މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުނުވެވިއްޖެނަމަ ގައުމުގެ މުސްތަގްބަލް ކަމުގައި އަދުގެ ކުޑަކުދިންނަށް ލިބެންޖެހޭ ހައްގުތައް ގެއްލިގެން ދާނޭ ކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ތިލްޒީމާ ހުސައިން ވިދާޅުވެއްޖެއެވެ.

ތިލްޒީމާ މިހެން ވިދާޅުވީ ކުޑަކުދިންގެ ކޮންވެންޝަން އޮން ރައިޓްސް އޮފް ޗިލްޑްރެން (ސީއާރުސީ) އަށް 30 އަހަރު ފުރުމާއި ގުޅިގެން އދގެ ޖެނެރަލް އެސަމްބުލީގެ 74 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ސީއާރުސީ އަށް 30 އަހަރު ފުރުން އިއްޔެ ދުނިޔޭގެ އެކި ކަންކަންކޮޅުގައި ފާހަގަކޮށްފައިވާއިރު ރާއްޖޭގައި ކުޑަކުދިންގެ ހައްގުތަކުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވިކަން ވެސް ތިލްމީޒާ ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެެ. އަދި ކުދިންގެ ހައްގުތައް ދިފާއު ކުރުމަށް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވާންޖެހޭ ކަމުގައިވެސް ބުނެފައިވެއެވެ.

"އެކުދިންނަކީ އަޅުގަނޑުމެންގެ މުސްތަގުބަލު. މޫސުމަށް އަންނަ ބަދަލުތަކަށް މިއަދު އަޅައިނުލެވިއްޖެނަމަ އެ ކުދިންގެ މުސްތަގުބަލު ގެއްލޭނެ. އެކުދިންގެ ހައްގުތައް ގެއްލޭނެ،" ތިލްޒީމާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ދިވެހިރާއްޖޭގެ އެއްވެސް ކުއްޖަކު ބާކީ ނުކޮށްލާ ހައްގުތައް ކަށަވަރުކުރާނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން އެއްވެސް ކުއްޖަކު ބާކީކުރުމެއް ނެތި ހައްގުތައް ކަށަވަރުކާރަން. އަދި އެކުދިންގެ ބައިވެރިން މައުނަވީ ގޮތެއްގައި ބަލައިގަންނާނަން،" ތިލްމީޒާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެންްބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ.

އިއްޔެ ކުޑަކުދިންގެ ބައިނަލްއަގުވާމީ މުއާހަދާއަށް 30 އަހަރު ފުރިފައި ވާއިރު މި މުއާހަދާގައި ރާއްޖެއިން ސޮއި ކޮށްފައިވަނީ 11 ފެބުރުއަރީ 1991 ވަނަ އަހަރުގައެވެ.

މިި މުއާހަދާ 194 ގައުމެއްގައި ތަންފީޒުކޮށްފައި ވާއިރު މިއީ ދުނިޔޭގައި އެންމެ ގިނަ ގައުމުތަކުން ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ އެއް މުއާހަދާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފެންނުވަރާ

  ފެންނުވަރާ ސަރުކާރު. ގުއި މިލަ ސަރުކާރު. މުޅިންވެސް ފެންނުވަރާ މީހުން ތަންތަނަށް ލައިގެން ނުހިންގޭ ގަޅިސަރުކާރު... ހަހަހަ

  12
  1
 2. ގުއިދައިތަ

  މޫސުމަށް އަންނަ ބަދަލާގުޅިގެން ފެންވެރުމަށް ދަތިވެޔޭ ކިޔާބަލަ

  14
 3. ޑޭމް

  ހާލަތްދޯ. ޕާސްޓަށް ދެވޭނެނަމަ، ސައްތާރު އާއި އޭނާގެ ކުރީގެ އަންހެނުން ދޭތެރެއަށް ވަދެ އެހެން އަންހެނަކާ އޭނާދެވީމުސްއެވެ. ޔަޢަނީ ނަޝީދޭ މިކިޔާ ކަލޭގެ އޭރުން ދުނިޔެއަކަށް އުފަނެއް ނުވީހެއްނު. ޑޭމް...... ކޮބާތަ ޕާސްޓަށް ދާމެޝިން. ހަލާލު ގޮތުގަ ނަޝީދު ޗާޓުން ފޮހެލަންޖެހޭ ވިއްޔަ.

  11
 4. ހިތާމަ

  ކޯއްޗެއްގެ ވާހަކައެއް ތިދައްކަނީ ކަމަނާ! ކުޑަކުދިންގެ ހައްގުތައް ދެނީ ވިހާފައި ކުޑަކުދިންގެ ހިޔާއަށް ލުމުންތަ؟ ނޫނީ ބަލަން ސަރުކާރާ ހަވާލުކުރުމުންތަ؟ ތިއުޅެނީ ލިބޭ ދަރިފުޅު އަމިއްލައަށް ނުބެލިގެން. ވާގޮތެއް ބަލަން އދ.އަށް ގޮސް އެސްޖީ ގެންނަން ފެނޭ. މިވާގޮތް ކިޔައިދޭން

 5. Anonymous

  ތީ ދެން ކުލީޝޭއެއް އެންމެން ދައްކާ ވާހަކައެއް.. ކީއްކުރަން ވަކި މީހަކު މައްޝޫރުކޮއް ޕުރޮމޯޓުކުރަން އެންމެން ދައްކާ ވާހަކައެއް ވަކި މީހަކު ބުނެފިޔޭ ކިޔާފަ ރިޕޯޓުކުރަނީ.. އަހަރެމްނެ ކާފަމެންވެސް ތިހެން ކިޔާ..