
 2. Anonymous

  ދިވެހިންނަށް ލިބޭ ނިއުމަތަށް ކުފުރުވެ ދީނެއްނުވާ ސެކިއުލަރ މީހުން ގައުމު ގެ ހުންގާނަށް ގެނައިމަ ވާނެ 6 އެތި މިވީ.

  22
  3
 3. ނޫސްވެރިންގެ އައްޕަ

  މައްސަލަ ވަރަށް ސާފެވެ. ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ގޮވަމުން ދިޔައީ ލާދީނީ އަންނި އުފަންކުރުވި "އެމްޑީއެން" އާއި އެ ފިކުރު އުވާލުމަށެވެ. ސަރުކާރަށާއި، އަދި އެންމްޑީޕީއަށް މަޖުބޫރުވީ، ސަރުކާރު ދިފާއުކުރާން ބޭނުންނަމަ، އެމްޑީއެން އުވާލާށެވެ. އެހިސާބުން މިވެރިންގެ ބަދަލުހިފުމުގެ ރޫހު އާލާވެ ވަރުގަދަވިއެވެ. އިސްލާމްދީނުގެ ޢަދުއްވުންގެ އަޣްލަބިއްޔަތު އޮތް، ރައްޔިތުންގެ މަޖިލީސް ބޭނުންކޮށް، އަންނި ބޭނުންވީ، ބަދަލު ހިފާށެވެ. އެހެންކަމުން، ރާއްޖޭގައި މިވަގުތު އިސްލާމީ ވަޙުދަތު ދިރުވައި އާލާކުރުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ޖަމިއްޔާ އުވާލަން މިވެރީން މިތިބީ ނިޔަތްގަނެ ކަމަރު ބަނދެގެންނެވެ. އެކަމަކު މިވެރީންނަށް ނޭނގޭ ކަމަކީ ބާރުގެ ބޭނުންކޮށް، އިސްލާމީ ވަގުދަތަށް މިދޭ ހަމަލާތަކުގެ ބަދަލު އަހަރެމެން ވަގުތު ޖެހުމުން ހިފާނޭ ކަމެވެ. އެންމެ 10 އިންސައްތަ ލާދީނީންނަށް މި ގައުމަށް ތިގޮތަށް ގައްދާރު ވެވޭނޭ ކަމަށް ހީ ނުކުރާށެވެ.

  24
  1
 4. ކާފަ

  މަރުކޮމިޝަނުގެ ރިޕޯޓްގައި ހަވާލާދީފައިވަނީ މުޅިންހެން މިނިވން ނޫހަށް. މީއެންމެގިނައިން ދޮގުހބަރު ފތުރާ ނޫސް.

  20
  3
 5. އަލީ

  ވެރިކަމުގައި އެތިބީ ރަސޫލާ ދުޢާދެއްވައިފައިވާ ބޭފުޅެއް. ކަންތައް ދާނީ ހަމަ ރަގަޅަށް.

 6. ހުސޭނާ

  އިސްލާމިކް ސްޓޭޓް ދިދަ އެއް ނޯންނާނެ،ޟަހާދަތުގެ ދެކަލިމައިގެ ދިދަ ކޮންމެ މުސްލިމެއްގެ ކިބައިގައި އޮންނާނެ