ޖަމިއްޔަތުއް ސަލަފް ބަދުނާމު ކުރަން ވާހަކަތައް ދައްކަނީ ބޭރުގެ ލާދީނީ ސަރުކާރުތަކާއި ޖަމިއްޔާތަކުން، ބޮޑު އަދަދުތަކުން ގެންނަ ފައިސާ ދޮވެ ހަލާލު ކުރުމުގެ ގޮތުން ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދިވެހި ރާއްޖެއާއި ބޭރުގެ ލާދީނީ ވިސްނުންތަކަށް ސަރުކާރުންވެފައިވާ ވައުދު ފުއްދުމުގެ ގޮތުންނާއި، ޓެރޮރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރާކަން ދެއްކުމަށް، ި ބޭރުގެ ލާދީނީ ސަރުކާރުތަކުންނާއި ޖަމާތްތަކުން ދެމުންދާ ފައިސާ ހަލާލް ކުރުމަށް ޖަމިއްޔަތުއް ސަލަފުން ކުރިއަށް ގެންދާ ދީނީ ހަރަކާތައް ހުއްޓުވައި އެޖަމިއްޔާ އުވާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ފަރާތްތަކަށް ވެފައިވާ ވައުދު ފުއްދުމަށާއި، ޓެރޮރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރާކަން ދައްކައި، ޓެރޮރިޒަމް ހުއްޓުވުމުގެ ނަމުގައި ބޭރުގެ ސަރުކާރު ތަކުންނާއި ޖަމާއަތްތަކުން، ގެންނަ ބޮޑެތި އަދަދުތަކުގެ ފައިސާ ދޮވެ ހަލާލު ކުރުމަށް ސަލަފުގެ މަސައްކަތްތައް ހުއްޓުވައި، އެފަރާތްތަކުން ރާއްޖޭގައި ހިންގަން ބޭނުންވާ ލާދީނީ ޖަމިއްޔާތަކަށް އެފުރުސަތު ދޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ.

އަދި އެފަދަ ކަންކަން ކުރެވޭނެ ކަމަށް ވިސްނަމުންދާ ފަރާތަތަކުން ކުރަމުން ދަނީ ކުށްހީ އެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުން ލާދީނީ ފިކުރުތަކަށް ޖާގަ ނުދޭނެ ކަމަށް ސަލަފުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ރާއްޖޭގެ ރައްޔިތުން ލާދީނީ ފިކުރުތަކުން އެއްކިބާ ކުރުމަށާއި، އިސްލާމީ ވެއްޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ސާކިއުލާ ވިސްނުން ތަކުން ރައްޔިތުން ރައްކާތެރި ކުރުމަށާއި، ދީނަށްޓަކައި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުން ގެންދާ ކަންކަން ހުއްޓުވުމަށް ރައީސް އުފެެއްދެވި މަރުކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް އެޖަމިއްޔާއިން ވަނީ ނަސޭހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިލޮށި

    އިބޫ ސޯލިހަކީ ދުޢާާދެއްވަވައިފައިވާ ވެރިއެއްގެ ސިފަތަށް ހުރިމީހަކަށް ހަދައި އިސްލާމްދީން ދިފާއު ކުރެއްވި ރައީސްގެ އަބުރު ކަތިލައި ވެރިކަން ބަދަލު ކުރުމުން ވާނީވެސް ހަމަ ތިހެން. އަމިއްލަޔަށް ހޯދި އެތިފަހަރެއް ތިއީ. ވަރަށް ސަލާމް.

    33
    2
  2. ވަހީދު

    ވާންވީ 4 އެތި މިވަނީ... ދީނީ މީހުންނާއި ސަރުކާރު ޖެހެނީ. ޢަދާލަތު ވެސް ޖެހޭނެ.

    31
  3. އިހުސާނާ

    ތި ސަލަފު ޖަމިއްޔާގެ ބޮޑުންގެ ނަންތައް ހާމަ ކޮށްލަބަލަ؟

    3
    24
    • ކެކެކެ

      ގަންހާބޮލަށް އެނގޭނީ. އަހާލަބަލަ.

  4. ޓޯޓޯ

    ސަލަފް ގެ ބޭފުޅުން ޔަގީން ކުރަށްވަާށެވެ މަކަރުވެރިން އެމީހުންގެ ރޭވުންތަށް ރަާވައެވެ ﷲ ތަޢާލާ ވެސް ރަާއްވަވައެވެ ﷲތައާލާގެ ރޭވެވުން ފަހަނަ އަޅަާ އެބައިމީހުންނަކަށް ނުދެވޭނެއެ ﷲއެއީ އަލްޢަދުލް އެވެ ފިރުއައުނުގެ ލަޝްކަރަށް މޫސާގެފާނު ފަހަނައަޅަާ ދެވުނު ހެއްޔެވެ

    32
  5. ޣކ

    إبراهيم عليه السلام ކުރެއްވި މިދުޢާ ގިނަގިނައިން ކުރައްވާ
    Surah Al-Mumtahina, Verse 5:
    رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ

    Our Lord! do not make us a trial for those who disbelieve, and forgive us, our Lord! surely Thou art the Mighty, the Wise.
    (English - Shakir)

    15
  6. އިބޫ ބެ

    ތީކަޑައެޅިގެން ދޮގެއް

    3
    10
    • ގަންޖާބޯ

      އިބޫބޭ ކަލެއަކަށް ނޭނގޭނެނު އެނގޭނީ މަށަކަށްނު ކަލޭ ތީ މަ ބަހައްޓާފަ ހުރި ފޮޓޯލޯގަނޑެއްނު.

  7. ކަޅުބެ

    ﴿104﴾ وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ

    ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.

  8. ސަންތިމަރިޔަބު

    ﴿123﴾ وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ

    އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.