މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓް ކުށްވެރި ކުރަން ފަސްޖެހުނު ކައުންސިލްތަކުން ޑރ. އަފްރާޝީމް އަލީ އަވަހާރަކުރުމާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން ބަޔާން ނެރެން ފަށައިފިއެވެ.

މިހާތަނަށް މަރު ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ބަޔާން ނެރެފައި ވަނީ ނުވަ ކައުންސިލަކުންނެވެ. އެއީ އއ. ތޮއްޑޫ، އއ. ހިމަންދޫ، ނ. ވެލިދޫ، ރ. އިންނަމާދޫ، ލ ގަން، އައްޑޫ ސިޓީ، މާލެ ސީޓީ، ހއ. އުތީމް، ފ. މަގޫދޫ، ލ އިސްދޫ އެވެ.

ހިމަންދޫ އާއި ތޮއްޑޫ، އައްޑޫ ސިޓީ، މާލެ ސިޓީ ކައުންސިލަކީ އެމްޑީއެންގެ ރިޕޯޓު ކުށްވެރި ނުކުރާ ކައުންސިލްތަކެވެ.

ހިމަންދޫ އާއި ތޮއްޑޫ އަދި ވެލިދޫ، އިންނަމާދޫ، ގަމު އަދި އައްޑޫ ސިޓީ، ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ގޮވާލާފައެވެ.

އިއްތިފާގުން އުތީމް ކައުންސިލް ފިޔަވާ މި ހުރިހާ ކައުންސިލް ނެރުނު ބަޔާނުގައި ވަނީ އެއް ވާހަކަތަކެއް ކަން ފާހަގަކޮށްލެވެއެވެ.

އުތީމު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ސަލަފް ޖަމިއްޔާ އުވާލަން ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިވަނީ ކީއް؟

    މީގެކުރިން މަޖިލީހުން ޢަމަލުކުރަމުން ގޮސްފައިވަނީ، ސަރުކާރުން ބޭނުންވާ ގޮތަށެވެ. މިހާރު ސަރުކާރުން ޢަމަލު ކުރަމުންދަނީ މަޖިލީހުން ބޭނުންވާ ގޮތަށެވެ. ނަމަވެސް މަޖިލީހުން ބޭނުންވާ ގޮތަށް ސަރުކާރުން އަމަލުނުކޮށް ތިބެވިދާނެއެވެ. ސަބަބަކީ، ފުލުހުންނާއި ސިފައިން އަދިވެސް ތިބީ ސަރުކާތުގެ ފަޅީގައެވެ.

    40
  2. ލާމުން

    މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓް ކުށްވެރި ކުރަން ފަސްޖެހުނު ލ.ގަމު ކައުންސިލް އިސްތިއުފާ ދިނުމައްގޮވާލާން. ހާއްސަކޮއް ރީންދޫ ކުދިންކޮޅު! ޝިޔާމޫ ކަމެއްވަން މީހެއްނޯން އިބަތޮޔޯ!

  3. ނާޒް

    ގައިމު ހިމަންދޫ މީހުންނަކީ އިސްލާމްދީން ދެކެ ވަރަށް ބޮޑަށް ލޯބިވާ ސުންނަތަށް ތަބާވާ ބައެއްކަމަށް ދައުވާ ކޮށްއުޅޭ ބައެއް... ކިހިނެއް ތިހެދީ މިފަހަރު