ހެންވޭރު ގެއަކުން މީހަކު ވެއްޓިއްޖެއެވެ.
ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 11:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ބިދޭސީ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ. އިމާރާތަކުން ވެއްޓުނު ބިދޭސީ މީހާ އަކީ ޤަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ މީހެކެވެ.
އިއްޔެވެސް ހެންވޭރު ގެޔަކުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ ވެއްޓިފަ އެވެ.
އަޅެ ދޯ....މި ރާއްޖޭގަ އުޅޭ މީހުން މިތިބެނީ ކިހިނެއް ވެފަ..... ވެއްޓޭ ދުވަސް ވަރު ހުސް ވެއްޓޭ ނީ. ދަންޖެހޭ ދުވަސް ވަރު ހުސް ދަން ޖެހޭނީ...އަލިފާން ހާ ދިސާ. ހިނގާ އިރު ހުސް އަލިފާން.....އަޅެ ކަމެއްގެ އަޑު އިވިގެން ހިތްބިރު ގަނެގެން ދޯ މިހެން ވަނީ ދިރާާ ސާާ އެއް ކުރަން ވެއްޖެއްނު............
ތިބުނީ ހަމަ ތެދެެއް