ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅުއަޅަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ފާސްކޮށްފިއެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އަޅަން މިއަދު ފާސްކޮށްފައި ވަނީ ސަބް ކޮމެޓީއެއް އެކުލަވާލާ އެކޮމެޓީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެކަނި އިންނަވައިގެން ތައްޔާރު ކުރެއްވި ރިޕޯޓް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ހުށަހެޅުމަށް ފަހުއެވެ.

ރިޕޯޓް ކޮމެޓީން ފާސްކުރުމުން ދެން ރިޕޯޓް ހުށަހަޅާނީ މަޖިލީހަށެވެ.

ޖަމިއްޔަތުއް ސަލަފް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ލިޔެ، އެކުލަވާލީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ސަބް ކޮމެޓީގައި ދެން ހިމެނިވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ތިއްބެވި ނަމަވެސް ރިޕޯޓް ތައްޔާރުކުރީ ހަސަން ލަތީފް އެވެ. ކޮމެޓީން ރިޕޯޓް ފާހެއް ނުކުރެއެވެ. ހަސަން ލަތީފް އެކަނި އިންނަވައިގެން ތައްޔާރު ކުރެއްވި ރިޕޯޓް ކޮމެޓީއަށް ފޮނުވީ ސަބް ކޮމެޓީން ފާސްކުރުމެއް ނެތިއެވެ.

ރިޕޯޓްގައި ސޮއި ކޮށްފައި ވަނީ ވެސް ހަސަން ލަތީފް އެކަންޏެވެ.

މެންބަރު ހަސަން ލަތީފް ވަނީ ކޮމެޓީ ބައްދަލު ވުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. ހަސަން ލަތީފު "ވަގުތު" އަށް ވިދާޅުވީ މިކޮމެޓީ އަކީ ސިއްރު ކޮމެޓީއެއް ކަމުން އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. 241 ކޮމެޓީގެ ރިޕޯޓް

    އެއީ އުފެދުމުގައިވެސް ބާތިލު ރިޕޯޓެއް ކަމުގައި ކަނޑައަޅަން.

    66
  2. ހޮޅުދޫޫ ދޮންކަނބުލޮ

    ﷲ އަކްބަރު! ﷲ އަކްބަރު! ﷲ އަކްބަރު!
    ޔާ ﷲ މުހައްމަދު ނަޝީދާއި ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރު އިބްރާހިމް މުހައްމަދު ސާލިހުގެ ނިމުން އަވަސްް ކުރައްވާށި! އެއުރެންގެ ބާރު ނެތިކުރައްވާށި! އާމީން

    108
    5
    • އަހަންމަދު

      އާމީން! އާމީން!
      ޖައްބާރު އަނިޔާވެރިން ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާފާނދޭވެ.
      އާމީން! ޔާރައްބު! އާމީން!

      94
      4
      • އަލީ

        އާމީން! އާމީން!
        ޖައްބާރު އަނިޔާވެރިން ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާފާނދޭވެ.
        އާމީން! ޔާރައްބު! އާމީން!

        12
        2
  3. ކެނެރީގޭ އާބިދާ ބޮންދު

    މިތިބަ މުރުތައްދު ބައިގަނޑާ (އެމްޑީޕީ )ކަލެމެން ހަލާކުރައް ވާންދޭވެ

    85
    4
  4. އަލް ނޫރު

    ނިމެނީ ވެއްޓެނީ ،،،

    76
    3
  5. ކުމާރު

    ސަލަފެއް އުވައެއް ނުލެވޭނެ.. އުވާލިޔަށް ސަލަފު އޮނާނީ ސަލަފުގެ ގޮތުގައި ވ ސާފުކޮށް މި ބުނަނީ.. ވިއްޔާ ވާނީ މީހުން އިތުރު ވެފަ ވަރުގަދަ.. ސަލަފާ ކުޅެން ނޫލޭތި މަޖިލިސްބޭ..

    95
    5
  6. ކިނބޫ

    އެމްޑީއެން އުވާލާ.އެމްޑީއެން އުވާލާ. އެމްޑީއެން އުވާލާ.އެމްޑީއެން އުވާލާ. އެމްޑީއެން އުވާލާ.އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ.އެމްޑީއެން އުވާލާ

    75
  7. ކުމާރު

    މި އެމްޑީޕީ އަށް ވެރިކަން ދިނީމަ ހަމަ މި ތެޅެނީ މިތާ ގަ ރާބޮއެފަ ނާށިގެ އަޅާފަ ޖުވާކުޅޭނެ ގޮތެއް ހެދޭނެ ގޮތެއް ބަލަން ބަލަ އެކަމެއް މިތާކު ނުވާނެ މޮޔަފުޅުވެގެނ ނޫޅެ.. ތި އުޅެނީ އަސްލު މިރާޢްޖޭގެ ފިކުރު އޮޅިގެން.. ވ ރަނގަޅަށް ސާފު ކޮއްލާނަން ދެން ނިކުންނަ ފަހަރަކުން ދ

    65
    1
  8. ބިންތި

    ކަލޭމެން 241 ކޮމިޓީއޭ ކިޔައިގެން ރައްޔިތުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާތައް މަމެން މިތިބީ ވަރަށް ގާތުން ބަލަން. ތިހުރިހައި އެއްޗެއް އެފުށްމިފުށުން ޖެއްސެވޭނެ ދުވަސް އަންނަކަން ހަދާން ބަހައްޓަން ވާނެ. އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ ޢިލްމުވެރިންނާއި ދީނަށް ފުރައްސާރަކުރާ މިނިވަން ޚިޔާލުގެ މުނާފިގުންގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާށި. އާމީން.

    50
    3
  9. މުންނަ

    ކަލޭމެން އަހަރެމެންގެ ޚަޒާނާއިން ނުޙައްޤުން ކައިގެން އިސްލާމްދީންނަށް ތިކުރާ ދުއްތުރާގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް ރައްޔިތުން ހިފާނެކަމާމެދު އަހަރެން ޝައްކެއް ނުކުރަން. ކެނެރީގޭ ބުއްޅަބެއަށް 23 ފެބްރުއަރީގެ މަތިން ހަނދާންކުރަން ޖެހޭނެ. ދެން އަންނަ ފެބްރުއަރީއެއްގައި އެމްއެންޑީއެފަކަށްވެސް ނުވަތަ އިންޑިޔާއަކަށްވެސް ކަލޭ ރައްޔިތުންގެ ކިބައިން ސަލާމަތެއް ނުކުރެވޭނެ. ކަލޭގެ ހިތުގައި މުސްލިމް ދިވެހީންނަށާއި، މިޤައުމަށް އޮތް ހަސަދަގަނޑު ފިލުވުން ނޫންކަމެއް ނުކުރާކަން އަހަރެމެން މިތިބީ ވަރަށް ގާތުން ބަލަން.

    17
    2
  10. އެންދެރި

    މިހާރު އޮތް މަޖްލިސް އުވާލަން ފެނެ އެވެ.

    20
    1
  11. މިއަދު

    ތިރިޕޯޓަކީ އުފެދުމުގައިވެސް ބާތިލުރިޕޯޓެއް ވީއިރު 241 ކޮމެޓީގެ ނިންމުން ވެސް ބާޠިލުވާނެ ތިމައްސަލައިގައި ހަސަންލަޠީފްއާއިމެދު ފިޔަވަޅުއަޅަންޖެހޭނެ

    19
    1
  12. ޖިންނި

    ތި އެމް ޑީ ޕީ އާއި ތި އަށް ތާއީދު ކުރާނީވެސް މާތް ﷲ އާއި އެކަލާންގެ ނަބިއްޔާގެ ޢަދުއްވުން

    20
    1
  13. ޑިރަސާވެރިޔާ

    އެމް. ޑީ. އެން އާއި ޖެހުނީމައި 241 ކޮމިޓީ ކޮބާ.؟ އެމް. ޑީ. އެން އުވާލީ ކަމަށް ބުނީ. އެއްވެސް ލިޔެކިޔުމަކުން އުވައެއް ނުލާ. ޖަމިއްޔާ އިން ތިޔަ ބުނާ ކަމެއް ކުރާ ކަމުގެ ހެކި ރައްޔިތުންނަށްށާއި ޖަމިއްޔާގެ މެންބަރުންނަށާއި، މަސްއޫލުވެރިންނަށް ދައްކައި އެއްވެސް މީހަކަށްއެއްޗެއް ބުނާނެ ފުރަސަތެއް ނެތް މިންވަރަށް ހާމަކުރުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނީ..

    7
    1
  14. ސަލްމާ

    241ކޮމިޓީއެއް ލިޔާކަށް. މިއަދު މިސަރުކާރުގައި ހިމެނޭމީސްމީސް ހިތަށް އެރިގޮތަކަށް ހިތަށް ފެނުނު ބަޔަކާ ނުވަތަ މީހަކާމެދު ކަންކަން ކުރެވިދާނެ. އެކަމަކު ތިޔައިގެ ތެރެއިން ހަމައެކަކު ބާކީ ނުވާގޮތުން ﷲގެ ކޯފާ އެއް އަތުވެދާނެކަމުގެ ވިސްނުން ނެތުމަކީ އެކަން ނުހިނގާނެ ކަމަށް ގަބޫލުކުރުމެއްނޫން. ކުން ފަ ޔަކޫން.

    3
    1