ބްރެޒިލުން ރާއްޖެ އެތެރެކުރި 1.60 ކިލޯގެެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ދެ މީހުންނާއެކު، މަސްތުވާތަކެތި އަތުލައިގެންފައިވަނި ކަސްޓަމްސްއިންނެވެ. މި ދެމީހުންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އެތަކެތި ދިރުވާލައިގެން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ އެއީ ދެ ފިރިހެނުން ކަމަށާއި، އަދި އެ ދެ ފިރިހެނުންނަކީވެސް ބްރެޒިލްއަށް ނިސްބަތްވާ ބައެއް ކަމަށެވެ. އޭގެތެރެއިން ފުރަތަމަ މީހާ އަކީ އުމުރުން 42 އަހަރުގެ ބްރެޒިލްގެ ފިރިހެނެކެވެ. އަދި ދެވަނަ މީހާއަކީ އުމުރުން 29 އަހަރުގެ ބްރެޒިލްގެ ފިރިހެނެކެވެ. ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން ކަސްޓަމްސްއިން މިދެމީހުން ބަލާފާސްކުރިއިރު، ދެމީހުންގެ ހަށިގަނޑުގެ ތެރެއިންވެސްވަނީ މަސްތުވާތަކެތި ފެނިފައެވެ.

ކަސްޓަމްސް އިން ބުނީ، މި ދެމީހުންގެ އަތުންވެސް ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކައިން ކަމަށެވެ. އަދި އެ ދެދމީހުންގެ އަތުގައި ހުރި މަސްތުވާތަކެތީގެ އަގު، ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު