މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ދަށުން ހިންގަމުން ގެންދާ ޓްރާންސްޕޯޓް އޮތޯރިޓީން ބަލާ މިންގަނޑަށް ނުފެތޭ ހަތަރު ފުރޮޅުލީ އުޅަނދެއް، މަޤާމޫގެ ނުފޫޒު ބޭނުންކޮށްގެން ރަޖިސްޓަރ ކޮށްދިން މައްސަލައެއް ފެންމަތިވެއްޖެވެ. "ވަގުތު" އަށް ވަނީ މިކަމާއި ގުޅުންހުރި ލިޔެކިޔުންތައް ލިބިފައެވެ.

އެނގިފައިވާ ގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ބަލާ މިންގަނޑަށް ނުފެތޭ ވެހިކަލެއް ރަޖިސްޓަރ ކޮށްދީފައިވަނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރ މުހައްމަދު ހައިޝަމް ލަތީފު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، 2016 ވަނަ އަހަރު އުފައްދާފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި ޓޮޔޯޓާ ވިޓްޒް ބްރޭންޑުގެ ކާރު، ޓްރާންސްޕޯޓު އޮތޯރިޓީން ރަޖިސްޓަރ ނުކޮށްދޭން ނިންމާފައިވަނީ، އެއީ 2012 ވަނަ އަހަރުގެ މޮޑެލެއްކަން، އެ އޮތޯރިޓީން ބެލި ބެލުމުން ފާހަގަވުމުންނެވެ.

އެހެންނަމަވެސް، އެ އުޅަނދަށް ހުއްދަ ދޭން ނިންމާފައިވަނި "ހައިޝަމް ވިދާޅުވެގެން" ކަމަށް އެ ލިޔުންތަކުގައި ވެއެވެ. އަދި އެ އުޅަނދަކީ "މިތަނުން ބަލާ މިންގަނޑަށް ނުފެތޭ އުޅަނދެއް ނަމަވެސް ހައިޝަމް ވިދާޅުވެގެން ނިންމާފައި" ކަމަށް ބަޔާންކޮށްފައި ވެއެވެ.

މި މައްސަލައިގައި "ވަގުތު" އަށް ލިބިފައިވާ އިތުރު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އދ.އޮމަދޫ ޖަނަވަރީގޭ އިބްރާހީމް ޝަހުދުގެ ނަމުގައި އެތެރެކުރި މި ކާރުގެ ހުއްދައާއި ހަވާލުވެފައި ވަނީވެސް ހައިޝަމްއެވެ. މިގޮތުން، ހައިޝަމް އެ ހުއްދައާއި ހަވާލުވުމަށްފަހު ހަވާލުވިކަމަށް ސޮއިކޮށްފައިވާއިރު، އެ ލިޔުމުގައި ބޭނުންކޮށްފައިވަނީވެސް ހައިޝަމް އާންމުކޮށް ސޮއިކުރާއިރު ބޭނުންކުރާ ސޮއެއް ނޫނެވެ. "މި ހުއްދައާއި ހަވާލުވެ ސޮއި ކުރީ އަޅުގަނޑުމެންގެ ޙާޟިރުގައި ހައިޝަމް. އަދި މީގަ ހައިޝަމް ކޮށްފައިވާ ސޮޔަކީ އާންމުކޮށް ހައިޝަމް ކުރައްވާ ސޮޔާއި ތަފާތު ސޮޔެއް" 22 ޖުލައި 2019 ވަނަ ދުވަހު އެ ވެހިކަލް އެތެރެކުރަން ހުއްދަދިން ލިޔުމުގައި ވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަގުތަށް މައުލޫމާތު ދެއްވި ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ވިދާޅުވީ، އެ ލިޔުންތަކުގައި އެވާ ނޯޓު ތަކަކީ މި މައްސަލައިގައި ހައިޝަމްއަށް ޚިދުމަތް ދިން މުވައްޒަފުން ބިރުން ލިޔެ ސޮއިކޮށްފައިވާ ނޯޓު ތަކެއް ކަމަށާއި، އެކަން ހިނގާފައި ވަނީ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ކަމަށެވެ.

އަދި މި މައްސަލަ މިނިސްޓަރ އާއިޝަތު ނަހުލާއާއި ހަމައަށް ގެންދިއުމުން މައްސަލަ ނުބަލާ "ހިންދާލާފައި" ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި ސަރުކާރުގެ ހުރިހާ ވުޒާރާތަކުގެ ތެރެއިންވެސް އެންމެ ދޯދިޔާކޮށް ހިނގަމުން ގެންދާ އެއް ވުޒާރާއަކީ ޓްރާންސްޕޯޓު މިނިސްޓްރީއެވެ. އެގޮތުން، ދާދި ފަހުން އެ މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާއިރު، ރަސްމީ ވަގުތުގައި މިނިސްޓަރ ނަހުލާ އޮފީހުގައި ގިނަފަހަރު ނޫޅުއްވާކަމަށް ވެއެވެ. އަދި މުވައްޒަފުންނާއި މުޚާތަބުކުރުމުގައިވެސް މިނިސްޓަރ ބޭނުންކުރައްވަނީ ވަރަށް ހަރުކަށި ބަސްމަގެއްކަމަށް، އެ މިނިސްޓްރީގެ ވަރަށް ގިނަ މުވައްޒަފުން މައުލޫމާތު ދީފައި ވެއެވެ.

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އެހެންނަމަވެސް، ސަރުކާރުގެ އެކި ވުޒާރާތަކުން މިފަދަ ކޮރަޕްޝަންގެ އެތައް އަމަލެއް ގެންދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަތަށްގޮވައިފި

    މީއީ ތެދުވާހަކައެއް. ހައިޝަމް ލަތީފް ބާރުގެ ބޭނުންކޮށް އަމުރުކޮށްގެން ކާރު އެތެރެކުރުމުގެ ހުއްދަ ހެދީ އަޅުގަނޑުގެ އާއިލީ ކުއްޖެއް. އެ ކުއްޖާ މޭޒުދޮށުން ދުރައް ނުގޮސް ތިމަންނަ ހަވާލުވެގެން ހުރި ކަމެކޭ މިހާރު ނިންމާށޭ ކިޔައިގެން

    64
    3
  2. ބަބުރޭ

    5000ރ އަށް ލައިސަންސްހެއްދޭ އެއްވެސްކަމެއްނުކޮށް

    48
    1
    • ބޯކިބާ

      ދެން މިކަހަލަ ހަބަރު ކިޔާފަ އަންނަ ރުޅިގަނޑުމަތީ ކޮމެންޓުކުރީމަ އައިޕީ ހޯދަން ގޮސް ތިބޭނީ؟

      62
      1
  3. މުހަންމަދު.

    ތަންތާގެ ތިބޭޖާހިލުންނަށް މިނިސްޓަރުކަން ދިނިމަ ވާގޮތް މިފެންނަނީ.

    67
    5
    • ކެކެކެ

      އޭއި އަވަހަށް އައިޕީ ދޭންވީ އިނގޭ. ފާޑުފާޑެއް ނުކުރެވޭނެ.

      24
      2
  4. ނަގޫރޯޅި

    މި ޒީރޯޓޮލެރެންސްގާ ބޮލުން ފަޔައް ކޮންމެ ދުވަހަކު މިކަހަލަ އެތައް ވައްކަމެއް. މިވާހަކަ ދައްކާމީހުން "އޮފީހުގެ މަސައްކަތައް ފަރުވާނުބަހައްޓާތީ" ގާޒީއެއް ވެއްޖެޔާ " ސުލޫކީ މައްސަލައިގާ" ސަރުކާރައައް ތާއީދު ނުކުރާ އާންމު މީހެއްވިއްޔާ "ނަފުރަތު އުފައްދާތީ" ސަރުކާރާ ހިތާނުވާ ދީނީ މީހެއްވިއްޔާ " ޓެރަރިޒަމައް ހިއްވަރުދޭތީ" ފިޔަވަޅު.

    66
    4
  5. ޒަމީރު

    ތިތަނުގެ ހާލަތުތީ އަބަދުވެސް.ތިތަން އެކަންޏެއްނުން.ހުރިހާތަނެއްވެސް އެހެން.ރަނގަޅުވާނެކަމަށް ގެނައި ސަރުކާރު ވަނީއެހެން.އެކި ވުޒާރާތަކުންވެސް ޖެހުނު ތަނަކުންކަނީ.ކަރަޕްޝަން އިންތިހާއަށް.ކެމިކަލް ގުދަން އަޅައިގެންވެސް 4 މިލިއަން ފެނާ ނުލައި ދިރުވާލައިފި.ހެއްވާ ކަމަކީ މިއިންކަމަކާ ޒިންމާވާނެ މީހަކުނެތް.

    46
    2
  6. ސަމަދު

    ތިޔަކަން ކުރާ ސޮރަކީ ކާކުކަން އެބަ ސާފުވޭ، ތިޔަ ސޮރު އެމްޑީޕީ އާ ގުޅުނީ ސީދާ ވަޒީފާ ހޯދަން

    43
    4
  7. ޝަބްނަމް

    އުޅަނދު ތަކާބެހޭ ނަންބަރެއް އާންމުކޮށް ދީފައިއޮވޭ. މޯބައިލް ނަންބަރެއްމީ. ނަންބަރު އޮންނަނީ އަބަދު ނިއްވާފައި. މިއީ މިތާގެހާލު.

    33
    1
  8. މަހާވަގު

    އެތާ ވަޒީފާ އަދާކުރާ ކުދިންނަށް ހައިޝަމްގެ ނުފޫޒު ފޯރުވައިގެން ބިރުދައްކާގެން ކުރި ކަމެއް. އަހަރެނެންނަށް ވެސް އަނގޭ.

    19
    2
  9. ސޭޓު

    ހުނިގޮނޑި އައިސަ ކޮބާތަ؟

    20
  10. ރައްޔިތުމީހާ

    ތިކަލޭގެ މިހާރު އުޅެނީ ރަޖިސްޓްރީއާ ހަވާލުވެގެން. ހުއްދައިން ވައްކަން ކުރީމަ ރަޖިސްޓްރީއިން ވައްކަން ކުރަން ހަވާލުކޮށްފައި. ހެހެ މަޖާ ސަރުކާރެއް

    21
    1
  11. އަލީ

    އަހުސިންގ މިނިސްޓްރީގެ އާތިާ އަދި ޓްރާންސްޕޮޓް މިނިސްޓރ ނަހުލާ މީ ހަމަ މިހާރުންމިހާރަށް ބޭރުކުރަން ވެފައި ތިބި ދެ ވެރިން މީ މިނސްޓަރ ކަމައް ކުފޫ ކަމަވާބައެއްނޫން

    17
    1
  12. Anonymous

    އޯ ޑިއާރ ވަގުތު، ޑޫޔޫ ރިއަލީ ވޯންޓު ޓޯކް އެބައުޓު ދިސް. އެއްލަކިންނޭ ކިޔާފަ ޖެހި ސަކާރާތް އެނގޭތަ.އެތައް ސަތޭކަ މީހުން ބައިވެރިވި އިރު 99.99 ޕަސެންޓް ފާސްވެ މިއަދު މުޅި މިގައުމުގައި ހިނގާ އެކްސިޑެންޓްގެ އަސްލަކީ އެއީ. ބޮޑަށް ތިބި މިނިސްޓަރުންނާއި ނައިބުން އައިސް ފައިސާއަށް ބެހީ ލައިސެންސް ކާޑު. އެގްޒަމިނަރުން ނެނގީ ރިޝްވަތު. ދެންމީ އެންމެނަށް އެނގޭ ހަގީގަތް ދޯ

    11
    19
  13. ނޫސްކިޔާ މީހާ

    މިސަރުކާރުގެ ކޮރަޕްޝަންގެ އަަމަލުތައް ފަޅާ އަރަނީ. ސާބަސް ހިތްވަރުގަދަ ކެރޭ ނޫސްވެރިންނަށް.

    10
  14. އަފީ

    ޓްރާންސްޕޯޓް މިނިސްޓަރގެ މަގާމްގައިހުރި މީހަކީ ދައުލަތުގެ އެއްވެސް މަގާމަކަށް ކުފޫހަމަވާ މީހެއް ނޫން! ތައުލީމެއްނެތް މީހަކަށް ވަޒީރުކަން ދިނުމުން މިނިސްޓްރީގެ މިހާރުގެ ހާލަތު ލޮލުން ބަލާލީމާ ވަރަށް ސާފްވެގެންދާނެ ބޮޑުމަންޒަރު! މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން %99 ސްޓާފުން ނަހުލާށް ނަފްރަތުކުރޭ މި ރިއަލިޓީއަކީ!