ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ވަޅިން ހަމަލާ ދިނުމަށް ފަހު މީހަކު ކަނޑަށް އެއްލާލައިފިއެވެ.

ވަޅިން ހަމަލާ ދިނުމަށް ފަހު އޭނާ ކަނޑަށް އެއްލާލުމުން ފަތާފައި އއ.މާޅޮހަށް އެރުމުން އެރަށުގެ ސިއްހީ މަރުކަޒުގައި އޭނާ އަށް ވަނީ ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާ އަށް ދެންމެ އޭނާ ވަނީ މާލެ ގެނެސްފައެވެ.

އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ޒަހަމްވެފައިވަނީ ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާކަމަށް މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

މިމައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 03:06 ގައެވެ.

މިމައްސަލައިގައި ބައެއް ފަރާތްތަކާއި ސުވާލު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އޯމައި ގޯޑް

    ﷲ އަޅަމެން މުސްލިމުންނަށް ތެދުމަގު ދައްކަވާށި...އާމީން

    210
  2. އެންދެރި

    މިއީ ޓެރަރިސްޓް އަމަލެކެވެ. ނޫސްތަކުގަ ޓެރަރިސްޓް އަމަލެކޭ ނުލިޔާ ސަބަބު އެނގެން ބޭނުމެވެ.

    29
  3. މޯދީ

    މާރާމާރީ އެއްގޮތަކަށްވެސް ނެތޭ އިހަށްދުވަހުބުނި އަޑުއެހިން!

    31
  4. ާދެރަކަމެއް

    ޔާﷲ! އަޅަމެންގެ ޤަ އުމުގަ އި އެކަކު އަނުކަކުގެ މަ އްޗަށް ރަޙުމް އުފަ އްދަވާ އަޅަމެންގެ ދީން ޙިމާޔަތްކޮށް ދެ އްވާނދޭވެ!

    41
  5. ސީނު

    ރާއްޖޭގައި ޒުވާބު ކުރުމާ މާރާމާރީހިނގަނީ ކީ މިޒަމާނަކު އެކަންޏެއްނޫން، ގަޔަށް އަތްލާ ޒުވާބު ކުރަމުންގޮސް އައުރަ ކަޝްފް ކުރުމަކީ ހިނގާފައިވާ ކަންތަށް...މާ އާކަމަކަށްވެގެން ނޫހުގަ ޖަހާ ޕަބްލިކަށް އަނގާކަށް ނުޖެހޭ...މި ނޫހަކީ އެކިއުމުރު ފުރައިމީހުންނާއި ޚާއްސަކޮށް ސްކޫލް ކުދިން ކިޔާއެއްޗަކަށް ވީތީ ވީހާވެސް ޑީސެންޓް ކޮށް ޚަބަރު ހުރުން ވަރަށް މުހިންމު...

    7
    27
    • ލަލަ

      މިއުޅެނީ މީހެއްގެ އައުރަ ކަޝްފު ވެގެންތަ؟
      މިއުޅެނީ މީހަކަށް ސީރިއަސް އަނިޔާ ތަކެއް ލިބިގެނެއްނު!! ބުރާންތި!!

  6. ހަސަނު

    ކޮން ރަށެއްގެ ކާކު ކަން ސާފުވާނެ ގޮތެއް ނެތްބާ؟؟

    18
  7. މަޖުބޫރީހާލަތް

    މަ ދަރުސާ ނިންމާފަ ނިކުންނަ ކު ދިންގެ ހިތުގަ ދީނީ ކަންކަން ހަރުލާފަ ވަނީ ވަރައް ކުޑަކޮއް ނަރަކައިގެ އަޒާބުގެ ވާހަކަ ދީނީ ދަރުސްދިނުމަކީ ކު ދިން ބިރުގަންނަ ކަމަކައް ހަ ދާފަ ވަނީ މަރު ހަނ ދާން ކޮއް ދިނުމަކީ މަރުވުން އަވަސް ކަމަކައް ހަ ދާފަވަނީ ވީމާ ކިހިނެއްތޯ މިކަން ހައްލުވާނީ ﷲ އެންގެވި މަގައް ހުކުމްކޮއްބަލަ ތިފަ ދަ ކަންކަން ހުއްޓުވޭނެ ސިނގިރޭޓު ފޮއްޓެއް 1000 ރުފިޔާއައް އަގުބޮޑު ކޮއްބަލަ ގައިމުވެސް މަ ދުވާނެ ބޯމީހުން

    22
    1
  8. އެޖެންޑާ 19

    އަހަރުމެންގެ ސަރުކާރު އައިފަހުން ވަޅި ޖެހުން 0. ތީ ހުސް ދޮގު. ވަޅިއެއް ނުވެސް ގެންގުޅޭނެ.

    21
    1
  9. ހުސޭނުބޭ

    އިބޫ ޞާލިޙް ބުނި މިހާރު ކުށްތައް މަދުވެއްޖެއޭ! ދެން ތިކަން ވަނީ ކޮން އެއްޗަކަށް!

    26
  10. ޢާސީ

    މިއިން މި އިނގޭގޮތުގައި މިހަމަލާ އަކީ ސީދާ މަރަން ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއް ކޮންމެހެން ބަލަން ޖެހޭކަމެއް ސީ ދާ ހަރުކަށި ކޮށް ބަލާތަހުގީގު ކުރަންޖެހޭކަމެއް..މިކަން ކުރެވޭނެބާ