އުމުރުން 83 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އިރު މިހާރު އެ މީހާ ފެނިފައިވާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.

މި މީހާ އަކީ އދ. މަންދޫ އަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މިރޭ 21:35 ހާއިރު މަންދޫ އިން މީހަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދި މީހާ އެންމެ ފަހުން ފެނުނު އިރު ހުރީ މުންޑެއް އެކަނި ލައިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މީހާ ހޯދުމަށް މަންދޫ އަށް ފުލުހުންގެ ހާއްސަ ޓީމެއްވެސް ވަނީ ގޮސްފައެވެ.