ޖަމިއްޔަތުއް ސަލަފް އުވާލަން ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލައި މައާފަށް އެދުމަށް ހއ. އުތީމު ކައުންސިލުން ގޮވާލައިފިއެވެ.

އުތީމު ކައުންސިލުން ނެރުނު ނޫސްބަޔާނެގައި ވިދާޅުވެފައި ވަނީ 2006 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ދިވެހި ރައްޔިތުންގެ މެދުގައި ފަތުރައި، މުޅި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިސްލާމީ އަގީދާ ގެނެސް އެންމެހާ ރައްޔިތުންގެ މެދުގައި ދީނީ މެދުމިނާއި ރިވެތި އަހުލާގު އާލާ ކުރުމުގެ ބުރަ މަސައްކަތް ކޮށް ނަތީޖާ ނެރެމުން އަންނަ ރާއްޖޭގެ އެންމެ މަގުބޫލް އެއް ޖަމިއްޔާ އަކީ ޖަމިއްޔަތުއް ސަލަފުކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރި ނަވީ ޕިއްލޭ އާއި، އާންމުން ދިރިއުޅެމުންދާ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ކުރަމުންދިޔަ މަސައްކަތާއި ދެކޮޅަށް ސަލަފުން މަސައްކަތް ކޮށްފައިވާކަން ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެޖަމިއްޔާގެ ހަރަކާތްތައް ފޮލޯ ކުރަމުންދާ ކޮންމެ މީހަކަށް އިސްލާމް ދީން ދިރުވާ އާލާކުރުމުގެ ރަސްމީ މައިދާންތަކުގައާއި، ބައިނަލްއަގުވާމީ އެކި ތަންތަނުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތްތައް ފެންނާނެ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރިން އިސްލާމް ދީނުގެ އަދުއްވުންގެ ކިބައިން ދިވެހި ރައްޔިތުން ރައްކާތެރިކޮށް، އެފަދަ މީހުންގެ ހަމަލާތައް ދެނެގަނެ ރައްޔިތުން އެފަދަ ކަންކަމަށް ހުށިއާރު ކުރުމަށް އައްނަ މުހިންމު އެއް މުއައްސަސާ އަކީ ސަލަފް ކަން ފެންނަން އޮތް ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ކައުންސިލްގެ ބަޔާނުގައި ވަނީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން އާންމުން ހޭލުންތެރި ކުރުމަށް އެޖަމިއްޔާއިން ކުރި މަސައްކަތް ފާހަގަކޮށްފައެެވެ.

އެހެން ނަމަވެސް ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާ ކޮށް ކަމަށްބުނެ މިހާރު އުވާލުމަށް ނިންމާފައިވާ އެމްޑީއެން އިން ގަވައިދާ ހިލާފަށް އެމީހުންގެ ޖަމިއްޔާގެ ނަމުގައި ރަސްމީ ޓްވީޓާ އެކައުންޓުން އެމައްސަލަ އާއި، ސަލަފާއި ގުޅުމެއް ވާކަމަށްބުނެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަލަފަކީ ޓެރޮރިސްޓް ޖަމާއަތެއް ކަމަށް ބުނެފައިވާ ކަމަށާއި، އެއީ އާންމުންގެ މެދުގައި ޝައްކުގެ ނަޒަރަކުން ސަލަފް ޖަމިއްޔާ އަށް ބެލޭނެ ފުރުސަތެއް ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އަދި ސަލަފް ޖަމިއްޔާ އުވާލުމަކީ، އެކައުންސިލުން އިންކާރު ކުރާ ކަމެއް ކަމަށާއި، އެހެން ކަމުން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދިފައިވާ ކަމުން އެކަމަށް މައާފަށް އެދި ރައްޔިތުންނަށް ތެދު ހާމަކުރުމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހައްމަދު

    ކީއްކުރަން މާފަށް އެދެނީ މިދުވަސް މިގޮތަށް މިއައީ އެންމެން މިގޮތަށް މިކަންކުރަން ބޭނުންވެގެން ވަގުން ނަށް ފުރުސަތުދީގެން ނޫންތަ އަދި މުޅިގައުމު މިވަނީ ފަސާދަ ވެގެންގޮސް އަތުނުޖެހޭ ހިސާބަށް ގޮސްފި ހޭނުލެވި ތިއްބާ ވާނެގޮތެއްވެ ނިމިއްޖެނޫންތަ ދެންއޮތީ ހަރުގަތިބެގެން ޕިސް ޕިސްތަޅާ އޭނަހާދަ، މީނަހާދަ ގޯހޭކިޔާ ބަޔާންތަށް ނެރުން ނޫނީ ލައިކުރުން އެކަކަށްވެސް އިސްލާހުކުރަން ނުކެރޭނެ ބިރުންގޮސް ދެންބުނާނީ އިދިކޮޅޭ އެކަންކުރަންޖެހޭނީ ނޫން މިކަން ހައްލުކުރަންޖެހޭނީ ގައުމު 2 ވަނަފަހަރަށް ވަގުންނާ ހަވާލުކުރިބަޔަކުކަން ދެންވެސް ދަތުން މުހިއްމު

    44
    4
  2. Anonymous

    ސާބަހޭ އުތީމު ކައުންސިލް. ޙަޤީޤަތް ވަނީ ޙަޤީޤަތަށް . މުޖުތަމަޢަށް ފައިދާހުރި އެތައް ރޮނގަކުން ދީނީ މަޢްލޫމާތުގެ ފޯރުކޮށްދީފައިވާ ޖަމްޢިއްޔާއެއް އުވާލަން ގޮވާއިރު ނަބިއްޔާއަށް ފުރައްސާރަ ކޮށްފައިވާ ބަޔަކަށް ފިޔަވަޅު އެޅިފައި ވާނީވެސް ވ.ލަހުން.

    87
    4
  3. ބަކުރުބެ

    އުތީމު ކައުންސިލަކީ ހުސްސަލަފުންގެ ހާއްޔެކެވެ އެހެން ވީމާ ޗަކަހަލަ އެއްޗެހި ނެރޭނެއެވެ

    9
    73
  4. ސައިއްޓޭ ރ އުނގޫފާރު

    އުތީމް ކައުންސިލް އެންމެ މެމްބަރުންނައް ﷲހެޔޮގޮތް މިންވަރު ކުރައްވާށި އުތީމް އެންމެ ލޮބުވެތި ރައްޔިތުންނައް އަދައްވުރެ ފަހިމާދަމާއެއް ދެއްވާށި

    27
    4
  5. ޢަލީ

    ސަލަފް އުވާލިޔަސް ނުއުވާލިޔަސް މަށައް ހެޔޮ ކޮމެންޓް ކުރުމުން ވެސް މިހާރު އުމުރުދުވަހުގައި ޖަލު ހުކުމް އަާ ދޭ

    2
    5
  6. ޢަދުރޭ

    ޢުތީމު ކައުންސިލް ދޮޅު ރޯނާ ނުވޭ . އުތީމު ކައުންސިލަކަށް އިސްލާމްދީނުގެ ސައްޙަ ޢަޤީދާ އަކީ މިވެނި ޢަޤީދާ އެކޭ ބުނެ ގޮތް ނިންމުމުގެ ބާރެއް ސަރުކާރުން ވެސް އަދި ރައްޔިތުންވެސް ދީފަ އެއްނެތް .

    2
    5
  7. ޚުރަތި

    ކޮމެންޓްކޮށްފައި ތިބި މީހުންގެ އައިޕީ އެޑްރެސް 48 ގަޑިއިރު ތެރޭ ކޮމެންޓްތަކުގެ މައްސަލަ ބަލާ އިދާރާއަށް ހުށަހަޅަށްވާނެ.