އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި ކަމަށާއި އެފައިސާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނަ އަހަރު ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް އަދި މާގިނަ. މިދެންނެވި ބާވަތުގެ ވިޔަފާރިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި، ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން، ބޭންކުތަކުން ލޯނުދޭން ފަސްޖެހުމަކީ، އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ އުފެއްދުންތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި، ރަނގަޅަށް މާކެޓްކުރާނެ ފުރުޞަތު ނެތުމަކީވެސް ޙައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

މިފަދަ ކިތަންމެ ހުރަސްތަކެއް ހުރުމުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުގެ ސަބަބުން، އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސްއެމްއީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީވެސް، އެފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބަ އޮތް. އޭގެތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި." ރައީސް ވިދާޅުވިއެވެ.

މިއިން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިޤްތިޞާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަށް ދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިޤްތިޞާދުން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެއްޔާ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަޤީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބެ

    ކަލޭގެ ކަޅުކަމާ އެއްވަރު ކަޅު 100 ދުވަހުގެ ވައުދު ވެސް ރަށްޔިތުން ދުށް. އޭގެ ފަހުން މިވީދުހެއްގައި އަދި ދިވެހި އުދަރެސް ބައްދާފައި ވަނީ ކަޅުކަމުގެ ސާލަކުން ރަށްޔިރުން ގައިގަ އޮތީ ބަޖެޓް އަނދައިގެން ދިޔަ އަޅިތަށް. ހަމަ އެއާއެކު ޖަޒީރާ ވަންތަ ކަމާއި އެޖެންޑާ 19 ވަންތަ ކަމުގެ ސިފަތަކުން ދީންވެރިކަމާއި އަދުލު އިންސާފާއި ހަމަ ހަމަ ކަން ގާއިމްވެ ނިމިފައިވާކަން ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅެއްވެސް ހެކިދޭ ކަހަލަ.

  2. މާލެ ބޭބެ

    ބަދަލޭ ކިޔާ 12000 ބާރަ ހާސް މިލިއަން ރަހުމައްތެރިންނަށް ބަހާލާ 400 މިލިއަން ލޯނޭ ކިޔާ ދިނީމަ އެއޮތީިމިފަ... ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން 3 ޤާނޫނީ މަރުހަލާ ނުނިންމާ އެއްވެސް ތަހުގީގެއް ނުހިންގާ ބަދަލްއޭ ކިޔާ ބަހާލީ... ބޮޑެތި ވައްކަން. ....

  3. އައިޕީ ކޮބާ؟

    ބަދަލުގެ ގޮތުގަތޯ ދެއްވަނީ؟ ނޭނގޭތީ އަހާލީ.