ވައްތަރު މީހެއްގެ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައި ވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ދީފައެއް ނުވެެއެވެ.

މިއަހަރުގެ މިހާތަނަށް ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު 19 މީހަކު އިމިގްރޭޝަނުން ހިފަހައްޓާފައި ވެއެވެ.

މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.