ރޭ ވަގުތެއްގައި ހުޅުމާލެ ގެސްޓުހައުސް އެއްގެ ތެރެއިން ހައްޔަރު ކުރި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އާއި އަށް ފިރިހެނުންނާއި ބަންދުގެ މުއްދަތު ޖަހައި، ތިން މީހަކު ދޫކޮށްލައިފިއެވެ.

މި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ، މިއަދު ހުޅުމާލެ ކޯޓަށް ހާޒިރު ކުރުމުންނެވެ.

މަލް އާއި މި 11 ފިރިހެނުން ހައްޔަރުކޮށްފައި ވަނީ، ޕާޓީ ކުރަން ތިއްބާ އެވެ.

ރޭގެ ވަގުތެއްގައި މި މީހުން ހައްޔަރުކުރިއިރު، މީގެ ތެރެއިން މަލްގެ ބަންދަށް ކޯޓުން ޖަހާދީފައި ވަނީ ހަތަރު ދުވަހެވެ. އަދި ބާކީ ތިބި 11 ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް އަށް ދުވަސް ޖަހާފައިވާއިރު، ތިން މީހެއްގެ ބަންދަށް ޖަހާފައި ވަނީ ހަތަރު ދުވަހެވެ.

އަދި މި މައްސަލާގައި ހިމެނޭ ތިން މީހަކު ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.

ބަނގުރަލާއި އެކު ޕާޓީ ކުރަމުން ދަނިކޮށް މަލް ހައްޔަރުކުރިއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން މިހާރު ވެސް އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަކުރުބެ

    މަލް އާއި އެކު ޕާރޓީ ކުރަންތިބި 11 ފިރިހެނުން ނަކީކޮބާތަ، ފޮޓޯތައް ޖަހާބަލަ، ހަމަ އެކަނި މަލްގެ ފޮޓޯލުމަކުން ފުރިހަމައެއްނުވޭ،

    77
    1
  2. ސިއްތިގެ ތިއްތި

    މަށަށްއޭރުވެސް ހީވިއޭ ބަލާލާފަ މީ މިވައްތަރަށް އުޅޭ މަންޖެއެއްހެން ޕިސްޕިސް

    42
    4
  3. މިތާ

    މަލްދާގެ ނަން އެކނި ނޫސްތަކުގަ ޖަހާއިރު މަލްދާއާއި އެއްކޮށް ހައްޔަރުކުރި 11 ފިރިހެނުންގެ ނަން ހޯދަން އެއްވެސް މަސައްކަތެއް ނުކުރަނީތަ؟ ނޫނީ ގަސްތުގަ އެމީހުންގެ ނަން ހާމަކުރަން ބޭނުން ނުވަނީތަ؟ ހަމައެކަނި އެމަންޖެ ފަލީހަތް ކުރުމަކުން އަދި ނުފުދޭ. 11މީހުންނަށް ބަންދުހރ މުއްދަތު އިތުރު ކުރާއިރު އެއީ ކޮނަބައެއްކަން ނޭގެންޔާ ތި ވަރަށް ބޮޑު މައްސަލައެއް!

    46
    7
    • ޅ

      މަލީހާ**

      20
      1
  4. ނަގޫރޯޅި

    ތިވެސް މޑނ ވައްތަރެއް. މިހާރު އެންމެ ހިނގަނީ +11.

    18
    2
  5. އެެގާރަ

    ދެން ބަންދުގަ ހުރެގެން ޖައްސާ ގޭންގްބޭންގް

    8
    1
  6. ޢާލިމް

    ވަރަށް ޑަބަލް ސްޓެންޑަރޑް ދޯ. އެހެން ނޫސްތަކާ ޚިލާފަށް އަޅުގަނޑު ހީކުރީ ވަގުތު ނޫހުން ކަން ކުރާނީ އިންސާފުން ކަމަށް. މަލް އަންހެންކުއްޖަކަށް ވީތިތަ އެމަންޖެ އެކަނި ތި ބަދުނާމު ކުރަނީ. މި ބުނަނީކީ މި މަންޖެ ކުރި ކަންތައް ރަނގަޅެކޭ ނޫން. އެކަމަކު ހަމަ ހަމަ ވާން ވާނެ ދޯ. މިމަންޖެ އެކަނި ކުރިކަމެއް ނޫން ވިއްޔަ.