2020 ވަނަ އަހަރަށް ސްކޫލްގައި ތައުލީމު ހާސިލްކުރާ ކުދިންނަށް ބޭނުންވާ ފޮތްތައް ސްކޫލްތަކާއި ހަވާލުކޮށްފައި ވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުންް ވިދާޅުވެފައިވަނީ އަންނަ އަހަރަށް ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ފޮތްތަކެއް މިހާރު ސްކޫލްތަކަށް ފޮނުވާފައި ވާނޭކަމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރަށް ހުރިހާ ސްކޫލްތަކަށް ފޮތްތައް ބެހުމުގެ މަސައްކަތް ނިމިފައިވާކަމަށް މިިނިސްޓްރީއިން ފާހަގަކޮށްފައި ވާއިރު މީގެ 3 ހަފްތާ ކުރިން މާލޭގެ ހުރިހާ ސްކޫލްތަކަށް ފޮތްތައް ދީ ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ގިނަ ސްކޫލަތަކުން ދަރިވަރުންނަށް ފޮތްތައް ހަވާލުކޮށްފައި ވާނޭ ކަމަށްވެސް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އަރަބިއްޔާގެ ބައެއް ފޮތްތައް ސްކޫލާއި އަދި ހަވާލު ނުކުރެވި ވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަރަބިއްޔާ ސުކޫލުގެ ފޮތްތައް އެއީ މިސްރުން ހިލޭ އެހީގެ ގޮތުގައި ދޭ ފޮތްތަކަކަށް ވުމުން، މިފޮތްތައް ލިބުނުހައި އެންމެ އަވަހަކަށް ކުދިންނާއި ހަވާލުކުރެވިގެން ދާނޭކަަމަށްވެސް އެއިދާރާއިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ދިރާސީ އަހަރު ފެށި އަހަރުގެ މެދާ ހަމައަށް ދާއިރުވެސް ފޮތްތައް ހަމަނުވުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި ވާއިރު ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ފޮތްތައް މިއަހަރު ސުކޫލުތަކަށް ބަންދުކުރުމުގެ ކުރިން ފޮނުވިފައިވާ ކަމަށް އެޑިއުކޭޝަން އިން ބުނާ ބުނުމަކީ އެ މިނިސްޓްރީ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ފޮތްތައް ނުލިބިވާ ސުކޫލެއް ވާނަމަ ނުވަތަ ބައެއް ފޮތް މަދު ނަމަވެސް އެމިނިސްޓްރީއަށް އެކަން އެންގުމަށްވެސް އެދިފަ އެވެ.