ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ޖަމިއްޔަތުއް ސަލަފްގެ ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް ބަލާއިރު އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފުގެ ބައިވެރިވުން އެބައޮތްކަން ސާފުވާ ކަމަށެވެ.

"ޖަމިއްޔަތުއް ސަލަފް. ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާޢަތް، އިސްލާމިކް ސްޓޭޓް އަށް ބައިއަތު ހިފާފައިވާ ޖަމާޢަތްތައް އަދި ސީރިއާގައި ހަރަކާތްތެރިވާ ޖަމާޢަތުއް ނުސްރާ އަށް ވާގިވެރިވާ އަލްގައިދާގެ ޖަމާޢަތް. މި މީހުންގެ އެކި މީސް މީހުން ނުވަތަ މި ޖަމިއްޔާތަކުން ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް ވާކަމަށް ކޮމިޝަންގެ ރިޕޯޓުން ވަރަށް ސާފު" އީވާ ވިދާޅުވިއެވެ.

ކޮމިޝަންގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކުން އަޅުގަނޑުމެން ސަލާމަތް ވާން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ އެޖަމިއްޔާތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ "މި މަސައްކަތް" ލަސްކުރަން ނުވަތަ ހުއްޓުވަން އިދިކޮޅު މެންބަރުން މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓް ދިން އިރުވެސް "މިމަސައްކަތް" އެމްޑީޕީ އިން ކުރާނެ ކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

އެހެންކަމުން ދެން "މިމަސައްކަތް" ނުހުއްޓުވޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މަޖިލީހުގެ 241 ކޮމެޓީން ގެންދަނީ ދިރާސާ ކުރަމުންނެވެ. އެކޮމެޓީގެ ސަބް ކޮމެޓީ އަކުން އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ސަބް ކޮމެޓީގެ ރިޕޯޓް ތައްޔާރު ކުރައްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެކަނި އިންނަވައިގެން ކަމަށް ކޮމެޓީގައި ދެން ތިއްބެވި މެންބަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ޚ

  ބަހެއް އަދި ބުނެގެން ކަމަކު ދާކަށް ނެތް އެމީހަކު ބުނާ ބަހަކަށް ޖަވާބު ދާރީ ވާންޖެހޭނެ ދުވަހެއް އަދި ކުރިޔަށް އެބައޮތްކަން ހަނދާކުރާތި ކޮންމެ މީހަކުވެސް. ޢަޒާބާ ކުރިމަތި ލާން ނުޖެހޭނެ ގޮތަކަށް މި ދުނިޔެމަތީގައި ވާހަކަ ދެއްކޭ ތޯ ބަލަމާ.

  92
  1
 2. ރަނޑާލި

  ތިއުޅެނީ ކާކައް އޮޅުވާލަންކަމައް ޑރ އަފުރާޝީމް އަވަހާރަކޮއްލުމުގާ އެމްޑީޕީއޭ ކިޔާޓެރަރިސްޓް ޖަމާއަތެއްގެބައިވެރިވުން އޮތް ކަން މަރުކޮމިޝަނުގެރިޕޯޓުންވެސް އެނގޭ އެކަން މަތިޖަހާ ފޮރުވަންނޫޅޭ އެއީމިހާރު މުޅިރާއްޖެއައްވެސް އެނގިފައޮތްބޮޑުސިއްރެއް

  106
  3
  • Anonymous

   ތިދެން މަޖާވީ ކައެ ހިތުންދޯ ކައެ ބައްޕަ އޭނަ މަރާލީ

   3
   14
 3. ވާނުވާ

  ކޮމިޝަންގެ ބަޔާނު ގައި ސަޓޯއާއި ސްމިތް ގެ ވާހަކަ ވެސް. އެމީހުންށް ކިހިނެއް ހަދަނީ؟

  82
  1
 4. ޚ

  ތިޔަ ކޮމެޓީ އަށް ހުމާމު ގެންދަމާ އަދި މާދަމާ މަޖިލީހުގެ ޖަލްސާ އެއް ބާއްވާ އެ ތަނަށްވެސް ގެންދަން ފެނޭ.

  84
  3
 5. ސަމީ

  ހީވަނީ މި މީހުން ދީނީ ޢިލްވެރިޔާ މަރްޙޫމް އަފްރާޝީމް ދިފާޢު ކުރަނީހެން، ލަދުކުޑަ ،ބަލަ ތީ ދީނީ އެއްވެސް މީހަކު ދެކެ ލޯތްބެއް ހުރި ބައެއް ނޫން އަދި ކީއް ތީ އެމީހުން ދެކެ ނަފްރަތު ކުރާ ބައެއް، ކީއްވެބާ މާ އަފްރާޝިމް ގެ ވާހަކަ މާ ގިނައިން ދައްކަނީ ކޮބާ އެންޑީ އެން އެމީހުންގެ ވާހަކަ ފުރަތަމަ ދައްކާ

  87
  1
 6. ސަމީ

  ތިކަން ކުރުމުގަ ވެސް ކުރީގަ ތިބީ ދިޔަ ބައިގަޑުގެ މީހުން އެކަން ރިޕޯޓުން އެގޭ، ބަލަ އަފްރާޝީމް މިއަދު ދުނިޔޭގަ ހުރިނަމަ ތިޔަ ބައިގަޑު އަފަރާޝީމް ހިފާ ހައްޔަރު ކުރީސް ޓެރަރިސްޓެކޭ ކިޔާފަ. ދެން ކޮން ދެރައެއްތޯ ވެގެން ތިޔަ އުޅެނީ، ބަލަ ތޔަބައިގަނޑު އުފަލެން ނު ވާނީ. އަފްރާޝިމް އަކީ ތިޔަ ބައިގަނޑު ކަހަލަ ލާދީނީ މީހެއް ނޫން

  76
  1
 7. ހިސެން

  އިސްލާމް ދީނައް އުޅޭ އެކަމައް ހިއްވަރުދޭ މީހުންދެކެ އީވާމެން ވަރައް ރުޅިއަންނާނެ. އެހެންވީމަ ލާދީނީ ފިކުރުގެ ޖަމިއްޔާތައް ރުއްސަން ކޮންމެ ކަމެއްވެސް ކުރަން އީވާ މެންފަސް ނުޖެހޭނެ. ސޯލިހު ސަރުކާރުން މޑނ އޮވާލަން އެނގީ އަމާބުނީމަ ފަރައްދާ ގޮތައް.

  69
  1
 8. ހަމަހަމަ

  ސުމިތު އާ ސަޓޯ އަކީ ސަލަފް ޖަމިއްޔާ މީހުން ދޯ ؟

  75
 9. ކިނބޫ

  ރާއްޖޭގަ އެންމެ ގިނަ ޓެރަރިޒަމް އަމަލުތަށް ފާޅުގަ ހިންގި ޖަމާއަތަކީ އެމްޑީޕީ. އެހެންވީމަ އުވާލަންވީ އެމްޑީޕީ

  87
  1
 10. ހަމީން

  އަލް ގައިދާއެއްނޫން.. އަލް އެމްޑީޕީ ކަމައް ތިޔަވާނީ.. ނޫނީ ރަށިޔާގެ ކޭޖީބީ ކަމައް ތިޔަވާނީ..ލޮލް

  56
 11. ބުރޯ

  ސަލަފު ހިނަގަމުން ދިޔައީ އުސްފަސްގަނޑުގަތޯ ؟

  66
 12. ދޯ

  މާދަމާ ބުނެފާނެ ހުމާމަކީ ސަލަފު މީހެކޭވެސް، އެހާ ވަރަށް ޒާތީވެފައި އީވާމެން އެތިބެނީ..

  69
 13. ޢަފްލާ

  މިނުލަފާ މަޖިލިސް މެމްބަރުންނައް ހެޔޮވިސްނުން ދެއްވައިފާނދޭވެ.

  51
  • ހަގީގަތް

   މެންބަރުންނެއް ނޫން، ތިޔަ މީހުންނައް ވޯޓުދިން މީހުންނައް ފުރަތަމަ ހެޔޮވިސްނެންވީ..

   21
 14. އަސީ

  ހަމައިގަ ނުތިބޭބަޔަކު ބޭނުންވާނީ އެގޮތައް އަބަދުއުޅުމައް މަގުކޮށުން.

  59
 15. Anonymous

  (އީވާ ވިދާޅުވީ "މި މަސައްކަތް" ލަސްކުރަން ނުވަތަ ހުއްޓުވަން އިދިކޮޅު މެންބަރުން މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓް ދިން އިރުވެސް "މިމަސައްކަތް" އެމްޑީޕީ އިން ކުރާނެ ކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.)

  ޢީވާ ބުނިޔަސް ތެދެއްވާނޫ ތެދަކަށް. ރާއްޖޭ މެޖޯރިޓީ ބޭނުންވަން ގޮތަށް ރާއްޖޭ ވެރިކަން މިހާރު މިކެރަނޫ.

  15
  4
 16. ....

  މީ ވަރަށް ނުރައްކާތެރި ވާހަކައެއް! ދިވެހި ރައްޔިތުން ވިސްނަވާ!

  އީވާ ވިދާޅުވީ "މި މަސައްކަތް" ލަސްކުރަން ނުވަތަ ހުއްޓުވަން އިދިކޮޅު މެންބަރުން މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓް ދިން އިރުވެސް "މިމަސައްކަތް" އެމްޑީޕީ އިން ކުރާނެ ކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

  13
 17. ނަސްރާ

  ނާހަމަ ތެދެއް.. ސަލަފުން އެކަން ކުރީ.. އަމައްޔާއި..

  10
  1
 18. ނިޒާމު

  މިހިރަ ނުބައި ދައްޖާލާ އެހައް ދައްޖާލު އޮރިއާން ނިވާކޮށްބަލަ ކިހާބޮޑު ވަބާއެއްތަމީ

  18
  3
 19. އަތްދަމާލަންވީ

  މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަައިރިވެ ޕްރައިވެޓްސްޕޭސް ވަދެގަތީމަ، ކަންފަތްމައްޗަށް އަތްދަމާލަންވީ

  12
 20. ކީކޭ ބުނާ\

  ތިހަދަނީ ހުސް ދޮގު

  17
 21. ޛހ

  ކޮބައިތޯހެކި؟

  15
 22. އަހުމަދު

  ވަރަށް ރަނގަޅު ކަމަށް ވާނެ ސަލަފް އުވާލައިފިއްޔާމުން. އޭރުން ރައްޔިތުންނަށް އެނގޭނެ މި ސަރުކާރުގެ ސިޔާސަތު. ޢެމް ޑީޕީގެ ދީނަށް ލޯބިކުރާ މީހުންގެ ހިތުގައިވެސް ވަރަށް ބޮ ޑު ނުތަނަވަސް ކަމެއް އެބައުފެދޭ. އެމް ޑީއެން މައްސަލައިގަވެސް ސޯޝަލް މީ ޑިއާގައި ތިބީ ހަނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިއިރު. ސަރުކާރުން ކިރިޔާ ފިޔަވަޅެއް އަޅަނީއެބުނާ އިރަށް ހޭލާ. ޢެކަމަކު އެމީހުންގެ ރޫހާނީ ލީ ޑަރ އެއްޗެކޭ ބުނާއިރަށް މާޔޫސްވެ އަނގަ މަ ޑުލައި. ސަލަފަކީ އިސްލާމްދީން ހޭލުންތެރި ކުރުވަން ނުހަނު ގިނަ މަސައްކަތެއް ކުރަމުން އަންނަ ބައެއް. އެ ޖަމިއްޔާ އުވާލައިފިއްޔާމުން މި ސަރުކާރުގެ ސިޔާސަތް ފުރިހަމައަށް ހާމަވެގެން ދާނެ. އާންމު މެމްބަރުން މި ސިޔާސަތާއި ދެކޮޅު. ޢެކަން ކުރިއަށް މިއޮތް ލޯކަލް އިންތިޚާބުން ހާމަވާނެ.

  15
 23. އަހިމަހު

  އީވާ ދޭބަލަ ފެންވަރަން

  18
 24. ާަަަަަާހަނާ

  ބަލާބަލަ އަދި ފޮނިވެފަ އިން ވަރު ފޮޓޯގަވެސް.. އީވާ މެން ދުނިޔެމަތީގަ ކޮއްމެ ކުޅިވަރެއްވެސް ކުޅެވިދާނެ.. އެތައް މަތީ މަގާމެއްވެސް ލިބިދާނެ.. އެކަމް މަރުވާނެ ދުވަހެއްވެސް އައްނާނެ.. އެދުވަހަކުން ތި މީހުން ތިގޮތުގަ ތިބެގެން މަރު ވެއްޖެއްޔާ ސަލާމަތެއް ނުވާނެ..

  17
 25. ދޮގުހެދުން ހުއްދަ މަޖުލިސް

  އީވާ ބަޔެއްގެ ބޮލުގައި އެޅުވި ތިބޮޑު އިލްޒާމަށް ދަައުވާ ކުރެވޭނެ ދުވަހެއް އަންނާނެ.