ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މަަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ ހެއްދެވީ ބުހުތާނު ދޮގުކަމަށް ސަލަފް ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ރަސްމީ ފޭސްބުކު ޕޭޖުގައި މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލީހުގެ 241 ކޮމިޓީގައި ސަލަފް ޖަމިއްޔާއަށް ނިސްބަތްކޮށް އީވާ ހައްދަވާފައިވަނީ ދޮގު ކަމަށެވެ. އަދި އޭގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުުގައި އެ ޖަމިއްޔާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ސަލަފުން ކޮށްފައިވާ ޕޯޓުގައި ބުނެފައިވެއެވެ.

މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް ބަލާއިރު އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފުގެ ބައިވެރިވުން އެބައޮތްކަން ސާފުވާ ކަމަށެވެ. އަދި އެ ޖަމިއްޔާއަކީ ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާޢަތް ކަމަށާއި، އިސްލާމިކް ސްޓޭޓް އަށް ބައިއަތު ހިފާފައިވާ ޖަމާޢަތްތެއް އަދި ސީރިއާގައި ހަރަކާތްތެރިވާ ޖަމާޢަތުއް ނުސްރާ އަށް ވާގިވެރިވާ އަލްގައިދާގެ ޖަމާޢަތެއް ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

ސަލަފް ޖަމިއްޔާއިން ވަނީ، އެ ޖަމިއްޔާ "ފްރޭމް" ކުރުމަށް ކުރަމުންދާ މަސައްކަތް ކުއްވެރިވެސް ކޮށްފައެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް، އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ވަނީ ސަލަފް ޖަމިއްޔާއާއި ބެހޭގޮތުން އިތުރުފުޅު ހައްދަވާފައެވެ. ނަޝީދު ވިދާޅުވީ އެ ޖަމިއްޔާ ރެޖިސްޓަރ ކޮށްދިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި، އަދި އެކަން ކުރެއްވީ ކުރީގެ ރައީސުންނާއި، ބައެއް ދުވަސްވީ ބޭފުޅުންގެ އެދުމުގެ މަތިން ކަމަށެވެ.

މަރުތައް ބަލާ ކޮމިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ ބައިވެރިވުން އޮތް ކަމަށެވެ. އެހެންނަމަވެސް އެ ޖަމިއްޔާއިން ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރަށް ތާއިދުކުރާ ބައެއް ބޭފުޅުން ދަނީ އެ ޖަމިއްޔާ އުވާލުމަށް އެކި ގޮތްގޮތުން ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މޫސާ

  ނޭނގުމަކީ ޖާހިލުކަމެވެ. ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ. ވަރަށް ސަލާމް.

  34
  1
 2. ބިޖޫ

  ތިޔަކިޔާ އީވާޔަކާ ނަސީދަކީ ތެދެއް ހެދެން އޮންނަތާކުވެސް އެންމެ ފުރަތަމަ ދޮގުހަދާދެމީހުން. 1000 ދޮގު ހެދުމައްފަހު އޭގެންމީހަކު ތެދެއްބުނެލާނީ އެވަރުގެ ދެބުރާންތި އެއީ ނަސީބުކަންނޭގެ އެދެއިބްލީސް ކަނޑުގަ ނުލެއްވިކަން ކަނޑުގަލެއްވިނަމަ ކަނޑު ދަތުރުކުރާ މީހުންނައް ބޮޑުދުއްޕާނަކައް ވިސްކަންނޭގެ

  29
  2
 3. ދދދދދދ

  އޭނަ ތެދެއް ހެދި އިރެއް ވަގުތެއް ތަނެއް ސާފުކޮށްދީބަލަ މީހެކޭ.

  33
  1
 4. މުސައްލިފް

  ޙަޤީޤަތުގައި ރައްޔިތުން ކަންބޮޑުވާ ކަންތަކެއް ސަލަފުން ހިނގާ. ނަމަވެސް ސަލަފުގެ ޙަރަކާތްތަކުގެ 90% އަކީ ޤައުމަށާއި ރައްޔިތުންނަށް ފައިދާކުރާނޭ ކަންކަން. އެއްގޮތަކަށްވެސް ބަޔަކު މަރައިލުމަށް ނުރާވާނެކަން ޔަޤީން. އެކަން ރާވާނެ ނަމަ އަފްރާޝީމެއް ނޫން އަމާޒަކަށްވީހީ. ދެން އޮތް ވާހަކައަކީ މިހާރު މިރާއްޖޭގައި ލާދީނީ ޙަރަކާތްތައް ހިންގަން ފަސޭހަވާނީ ސަލަފުފަދަ ބާރުތައް ކޮށައިލައިގެންކަމަށްވީތީ ހިންގާ ފިކުރީ ހަނގުރާމައެއްކަމުގައި ނޫނީ މިކަން ނުވާނެ.

  38
  2
 5. ޔާނު

  ޖޭއެސް ގެ ބޮޑެތި މީހުން ދުނިޔޭގައި އުފެދުނު ބޮޑެތި ޓެރެރިސްޓުން ނައް އެބަހުރި ސަނާޔާ ތައުރީފުގެ ބަސްތައް ކިޔާފައި...އެ މީހުންގެ ޓުވީޓް ތައް ބަލައިލާ މިހާރުވެސް....މި މީހުން ނައް އުސާމާ ބިންލާދިނާ ،ބަގުދާދީ ކަހަލަ، ބޮޑެތި ދުނިޔެ ފަސާދަކުރާ ހަވާރިޖުން ނަކީ ބޮޑެތި މުޖާހިދުން.

  6
  13
 6. ޢަހްމަދް

  ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މަަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ ހެއްދެވީ ބުހުތާނު ދޮގުކަމަށް ސަލަފް ޖަމިއްޔާއިން ބުނެފިއެވެ.
  —————————————————————.
  ޖަމިއްޔަތުއްސަލަފުގެ ރައީސް އެެއީ ހަމައެކެނި ތެދުހަދާމީހަކީ!
  ކިހާ ތެދެއް މިބައި މީހުން ހަދާނެތޯ؟
  ދީން ކިޔަވައިގެން އައިސް ޝަރިޢަތް ބަދުލުކޮށް އޮޅުވާލަ ހަދާއިރު މި ޝޭޙުންކާރީގައި މިކަންތަށް ނުވޭ ދޮގަކަށް!
  ޖަމިއްޔަތުއްސަލަފަކީ ހަމަ ޙަޤީޤަތުގައިވެސް އުވާލަން ޖެހޭ ނުރައްކާތެރި ޖަމުޢިއްޔާ އެކެވެ.

  4
  64
  • ކަލޭގެ މުސްކުޅި އަޙާ

   ސަލަފުގެ ރައީސްއަކީ އެންމެ ތެދުވެރިމީހާއަށްވެސް ނުވެދާނެ. މިސަރުކާރު ގެންނަން ސަލަފުން ވެސް ބައިވެރިވި. މިހާރު މިފެންނަނީ އެކަމުގެ ހިތި ނަތީޖާ. މިސަރުކާރު ގެންނަން އުޅުނު އަކަކަށްވެސް މަ ދުވަހަކުވެސް މަޢާފެއްް ނުކުރާނަން. ސަލަފުން ހަދާ ކޮންމެ ދޮގަކަށް މިސަރުކާރުން 10000 ދޮގު އެބަހަދާ. ސަލަފުންގެ ތެދުބަހަކަށް މިސަރުކާރުން 10000 އޮޅުވާލުމުން ރައްޔިތުން އޮޅުވާލާ. މިސަރުކާރު ފެށިފަހުން ދުވަހަކުވެސް ތެދެއްހެދި ތަނެއް ނުފެނޭ. 100 ދުވަހުގެ ވައުދެއްވެސް އެމުއްދަތުގެ ތެރޭގައި ނުފުއްދޭ. މުނާފިގު ސަރުކާރު އިސްތިއުފާ

 7. ާދެރަކަމެއް

  މީ ދެން ބޮ ޑުވަރު. އިސްލާމިކް މިނިސްޓްރީ އުވާލާ ހުރިހާ ޝައިޚުން ރަޖަމްކުރަން ގޮވަންވީނު. މި ޤައުމުގަ މިހާރު މިތިބީ ކޯއްޗެއް ކިޔަވައިގެންތިބި ބައެއްތަ؟

  30
  1
 8. އީސާ މަސީހު

  އެމްޑީޕީ އައްމެޖޯރިޓީ އޮތީމަ ބޮޑާނުވެ ރީތިކޮއް ކަންތައްކުރެވިދާނެ ގޯސްކޮއްދާ ކަންތައް ރަނގަޅުކުރަން ވަކަރުގޭ ވައްތަރައް ހަރުކަށިކަމާ ބޮޑާކަމާ އެކީނިކުމެ ގަވާއިދުހަދާ މީހުންގެ އަބުރުކަތިލާ މިހެންކަންތައްކުރީމާ ނަތީޖާއެއް ނުނެރެވޭނެ އިތުރައް ސަރުކާރު ހިންގަންތިބޭވެރިންގެ ތާއީދުގެއްލި ގައުމު ހަލަބޮލިވާނީ އިދިކޮޅު މީހުންނާވެސް ގެރިޒުވާބުނުކޮއްވާނެދޯ ހަސަންލަތީފު އީވާ ހާދަދަށު ދަރަޖަޔަކައް ތިވެއްޓިގަތީ ހީވަނީތަ މީހުން ޓީވީއިން އެމަންޒަރުބަލާފަ ސަޕޯޓުކުރާނެ ކަމައް ކަލޭމެންގެ އަގުވެއްޓި ނިމިތްޖެ ދެންލަލާ