ބޭރު ޤައުމުތަކަށް ދަތުރު ކުރާނަމަ ފޮރިން މިނިސްޓްރީގެ ސައިޓުގައި ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީއިން އަންގައިފިއެވެ.

މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަކަށްވާތީ ވަރަށް ގިނަ ފަރާތްތައް ބޭރުގެ ގައުމުތަކަށް ދަތުރުކުރަމުންދާ ކަމަށާއި، ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފޮރިންގް މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ފޮރިން މިނިސްޓްރީގައި ވެބް ސައިޓުން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ދަތުރުކުރުމުގެ ކުރިން މިނިސްޓްރީގެ ސައިޓުން ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބަދޫރާ ވިދާޅުވީ ރާއްޖޭން ބޭރަށް ދިއުމަށްފަހު ކަންތައްތައްވާނެ ގޮތެއް ނޭނގޭނޭ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަބަދު ވެސް އަޅަންޖެހޭ ކަމަށެވެ. އަދި ބޭރުގެ ގައުމަށް ދިއުމަށްފަހު، އެގައުމަކީ ރާއްޖޭގެ އެމްބަސީ އިންނަ ގައުމެއް ނަމަ އެއެމްބަސީގައި ރަޖިސްޓްރީ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ގިނަ މީހުން އެކަން ނުކުރައްވާކަމަށާއި ސަލާމަތީ ފިޔަވަޅުތައް އެޅުއްވުމުގައި ފަރުވާކުޑަކަމަށް ބަދޫރާ ފާހަގަކުރައްވާފައިވެއެވެ.

ބޭރު ގައުމުތަަކަށް ބޭސްފަރުވާއަށް ނުވަތަ އެނޫންވެސް ކަމަކަށް އެކަނި ދާނަމަ މި ސައިޓުގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ އެކަނި ގޮސް ކަމެއް ވިޔަސް އިނގޭނޭ ވަކި މީހެއް އެތަނުގައި ނުހުންނާތީއެވެ. އަޅާލާނޭ އާރެއް ޔާރެއް ނެތީމައެވެ. ވީމާ ބޭރު ގައުމުތަކަށް ދާނަމަ ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކކވދދ

    މޮޔަވީތަ އަދުކިރިޔާތަ ރާއްޖޭގެބަޔަކު ބޭރުގައުމުތަކަށްދަނީ މިހުރިހާ ދުވަހު ދިވެހިން ދަތުރުކުރީ އެއްވެސް ބިރުވެރިކަމެނެތި މިހާރު ތިއުޅެނީ ރައްޔިތުން ބިރުގަންނުވަން. ދަތުރުފަތުރުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަން.. މިއީ އަޅުވެތިވެފަތިބިވަރު ދިވެހިން.. ދިވެހިންނައެކަނިތަ ބޭރުގައުމުތަކުގަ ބިރުވެރިކަންއޮތީ

    27
    1
  2. ކޮލެޖު ބޯއި

    ކަމެއް ވީމަ އަދި ރަޖިސްޓްރީ ވިޔަސް ކޮންކަމެއް ކޮށްދެވޭނީ. ލަންކާގެ ހަމަނުޖެހުމުގައި ލުތުފީ ބެލެހެއްޓުމުގެ އިތުރަށް ދިވެހި އެމްބަސީ އަށް ވީކަމެއް ހަރާމް
    އިންޓަނެޓް ކެނޑިފަހުރުމުން ތިޔަ ސައިޓް އޮންނާނީ ޑައުން ވެފަ. އެހާ ސްލޯވާނެ. އެއީ ރާއްޖޭގެ ހާލަތު.

    ތިޔަ ސައިޓުގަ ރެޖިސްޓާ ވުމަށްވުރެ ފޭސްބުކް މާ ސަޅި.

    29
    1
  3. އަހްމަދު

    ބޭރުގައުމުތަކުގަހުންނަ އެންބަސީތަކަކީ ދިވެހިންނައް އެހީވާންހުންނަތަންތަނެއްނޫން އެތަނުގަތިއްބަވާބޭފުޅުންގެ ގާތްމީހެއްނޫންނަމަ އެއްވެސްއެހީތެރިކަމެއް ލިބޭތަނެއްނޫން

    32
    1
  4. އިއްބެ

    މިއީވެސް ލާދީނީ ލީޑަރުގެ ރޭވުން.މި ބައިގަޑު އަނެއްކާ ވަކިބަޔަކަށް ބޮޑިއެއްދިނުމަށް ވިސްނަމުންދާކަން މިކަމުން އެގެއެވެ.ދުވަހަކު ތިޔަމިނިސްޓުރިން ކުރިކަމެއްނެތް.

    10
  5. ޢެދުރު

    ޢެ އުޅެނީ ކިހާ ބައެއްތޯ ކޮންތާކަށްތޯ ކީއްކުރަންތޯ ބަލަން، އެހެން ކަމަކު ނޫން، ތީ ރައްޔިތުންގެ ސަލާމަތައް އެއްވެސް ކަމެއް ކުރާ ސަރުކާރެއް ނޫން. ޙުސް އަމިއްލަ އެޖެންޑާ. ޙިތުން އެހެން އެންމެން ނަކީ މޮޔައިން ?

    18
    1
  6. ޟަރީފާ

    ވަރަށް ރަގަޅު ކަމެއް. މިއީކީ އަދި އަލަށް ކުރަން ބުނި ކަމެއްވެސް ނުން.

  7. ފަތުހުﷲ

    ޢަލްހަމުދު ލިއްލާހި. މިސަރުކާރުގަ އެންމެ ރަގަޅަށް މަސައްކަތް ކުރާ އެން މިނިސްޓްރީ. ޥިސްނާލުން ރަގަޅު ކަމެއް. ޗުއްޓިއާ ދިމާކޮށް ވެސް ހަަމަ ދިވެހިންގެ ކަންތައްތަކަށް ބައްލަވާ ވަރު.

    10
  8. ޢިޤްބާލް

    މިއީ މީގެ ކުރިންވެސް ކުރާކަެއް. މިކަަން ކުރުމަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުލޮބޭނެ. ޅިބުނަސް ލިބެނީ ފައިދާ. ޢެންމެ ފަހުން އަޅުގަނޑުގެ ޢާއިލާގަ ދިމާވި މައްސަލާގަވެސް އެހާ ސްޕީޓީކޮށް ދެވުނީ އެމީހުން ފުރަމުން ރަޖިސްޓްރީވެފަ ތިބީމަ. ޝުކުރިއްޔާ ޚަރިޖިއްޔާ

    2
    8
  9. ޑައެލޯގް

    މިއީ އިންކަމްޓެކްސް ނެގުމަށް ހަދާ ސާވޭއެއް އޭރުން ބޭރަށްދާ މީހުންނަކީ ލިބޭބަޔަކަށް ހަދާ ފެލާލެވޭނީ މިސަރުކާރު ވައްކަންކުރާނީ ކޯޓްވެދުވެރިކޮށް މިސާލު ދީބާޖާއަށްދޭ ފައިސާ