ޖަމިއްޔަތުއް ސަލަފާއި ދިމާކުރުމުގެ މަސައްކަތް ކުރަނީ "އަނދިރި ދައުލަތުން" ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޖެއްސުން ކުރަން ކުރާކަމެއް ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އޭނާ ރައީސް ޞާލިހަށް ކުރައްވާ ތާއިދު އަދިވެސް އެގޮތުގައި އެބައޮތް ކަން ހާމަކުރައްވައިފިއެވެ.
ޖަމިއްޔަތުއް ސަލަފާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އިޔާޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަނދިރި ދައުލަތުން ޖަމިއްޔަތުއް ސަލަފް އާއި ދިމާކުރުމުގެ ނަމުގައި މިކުރާ ކަމަކީ ރައީސް ޞާލިހަށް ޖެއްސުން ކުރުން" ކަމަށެވެ.
އިޔާޒް އެހެން ވިދާޅުވި ގިނަ ބަޔަކު ގެންދަނީ އޭނާ އަށް ރައްދު ދެމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައީސް ޞާލިހަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އެއްގޮތައް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އަދިވެސް އެކަން އިޔާޒަށް ވިސްނިވަޑައިނުގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ.
Andhiri Dhaulathun @JAMIYYATHSALAF aai dhimaa kurumuge namugai mi kuraa kamaky HEP @ibusolih ah jessun kurun.
— Dr.Mohamed Iyaz (@dr_iyaz) November 21, 2019
އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު މިހާރުގެ ރައީސް ޞާލިހަށް ތާއިދު ކުރެވުނު ކަމުގެ މައްޗަށް ފަހުރުވެރިވާ ކަމަށެވެ. "ރައީސް ޔާމީނާއި އަނދިރި އަނދިރިންގެ ކިބައިން ﷲ ގެ ރަހުމަތާއި އެކު ގައުމު ސަލަމަތް ކޮށްދެއްވާނެ ލީޑަރަކީ އެއީ ކަމުގައި ގަބޫލުކުރަން." އިޔާޒް ވިދާޅުވިއެވެ.
ޖަމިއްޔަތުއް ސަލަފާއި ބެހޭ ގޮތުން އިޔާޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާގެ އިސް ބޭފުޅުންނަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅުންތަކެއް ކަމަށެވެ. "އަޅުގަނޑާއި ބައެއް ކަންތައްތަކުގައި ޚިޔާލުތަފަތު ނަމަވެސް ސުލްހަ މަސަލަސް ކަމަށް ލޯބި ކުރައްވާ ބައެއް. އެއްވެސް ގޮތަކަށް ހަމަ ނުޖެހުމަކަށް އަދި ތަޅާފޮޅުމަކަށް ހިތްވަރު ދީފާނެ ބައެއް ނޫން." އިޔާޒް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝީމް އަލީގެ މަރު ތަޙްޤީޤު ކުރުމަށް ފަހު ރިޕޯޓް ނެރުމުން ސަލަފް ޖަމިއްޔާ އާއި މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މެންބަރުން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް ޖަމިއްޔަތުއް ސަލަފާއި މެދު ފިޔަވަޅު އެޅުމާއި ބެހޭގޮތުން ރައީސް ޞާލިހް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ތީގެ މިސާލަކީ ނަތަންޔާހޫ ގޯހެެއްނޫނޭ.. ގޯހީ އިޒުރާއީލޭ.. އިޔާޒުމެންނާ ދިމާލަށް ރައްޔިތުންލައްވާ އަނގަގޮއްވަން އުޅޭބައެއް އިޔާޒުމެންނަކީ.. ނަޝީދެ ގޯހެއް ނޫނޭ ގޯހީ އައްނި އޭ.. ސޯލިހު ރަގަޅުކަން ރައްޔިތުންނަ ބުނެދޭކަށް އިޔާޒަކަށްނުޖެހޭނެ މިހާރު.. ރައްޔިތުންނަވެސް ސޯލިހާ އިޔާޒާ ވަކިކުރެވިއްޖެ.. ﷲހަޒުރަތުގަވެސް މިމީހުން ސޯލިހުގެ ދިފާއުގަ ވާހަކަދައްކާނެބާ.. ﷲގަންދީ ހުވާކުރީ އިބުރާހިމު މުހައްހަމަދު ސޯލިހު އިސްލާމްދީނާ ދިވެހިގައުމާ ސިޔާދަތާ ރައްޔިތުންނާ ރައްޔިތުންގެ މުދާ ރައްކާތެރިކޮށް ހިމާޔަތްކޮއްދޭނެކަމަށް މިއަށް ﷲހަޒުރަތުގަ ސުވާލުވެވޭނެ އިޔާޒުހުއްޓަސް އިބުރާހިމާ. އިޔާޒު ﷲބިރުވެތިވެ ﷲއައްޓަކާ ތިބޭފުޅުން ރައްޔިތުންގެ ހާލާއިގެން ރައްޔިތުންއުޅުމަށް ދޫކޮއްދެއްވާ ހިމޭނުން ތިބެދީ. މިގައުމުގެ ހައްގުގަ ތިބޭފުޅުން ކޮއްދޭނެ އެއްވެސްކަމެ މިއަދުނެތް މިގައުމުގަ. އެއްކޮށް ސުންނާފަތިވެއްޖެ.
އިޔާޒްގެ ވާހަކަތަކުން ހާދަ މުނާފިގުކަމުގެ ވަސްދުވައެވެ. ތިކިޔާ އަނދިރި ދައުލަތްތަކަށް މުސާރަދީ ބަލަހައްޓަނީ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އޭނާއަކީ އަނދިރި ދައުލަތަތަކުގެ ޚަދިމެވެ. ދިވެހި ރައްޔިތުންނަށް ކަމެއްކޮށްދެން އައިސް ހުރި މީހެއްނޫނެވެ.
މީހަކަށް ތާއީދު ކުރިއަސް ފުކެއް ބޮޑުވަރު ތީ
ދިވެހިން ގުބޯހައްދުވަން އިތުރަށް ނޫޅުއްވާ އިޔާޒޫ
ކުރިއްސުރެ ދިވެހި ރައްޔިތުންނަށް އެނގޭކަމެއް ލަނޑަޔާ ވަނީ ލަނޑަޔާކަން. .
އިޔާޒުއެވެ. އެއްފައިސާފޮތީގެދެފަރާތް އެއްފަރާތް ގޯސްވެފައަނެއްފަރާތްރަނގަޅުވީމަ ދެންތިބާގެއިލްމުވެރިކަމާމެދު މިކަހަލަގަމާރުންނަށް ސުވާލުއުފެދޭ! ތިޔައީއަނެއްކާ " އަސާގެދެކޮޅު" އޮތިއްޔާބޭބެމެންނަރަކައިންސަލާމަތްވާނަމޭ ބޭބެމެން އުޅޭގޮތްނުބަލާށޭ ބުނިކަހަލަޝޭޚަކީބާ؟؟؟؟
ކަލޭމެން އަނގަ ހިމޭނުން ބާއްވަ ދީބަލަ، ދޫރައްކާތެރި ކޮއްބަލަ، މި ގައުމު މިއަޅުވެތިކަމައް ވައްޓާލީ ކަލޭމެން..އަހަރެމެން ކަލޭމެން ލޭކެކޭ ހީލައްތެރިންނައް ދުވަހަކުވެސް މައާފެއް ނުކުރާނަން
ޑޜ އިޔާޒު އައް ދޭން އޮތްނަސޭ ހަތަކީ ސިޔާސީ ނުވާށޭ.. އިޔާޒުމެން ތިޔަކަހަލަ ކޮމަންޓް ކުރުމުގެ ސަބަބުން މިގައުމުގަ މިހާރު ނެތޭ އިތުބާރު ކުރެވޭ ދީނީއިލުމުވެރިއެއް.. ދީން މީހުނައް ބޮޑައް އޮޅުންފިލުވައި ދިނުމައް ގަ ދައަޅާ މަސައްކަތް ކުރާށޭ..
ބަލަ އިޔާޒޫ އަދިވެސް ކަލޭމެން ގޮތްދޫނުކުރާށެ ތިތިބެނީ ކަލޭމެން ގެނައި ސަރުކާރަކުން މިގައުމުގެ އިސްލާމީ ވަހުދަތު ގެއްލުވާލާ ދީނަށް ފުރައްސާރަކޮށް ނަގާއިރުވެސް. ކަލޭ ހަމަތޯވެސް ބަލަން އެބަޖެހޭ މިހާރު. އިހަށްދުވަހެންނު އިބުރާހިމް މުހައްމަދު ސޯލިހުބުނީ ދައުލުތަގެ އެންމެ އިސްވެރިޔަކީ އަކީ ތިމަންނައޭ އެނެއް ދެބާރު އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމުގެ ޒިންމާ އޮތީ ތިމަންއަތުގައޭ. އެހެންވީރު އޭނަ ގައުމުގަ ހިނގާ މިފަދަކަންކަމަށް ފިޔަވަޅު ނާޅަ އެހުންނަނީ އޭނަ އެތެރޭގަ ހުރެގެން ކުރާކަންތައްގަނޑެއް ކަމަށް ކަލޭއަށް ގަބޫލުނުކުރެވެނީތަ؟ އޭނަގެ ފުރިހަ އެއްބާރުލުމާއެކު މިހުރިހާ ގަނޑެއް މިގަންނަނީ. މިކަމުގެ ފުރިހަމަ ޒިންމާ އުުފުލަނޖެހޭނެ ކަލޭމެން. ތިހެން ރެކިގަނެގެން ނުހުރެވޭނެ.
ޔާމީނު ގޯހެއްނޫން ގޯހީ ސަރުކާރުގެ މުއައްޒަފުން. ހެހެހެހެ ހައްގުބަސް ނުބުނާވެރިއެއް ރަގަނޅުކަމަކަށް އިސްލާމް ދީނަކު ނޯންނާނެއެވެ ރައީސް ޔާމީން ދއުރުގައި އަސްލާމް ދީނަށް ގޮންޖަހާލާކަށް މަސައްކަތެއްނުކުރެއެވެ. ތިމާރުޅިއަރާމީހާ އެއީ ނުބައި މީހާ. ތިޔަށްވުރެ މަތީފާހެއް ނަންގަވަން ވީނުން އޭރުން ހޔޮނބައި ވަކިކުރަން އނގިދާނެއެއވެ. ޣިޔާސަށް ވަރަށް ސަލާމް!!!!!!
ބަލަގަ ތިބުނާ އަނދިރި ދައުލަތަށް ބާރުތައް ހޯދައިދިނީ ތިމާމެން އަމިއްލަ އެދުން އިސްކޮށް ދިވެހި ރަޢްޔިތުންގެ ބޮލަށް ނުބައި ވިސްނުމެއް ވައްދާދީގެން ނޫންތަ. ނަމުން ސޯލިޙު މީހާ މިކަމާ އަނގައިން ބަހެއް ނުބުނެ ހުރުމަކީ އޭނާވެސް މިކަމުގަ ބައިވެރިވާ ކަމުގެ ހެކި. ލާދީނީ މީހުންނަށް ވާގިވެރިވާނީވެސް ލާދީނީ މީހުން.
ބަލަށް ދިނަށް ފުރައްސާރަކުރާ އެމްޑީއެން ގެ ބޮޑަކު އިބޫ ސޯލިޙަށް ދީން ކިޔަވައިދޭން ރައީސް އޮފީހުގަ ބޮޑުމުސާރައިގަ ގެންގުޅުނީމަ ދެން މިވަނީ ކީއްކަށް ވަރަށް ސާފު ދެއްތޯ؟
ކުރިން ދައްކާފަހުރި ވާހަކަތަކަށް ވިސްނާފަ މިއަދު ގޯހޭ ބުނަން ލަދުގަންނާނެތާ ދޯ؟
އިޔާޒަށް ނޭންގިގެން އެއުޅެނީ އެއީ އެއްބައެއް . ތީ ހަމ އެއްބއެއް . ނުބައި ނުލަފާ މީހެއްގެ ފަހަތުގައި އެމީހަކީ ކާކުކަން އިގިގެން ހުންނާނީ ވެސް ހަމަ އެމީހުންގެ މީހެއް. ތިޔަބުނާ ރައީސް އިބްރާހީމް ނަޝީ ދު ކުރާ ހުރިހާ ނުބއެއްގަ ބައިއަތު ހިފައިގެން ހުރި މީހެއް
ނަޟީދު އާއި އިބޫ އަކީ އެއް ފާއިސާފޮއްޗެއްގެ ދެ މޫނު، އިޔާޒު މެން ހެއްދެވި ގޯސް މިއީ މިކަން ނޭގުން،އަދިވެސް ތި ގޯސް ގޯހުން ގޯހަށް މިދަނީ މިކަން ނޭގޭ ކަމަށް ހައްދަވާތީ
ކޮބާތަ މި ޝޭޙު އެކިޔާ އަނދިރި ދައުލަތަކީ؟?
އިޔާޟް ރޮއުހޭރިގެން ގެނައި ލާދީނީ ސަރުކާރެއް މިއީ. ވީމާ ސޯލިހު ވެސް އަދި ސަރުކާރުވެސް ގޯހެއްނުވާނެ. މި ގައުމުގައި ލާދީނިއްޔަތު ފަތުރަމުންދާއިރު ސޯލިހު އެހުންނަނީ އަޅައިވެސް ނުލައި އެކަމަށް އަދި ހިތްވަރުދީ އިތުރަށް އެކަން ފުޅާ ކުރެވޭނެ ގޮތްތައް ހޯދަމުންދަނީ. ލާދީނިއްޔަތާއި ދެކޮޅަށް އެއްޗެކޭ ބުނާ މީހާ ޖަލަށް. ލާދީނިއްޔަތާއި އެއްކޮޅަށް ވާހަކަ ދައްކާ މީހާއަށް ސަރުކާރުން މަތީ މަގާމު. އިޔާޟް އަކީ ވެސް ލާދީނިއްޔަތަށް ތަބާވާ މީހެއް. ވީމާ ޅިޔަނު ގޯހެއްނުވާނެ. ކެރަފާ ޢާއިލާ އިން ކުރާ ކަމެއް އެއާއިލާގެ ތެރޭގައި އުޅޭ މީހަކަށް ގޯހެއްނުވާނެ.
އިޔާޒުމެންގެ ލޯ މަސައަކަތެއް ނުކުރެޔޭ.. އަންނިއަކީ އިބޫއަކީ ވަކި ތަފާތެއް ނެތް. އަދިވެސް ތިއުޅެނީ މިކަން ފަހުމް ނުވެގެން.
ބަލަ އިޔާޒޫ ކަލޭ އަޑެއްނާހަންތަ ސޯލިހު ލައިވް ޕްރޮގުރާމެއްގަ ވިދާޅުވިއަޑެއް ތިމަންނާޔާ ނަޝީދުއާދެމީހުން މަސއްކަތްކުރަނީ އެއްފިކުރައްގައޭ ބަޔަކައް އަޅުވެތިވެފަހުއްޓަސް ތީދެންބޮޑުވަރު މިހާރުދެން ތިބޭފުޅާވެސް އެބައިމީހުންގެ ތެރޭގައި އަހަރެމެން މިގުނަންފެށީ
ބައްލަވާ އިޔާޒް ކުޑަތަފާތެއް ހުއްޓަސް އެއީ ހަމަ އެއް ފިކުރެއް. ތިބޭފުޅުން ތިޔަ ގެންގުޅުއްވާ ސިޔާސަތު ރަނގަޅެއް ނޫން. ތިސިޔާސަތުގެ ސަބަބުން މިރާއްޖެއަށް ދަނީ ގެއްލުން ވަމުން. ކްރައިޓީރިއާގެ 1 ގަ އޮންނަން ޖެހޭނީ އިސްލާމްދީންް ހިމާޔަތްކުރުމާއި އެކު އެދީނަށް ހުރަސްއަޅައި ދަތިކުރުމުގެ އެއްވެސް ޢަމަލެއް ނުކުރުން. އެމްޑީޕީގެ ލާދީނީކަން އެނގޭއިރުވެސް އަދި ކުރިމަތީގައި ކަންކަން ހިންގަމުންދާ އިރުވެސް އެޕާޓީއަށް ތާއީދުކޮށް ވަކާލަތުކުރާނީ ކޮންކަހަލަ ބައެއް ބާއޭ ހިތަށް އަރާ.
އަމިއްލަ އެދުންބޮޑު މީހެއް
ދީނީއިލްމުވެރިން ސިޔާސީވުމަކީ އެއްގޮތަކައްވެސްކޮއްގެންވާނެ ކަމެއްނޫން. ސިޔާސީމީހުންނަކީ ދެފަހަރު އެކައްޗެއްކިޔާބަޔެއްނޫން.
ޢިޔާޒް އަށް މުސާރަ ދެނީ އިބޫ ގެ ސަރުކާރުން.ކޮން އެއްޗެއް ކިޔާކަށް.އިބޫ އާއި އަންނި އެއީ އެކައްޗެއް.އަންނި އަށް ވުރެން އިބޫގެ ޔަޙޫދީ ކަން ބޮޑުވާނެ.މަޑުން ހުރެ ހުރިހާ ގޯހެއް ހަދަނީ އިބޫ.މި އަދު އިބޫގެ މަގާމުގަ ޖަވާބު ދާރީ ވާން ޖެހޭ އެތައް ކަމެއް އޭނަ މަޑުން ހުއްޓަކަސް ނުވާނެ.ﷲ އިރާދަ ފުޅުން މީނަގެ ވެރިކަން އަވަސް ކޮށް ނިންމަވާނެ.
މިގައުމުގެ ރައީސުލް ޖުމުހޫރިއްޔާ ގެ މަގާމްގައި ހުރީ އިބުރާހިމް މުހައްމަދު ސޯލިހް! މިގައުމުގެ ފަހު ބަސް ބުނާނީ ރައީސުލް ޖުމުހޫރިއްޔާ! މިކަން މިހެން އޮތްއިރު އިޔާޒްތިބުނާ އަނދިރި ދައުލަތަކީ ކޮންބައެއް! ވެރިޔަކަށް ހުރި މީހަކީ ތި ބުނާ އަނދިރިބަޔަކު ތިބި ނަމަ އެބަޔަކާ ދެކޮޅަށް އެއްޗެއް ބުނަން ނުކެރި ހުރުމަކީ ތި ބުނާ އަނދިރި ދައުލަތުގައި އިބުރާހިމް މުހައްމަދު ސޯލިހްވެސް ވާތީކަން ހުދު ޔަގީންތާ! ދެން ސޭހްގެ ބޯޑް އަޅުވައިގެން ހުރި އިޔާޒް މިއަދު އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ތި ކުރަނީ ހުދު ތި ބުނާ އަނދިރި ދައުލަތުގައި ތި ސޭހް އިޔާޒްވެސް ވާތީތާ!
އަނދިރި ދައުލަތަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ މި އަނދިރިކަމުން ރާއްޖެ ސަލާމަތްކުރެވޭނެ
މަގެއް ހޯދަން ހުރިހާ ރައްޔިތުން އެއްބައި ވާންޖއެހެއެވެ
އެހެންނޫނީ އަނދިރިގަނޑުގައި ދިވެހިން ތާށިވެ ގެއްލި
ހަލާކުވެދާނެއެވެ.
މުޅި ރާއްޖެއަކީވެސް އަނދިރި ދައުލަތެއް.
ދެން ކުރިން ބުނެވުނު އެއްޗެއް ބުނެވުނީތާ ... ޢެކަ މަކު އެތަނުން ރައީސް ޔާ މީން އުނިކޮށްލައިފިއްޔާ ތިޖު މްލަ ތިއަށްވުރެންފުރިހަ މަވީސް. ޢެއީ މިހާރު ހިގަ މުންދާ ކަންކަ މުގެ ޒިން މާ ރައީސް ސޯލިހް ނަގަންޖެހޭތީ، މިކަންތައް ހުއްޓުވުމުގެ ބާރު ރައީސް އަށް އޮތީ މަ...،،! ދެން ރައީސް ޔާ މީން ނުކުންނަވަނީ އިބޫ އެކަންތައް ހުއްޓުވަން ނޫޅެތީ ރައީސް ސާލިހް އާއި އަނދިރި ދައުލަތާއި ދެފަރާތާއި ދެކޮޅައް އެއަށް ނުކިޔާނެ "ރައީސް ޔާ މީންގެކިބައިން ގައު މު ސަލާ މަތްކުރު މޭ" .... ކިހާ ސި މްޕަލްދޯ
ޑރ އިޔާޒްއަށްދަންނަވާލަން މަނިކްފާނުތިޔައުޅުއްވަ ނީ ކިހާވަރެއްގެ ފައިސާކޮޅެތްލިބޭތޯތަ އެއްބައްޔެތް ޖެހިފަތިބިދެމީހުންކަން އެނގިހުރެ އެކަކުތިރަނގަޅު ކުރަނީ