ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.

ފަނޑިޔާރު ޣަނީ މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅުމުގެ އިތުރުން އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރަން ވެސް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ އާއި ބެހޭ ގޮތުން ޖޭއެސްސީ އިން ތަޙްޤީޤު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި ސުރުޢީ ދާއިރާގެ އިތުރުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ކޮމިޝަނުގައި މިއަދު ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ 28 ޖޫން 2018 ގައެވެ. އެއީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރަށް ފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ދުރުކުރުމަށް ފަހުއެވެ.

ފަނޑިޔާރު ޣަނީ ޝަރުޢީ ދާއިރާގެ މަސައްކަތް ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މަދަނީ ކޯޓުގެ ގާޟީ ކަމުންނެވެ. 2004 ވަނަ އަހަރާއި ހަމައަށް އެމަގާމުގައި ހުންނެވުމަށް ފަހު ދެން އޭނާ ބަދަލުވެވަޑައިގެންނެވީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ޣަނީ ކުރެއްވެވިއެވެ. 2008 އިން 2018 އަށް ޣަނީ ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދދދދދދ

    ހިބަރުވަދުގަ އަޅައިގަތީތާ.

    11
    • ޙައްގުބަސް

      ފަނޑިޔާރުގެ ނުވަތަ ސްޕްރީމް ކޯޓު ފުނޑާލީ އެކޯޓުގެ ފަނޑިޔާރުންނޭ ދެންނެވުމަކުން ގޯހެއް އޮވެދާނެކަމަކަށް ނުދެކެން! ދަންނަވަން މިއުޅޭ ވާހަކައަކީ ފެބުރުއަރީ 1 ގައި ސްޕްރީމް ކޯޓުން އޭރު ނެރުނު އާދަޔާ ޚިލާފު އަމުރަށްފަހު އެކޯޓުވަނީ ޙަގީގަތުގައި މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ! އޭރުގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ސައީދުގެ ބަހުރުވައިންނަމަ “ހިބަރުވަދު” އަށްފަހު! ޔާމީންގެ ސަރުކާރުގައި ކުށްކުރި ބޮޑެތި ސިޔާސީ މުޖުރިމުން، ކޯޓުގެ ހުރިހާ މަރުހަލާއެއްހެން ނިމި ޖަލުގައި ތިއްބާ އެމީހުން ދޫކޮށްލަން ނެރު އަމުރަށްފަހު! ޔާމީންގެ ސަރުކާރު ވައްޓާލަން ފައިސާ ބެހި އިސް ސިޔާސީ މީހުން ކުށެއް ނުކުރާކަމަށް ނިންމި ހިސާބުން! ދެން ބަލަންވީ މިއަމުރު ނެރުމުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ! މައުމޫނާ ގާސިމާ އިމްރާނާ ނަޝީދާ ޖުމްލަކޮށް އެމްޑީޕީގެ އިސްފަރާތްތައްކަމަށް އެންމެންވެސް ތުހުމަތުކުރޭ! މިއީ ބޮޑު އަދަދުން ފައިސާ ފަނޑިޔާރުންނަށް ދީގެން ނެރުނު އަމުރެއްކަންވެސް ތުހުމަތުކުރޭ! އެހެންވީމަ ފައިސާ ދިން މީހުން ނުވަތަ މިކަން ކުރުވި މީހުން ވެރިކަމުގައި މިހާރު ތިބީމަ އެމީހުންނަށް އެނގޭނެ ފަނޑިޔާރުންނަށް ދިނީ ކިހާވަރެއްކަމާއި މުޢާމަލާތްތައް ކުރީ ކިހިނެތްކަމާއި ސިއްރު ބައްދަލުވުންތައް ބޭއްވީވެސް ކިހިނެތްކަމާއި މިހުރިހާ އެއްޗެއް! އެހެންވީމަ އެމީހުނަށް އެނގޭ ފަނޑިޔާތުންގެ ނަޒާހަތްތެރިކަން އޮތްމިންވަރު! އަދި އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެކަންވެސް! އެހެންވީމަ ކޯޓުން ބޭރުކުރަނީ! ކޮރަޕްޓްވީމަ! ފަނޑިޔާރުން ލައްވާ ކުރީ އެކަންކުރުވި މީހުން މިއަދު ފަނޑިޔާރުން އެބޭރު ކުރަނީވެސް! ހުރިހާ ނުބައެއް ޔާމީންގެ ސަރުކާރު އޮތްދުވަހު ހެދީ މައުމޫނާ ގާސިމާ އިމްރާނާ އަދީބާ މިއެންމެންގެ ކަރުބުޑުގައިވެސް އަދި ހިތިރަހަ ލާނެ! ގައުމުން މިއަދު މިފެންނަ ހުރިހާ ނުބައެއްގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ސަޢީދާ އޭނާގެ ޓީމާ މިދެންނެވި ސިޔާސީ އިސް މީސް މީހުން ފުރިހަމައަށް ޒިންމާ ނަގަންޖެހޭނެ! ރެކެވޭކަށް ނޮއޮންނާނެ!

  2. ހަހަހަ

    ކިހިނެއް މިވީ، މީނަހިތުން މީނަ އައް އުއްތަމަ ކަން ލިބޭނެ، ދެކޮޅުން ކެވިއްޖެ އެއްނު، ތިކަހަލަ މުނާފިގުންނައް ވާންވީ އެއްމެ ރަގަޅައް ތިވީ، ހަހަހަހަ، ހަމަހިނި އަންނަނީ އޭ..

  3. ސިގްނަލް

    އިސްލާމް ދީނަށް ރޯފިލާފައި ތިބި ތަންދޮރު ދަންނަ މީހުން ޖުޑިޝަރީއިން ވެސް ހުސްކޮށްލަނީ. ވަރަށް ނުރައްކާތެރި ސިގްނަލެއް.

    9
    2
  4. ނިޒާމު

    ސާބަސް ފޯރިއެބަހުރި ލާދީނީ ވައުދު ނުފުދިގެން ކިހާވަރެއް ނަގައިގެންތަ ތިއުޅެނީ އަނެއްކާ..ކޮބާ ވެލްޒިނީ..އާނިޔާ..މުނައްވަރު....މިބައިގަނޑުވެސްއަ ދި ތިބީ ދޯ ރިޒާވު ކުޅުންތެތިންގެ ގޮތުގަ..

    3
    1
  5. އާރު

    ކޮންމެ ކަމެއްވެސް ނިމުމުގެ ވަގުތު އައިސް ޖެހުމުން އެކަމެއް ނިމިގެންދާނެ. ޚޮންމެ ތަދުބީރަކީ މޮޅުރޭވުމަކަަށް ނުވާނެ. މިއަދު އިސްކުރެވޭ ފަނޑިޔާރުންނަކީ ނަގޫރޯޅިއެއްފަދަ ކަމަކަށް ބަދަލުވެ ވެރިކަން ބަދަލުވެގެން ހިނގާދާނެ. މޮޅަށް ކަންކަން ހިންގަވަނީ ދެކެވޮޑިގެންވާ ފަރާތުން. ބަލާތަކާ ކުރިމަތިވަނީ ވެރިކަމުހެ ވިޔާނުދާ ކަންކަން ރައްޔިތުން ދެކެން ބޭނުންނުވާތީ