ގދ. ތިނަދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ޒުވާނަކު ޒަހަމްކޮށްލި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ރޭ ތިނަދޫގައި ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

ތިނަދޫގައި ރޭ މާރާމާރީއެއްގައި ހިންގާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މާރާމާރީ ހިންގިިކަމަށް ތުހުމަތުކުރެވޭ 32 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއް ހޯދައި ފުލުހުން ވަނީ ރޭ މެންދަމު 00:23 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ ހިންގި މާރާމާރީ ގައި ޒަހަމްވި މީހާއަށް ތިނަދޫ އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުރާސިލް

    ނޫނޭ. މިސަރުކާރުގެ ވެރިކަމުގައި ވަޅި އެއް ނުޖަހާނެއެވެ.