މަގާމަށްޓަކައި އަދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު، ޝެއިޙު އިމްރާން ނުކުރައްވާނެ ކަމެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ ސަލަފް ޖަމިއްޔާ އުވާލަން އުޅޭތީ މިރޭ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެމްޑީއެން އުވާލަން އުޅުނުއިރު، އެކަމެއް ލަސްނުވެޔޭ، އެކަން ބަރާބަރަށް ކުރިއަށްދެޔޭ ކިޔައި ހޯމް މިނިސްޓްރީން ޝެއިޙު އިމްރާން ވާހަކަފުޅު ދެއްކި. މިއަދު ދިވެހިރާއްޖޭގެ ފުންނާބު އުސް، ވަރަށް ބައިވަރު ދީނީ އިލްމުވެރިންތަކެއް ތިބި ޖަމާއަތެއް އުވާލަން މިއަދު ގޮވާލުމުން ނޭނގެ ޝެއިޙު އިމްރާން ވީ ތަނެއްވެސް، މިކަމެއް އިމްރާނަކަށް ބޮޑެއް ނުވި. ހަމަ ހަގީގަތުގައިވެސް މަގާމަށްޓަކައި ޝެއިޙު އިމްރާން ނުކުރައްވާނެ ކަމެއް ނޯންނާނެ."
"އެކަން އެނގޭ ސަބަބަކީ 2015 ވަނަ އަހަރުގެ މޭ ޑޭ މުޒާހަރާގައި ރައީސް ޔާމީންގެ ބޮލުގައި އޭނާ އެޅުވި އިލްޒާމް ބަލާބަލަ. މިހިރީއޭ ހެކިތަކޭ ކިޔާފައި، އަތުގެ ހުޅު ލުއްސައިގެން ދާ ވަރަށް އަތްހޫރާފައި، ފަހުން ބުނީ އެއީ ސިޔާސީ ގޮތުން ދެއްކި ވާހަކައެކޭ. މިވަރުގެ ވިޔާނުދާ މީހުން މި ސަރުކާރުގައި އިސްކޮށް ތިބީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރާ ބައެއް ކަމަށާއި، އެމްޑީއެން އުވާލަން މަސައްކަތް ނުކޮށް، ސަލަފް ޖަމިއްޔާ އުވާލަން އުޅެނީ މިޤައުމުގައި އެހެން ދީންތަކަށް ފުރުސަތު ދޭން ކަމަށް ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ސަލަފް އުވާލަން ޖެހޭކަމަށް، ސަލަފް އުވާލަން ޖެހޭ ސަބަބެއް ނެތް. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ސަލަފް އުވާލަން މިކުރާ މަސައްކަތަކީ ކަނޑައެޅިގެން މިޤައުމުގައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތުދޭން އެމްޑީޕީން ރާވައިގެން ރައީސް ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިހު އިސްވެ ތިއްބަވައިގެން ކުރައްވާ ކަންތައްތަކެއް."
އަދުރޭ ވިދާޅުވީ ސަލަފް ޖަމިއްޔާ އަކީ ރާއްޖޭގައި އިސްލާމްދީން ރައްކާތެރިކޮށްދިނުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެއް ކަމަށާއި، މީގެ ކުރިން އެބޭފުޅުން ސަރުކާރުގައި، ޤާނޫނުތައް ހެދުމުގައި، ޚާއްސަކޮށް ޖިނާޢީ އިޖުރާތު ބިލަށް ގެންނަ އިސްލާހުތަކާއި، މަރުގެ އަދަބު ތަންފީޒު ކުރުމާއި ގުޅޭ ބައެއް ކަންކަމުގައި ސަލަފުގެ ޢިލްމުވެރިންނާއި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
ވެރިކަމާހެދި ތިބޭފުޅާވެސް ނުކުރާނެކަމެއް ނޯއްނާނެ
އަދުރޭ ތިހެން ކީމަ ހިނި އަންނާނެ ނުހޭން އުޅުނަސް.
އަދުރޭވެސް މުޅިއަކުން ގޯހެއް ނޫން. ޢިމްރާން މިނިވަން ޚިޔާލުގެ ބޭފުޅުންނާއެކު ކެތްކުރައްވާ ފޯމިއުލާއެއް މަވެސް ބޭނުން.ހެހެހެ
އަދުރޭ މިރާއްޖޭގެ ޤާނޫނު އަސާސީގަ ކަނޑައެޅިގެން އެއޮތީ މިރާއްޖެއަކު އިސްލާމްދީން ފިޔަވާ އެހެން އެއްވެސް ދީނަކަށް ފުރުސަތެއް ނޯންނާނެ ކަމަށް. ޤާނޫނުގަ އެހެން އޮތަސް ރާއްޖޭގަ އާކަމެއްނޫން މީހުން މުރުތައްދު ވުމަކީ، ތާރީޙުގެ ތެރެއަށް ބަލާލުމުން އެކަން އިނގޭ, ރާއްޖެ ދޫކޮށް ދިޔަ މައްޝޫރު މުރުތައްދުވީ ހަސަނު ރާއްޖެ ހިފަން ޖަމާޢަތެއް ހަދައިގެން އެނބުރި ރާއްޖެ އައީ, ރައީސް މައުމޫނުގެ ވެރިކަމުގަ މިތާ ކްރިސްޓިއަން ދީން ފަތުރަން އުޅެގެން އެކިފަހަރުމަތިން މީހުން ޖަލަށްލާފަ އެބަހުރި, މިބުނަނީ ތިކިޔާ އެމް.ޑީޕީ. އުފެދުމުގެ ކުރީގެ ވާހަކަ. ބަޔަކު ރީތިކޮށްލަން މީ ސައްތައިންސައްތަ މުސްލިމް ޤައުމެކޭ ކިޔަސް ޤާނޫނުގަ އެހެން ލިޔެފަ އޮތަސް އަދުރޭއަށްވެސް އިނގޭ މިތާ ކްރިސްޓިއަނުންނާ އެއިތީސްޓުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން. އަދު ޤބޫލުކުރަން ދައްޗަސް މީ ޙަޤީޤަތަކީ..
އެމްޑީޕީ ރުއްސަން އަންހެނުންގެ މޫނުބުރުގާ ވެސް ނަންގަވައފި އިމްރާން
އަދުރޭ އާއި އިމުރާނު މަގާމައްޓަކާ ދަރުމަވަންތަ ހޮސްޕިޓަލު ފުރާޅުމަތިން ފުންމާލަންވެސް ފަހަކައް ނުޖެހޭނެ.
މިހާރު އަދާލަތު ޕާޓީގައި ތިބީ މަގާމަށްޓަކައި ތިބިބައެއް. ދީންދެކެ ލޯބިވާ އެންމެން އަދާލަތުން ހިނގަތްޖެ.