މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މި ފަސް މީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ސިނާއީ ސަރަހައްދުން ހައްޔަރުކޮށް، އެވަގުތު އެމީހުން ތިބި ކާރު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ފުޅި ފެނިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، 19 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ އަދި 22 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ގެއަކުން ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާ އެއްޗެއްހުރި 133 ސެލޯފިންކޮޅާއި، މަސްތުވާ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ހުރި 39 ފުޅިއާއި، ބަނގުރާ ހުރި 395 ދަޅާއި، ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައި ވެއެވެ.

ފުލުހުން ވިދާޅުވީ ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ދާކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު