މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ދަށުން ހިންގަމުން ގެންދާ ޓްރާންސްޕޯޓް އޮތޯރިޓީން ބަލާ މިންގަނޑަށް ނުފެތޭ ހަތަރު ފުރޮޅުލީ އުޅަނދެއް، މަޤާމޫގެ ނުފޫޒު ބޭނުންކޮށްގެން ރަޖިސްޓަރ ކޮށްދިން ޚަބަރެއް "ވަގުތު" ގައި ޝާޢިއު ކުރުމުގައި އެކަމުގައި ބައިވެރިވި މީހަކު "ވަގުތު" ގެ ނޫސްވެރިޔަކަށާއި "ވަގުތު" އެޑިޓަރަކަށް ފޯނުގެ އިންޒާރުދީ، ބިރުދައްކައިފިއެވެ.

"ވަގުތު" ގެ ނޫސްވެރިޔާއަށާއި އެޑިޓަރަކަށް ފޯނުކުރި މީހާ ބުނީ ފޯނު ކުރީ އެ ޚަބަރުގައި އޭނާގެ ނަން ހިމަނާފައި އޮތުމުން ކަމަށެވެ. ޚަބަރުގައި ދެ މީހެއްގެ ނަން "ވަގުތު" އިން ހިމަނާފައި ވާނެއެވެ. އެއީ އދ.އޮމަދޫ ޖަނަވަރީގޭ އިބްރާހީމް ޝަހުދުގެ ނަމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ޓްރާންސްޕޯޓް އޮތޯރިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރ މުހައްމަދު ހައިޝަމް ލަތީފުގެ ނަމެވެ.

އިންޒާރު ދިނުމަށް ގުޅި ފަރާތުން ވަނީ "ވަގުތު" ގެ އެޑިޓަރު މާލޭގައި ދިރިއުޅޭ ތަން ވެސް އެނގޭ ކަމަށް ބުނެ އޭނާ އަށް ބިރުދައްކާފައެވެ. ފޯނު ކުރި ފަރާތުން ވަނީ "ވަގުތު" ގެ އޮފީހަށް ގޮސް ބިރުދައްކާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

"ވަގުތު" ގެ ޤާނޫނީ ޓީމުން މިހާރު ގެންދަނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މިއީ "ވަގުތު" ގައި ޝާޢިއު ކުރި ޚަބަރަކާއި ގުޅިގެން ނޫސްވެރިންނަށް ފާއިތުވި ދެމަސް ދުވަސް ތެރޭގައި އިންޒާރުދިން ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ބޮޑު ހަސަންބެ

  ގޭންގުސަޓަރުން ގެންގުޅެނީ ޔާމިނޭ ކިޔަނީ. އެކަމަކު ހަގީގަތުގަ އަންނި މުލުގަ ހުންނަނީ. މި ތިބީ ތި ކިޔާ ހެޔޮ ވެރިކަން ފެނިފަ. ހުދުމުހުތާރުވެފަ ކޮރަޕްޝަން އިންތިހާއަށް. އެންމެކުޑަމިނުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާފަ. މި މީހުންނަށް ހީކުރަނީ ރާއްޖެ ޓީވީ އޭ މީޑީއާގެ މިނިވަންކަން އޮންނަނީ. އެވަރުންވެސް އެމް.ޑީ.ޕީ މީހުން ހޭ ނާރާނެ

  104
  6
 2. ހޯދާބަލާ

  ރައީސްސޯލިހު ވިދާޅުވި ހުރިހާނޫސްވެރިން ސަރުކާރާ ސަރުކާރުގެ ކުންފުނިތަކަށް ވަރަށްހުށިޔާރުކަ މާއެކު ފާރަވެރިވާން އެހެންވީއިރު ވަގުތުނޫސްވެރިން އެކުރަނީގައުމމ މުގައިހިގާ ރަގަނޅާއި ނުބައި ސަރުކާރާއި ރައްޔަތުންނަ އަންގާދިނު މުގެ ކަންތައް އެކަ މަށް ހުރަސްއަޅާ މީހުން ވަޒީފާގައިތިބެގެންނުވާނެ

  81
  1
 3. ޖެނީ

  ފުލުހައް އަވަހަށްއަންގާއާލާތުން ހީކުރަނީ ތިމަންނަ މެން އެކަނިކަމަށް ދުނިޔޭގައި އުޅެންޖެހެނީ

  64
  1
 4. މުހައްމަދު

  އިންޒާރުދީ ޖައްބާރު ވެގެން މިތާ މޭފުއްޕާލައިފަ އުޅެވިދާނެ. އެހެނެއް ކަމަކު މާދަން އެއީ ނިކަމެތި މީހެއް ގޮތުގައި މަހުޝަރު ކުރެވިގެން ދާނެ. އެދުވަހައް ބިރުވެތިވެ ދެންވެސް ޢަމަޅުތައް އިސްލާހު ކުރެވޭތޯ ބަލާ.. ޤިޔާމަތްދުވަސް!! ކާކައްކެރޭނި މިޔަދު މޭފުއްޕާލައިގެން ތިމާވަރު މީހެއްނެތިގެން އުޅޭއިރު، އެދުވަހުން މޭފުއްޕާލައިގެން ތިމާވަރު މީހެއްނެތިގެން އުޅެން.. އެވެސް މީހަކަށް ނުކެރޭނެ.. މިޔަދު އިންޒާރުދީ ބިރު ދައްކާ ގަތުލުކޮށް މާދަން ހަމަ އެމީހާ ފައިބުޑަ އައިސް މާފައްއެދި ރޮއެ އާދޭސްކުރާ ދުވަސް އަންނާނެކަން ހުރިހާ އެންމެންނަ ވެސް ހަނދާން ކޮށްދެމެވެ.

  65
 5. ޖެނީ

  އިންޒާރުދިންމީހާ ހައްޔަރުކުރޭ

  70
  • ހުސޭނުބޭ

   ތިއޮއް އަންނަނީ ކަލޭގެ އައިޕީ އެޑްރެސް ހޯދަން!

   18
   3
 6. މާލެ ބޭބެ

  ވަގުތުގެ އިންވެސްޓިގޭޓް ޖާރނިލަޒިމަށާއި ހީވާގި ޓީމަށް ސާބަސް.. މި100% " އިންޓްރެސްޓް ފޮރ ކަރަޕްޝަން ސަރުކާރުގެ މިފަދަ ޚަބަރު ރައްޔިތުންނަށް ގެނެސް ދެއްވާ... ބިރު ގަންނަންވީ ﷲ ސބވތ ދެކެ... ދިވެހި ދައުލަތުގެ ހާލަތަކީ ސޮމާލިއާ ފަދަ؛ ދުނިޔޭގެ އެންމެ މަތީ ކަރަޕްޝަން އިންޑެކްސް ތެރޭ ހިމެނޭ އިންޑިއާގެ ބެސްޓް ފުރެންޑް ސަރުކާރުގައި ކަރަޕްޝަނެއް ނޮއޮންނާނެތާ..ރ.ޔާމިނަށް ކުރާ ސިޔާސީ ދައުވާއާއި ދެކޮޅަށް ރައްޔިތުން ތެދުވޭ... އަދި މި މަކަރުވެރި ޝައިތާނީ ނާގާބިލް މީހުންގެ ބާރުވެރިކަން ނެތިކުރައްވާތޯ ދުވާލަކު ސާޅީސް ހާސް މީހުން ދުއާ ކުރައްވާ..އެއީ މުސްލިމުންގެ ހަތިޔާރު.

  65
  1
 7. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

  ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިސަރުކާރުން މެކުހަށް ޖަހާފަވާތަން މިފެންނަނީ. ކޮމެންޓް ކުރާފަރާތްތަކަށް ބިރުދެއްކުމާއި ނޫސްވެރިންނާއި ނޫސްތަކަށްވެސަ ބިރުދައްކަނީ. މީ ވަރަށް ހަޖަމުގެ ބައި ކުޑަ ނުބައި ސަރުކާރެއް.
  މިކޮމެންޓްގެ އައިޕީ އެޑްރެހަކީ: dheenah/furassarakura/laadheenee/sarukaaru:/isthiufa:

  50
  • ކިނބޫ

   ހަހަހަހަހަ އައިޕީ ދޯ؟ ސަޅި އިނގޭ.

   15
 8. ޢަތު

  ތިއުޅެނީ ސައިޒު ކުރެވޭނެ ފަދަ މީހަކު ޖެހެންދެން. އޭރައް ހުންނާނެ ރާކަނި ކެވިފަ

  12
  1
 9. ޖޯނަލިޒަމް

  ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ބިރުދައްކާ އިންޒާރު މިސަރުކާރުގައި ވެސް ދޭތަ. ވަގުތުގެ ހިތްވަރުގަދަ ކެރޭ ޓީމަށް ސާބަސް.

  22
 10. ކައްބެ

  ކޯޓު އަމުރު ކޮބާ ކޮމެންޓު ކޮށްގެން ނޫންދޯ ކޯޓު އަމުރު ނެރެންޖެހޭނީ....... ވެރިކަންކުރަން ނޭނގެންޏާ ރަޖާލައިގެން ގޭގަ އޮވެބަލަ .

  17
  1
 11. އައިޕީ ކޮބާ؟

  ޒީރޯ ޓޮލަރެންސް. ކެތްތެތިކަމަކީ މުސްލިމުންނަށް ޚާއްސަ ސިފައެއް.

  13
 12. ބޮލި މުލައް

  ވަގުތު ނޫހަށް ނޭންގި އަދި ކިހާވައްކަމެއް ކޮށްފަ އޮޮންނާނެ

  17
 13. ފަނީ

  ފުލުހުންނަކީވެސް (ފުލުހުންގެ ތެރެއިން އެމްޑީޕީއަށް ފާޅުކަން ބޮޑުކޮށް ސަޕޯޓްކުރާ ބޮޑުން) ވަގުތު ނޫހާއި ދެކޮޅު ބައެއް. ކޯޓަށް މައްސަލަލާން ބަލާއިރު ކޯޓަކީވެސް އެމްޑީޕީ ތަނެއް. އެމްޑީޕީ މީހުން ވަރަށް ރުޅިއާދޭ ވަގުތުނޫސް ދެކެ. ދެން ކިހިނެއްތޯ ހަދާނީ؟

  9
  1
 14. ށުމަން

  ބުނޭ އަންނާށޭ. ނިމުނީ އިންގިލި ކުރި ޖައްސާލިއަސް ރީއްޗައް ކާރު ދުއްވަ ދޭނަން.
  ވައްކަން ކުރީމަ އެވާހަކަ ދައްކާނެ.