ފާއިތުވި އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނިކުތް މީހުން މަދުވުމުގެ ޒިންމާ ނަގަން ޖެހޭނީ މިހާރު ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެ ކެމްޕެއިން ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައްޑޫ ބަހުން ވާހަކަދައްކަމުން ނިހާދު ވިދާޅުވީ، ޕާޓީގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ޕާޓީއަށް އިހުމާލުވެފައި ކަމަށެވެ. އެކަން ފެނިގެން ދިޔައީ ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އިތުރު 14 މަޖިލީސް މެންބަރުންނާއެކު އައްޑޫއަށް ވަޑައިގެންނެވިއިރު، މަރުހަބާ ދެންނެވުމަށް 150 މީހުންވެސް ނެތް ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، އެކަމާއި ވަރަށް ދެރަވި ކަމަށާއި، އެކަމުގެ އަސަރުވެސް ކުރި ކަމަށެވެ.

"އެ މި ޕާޓީ ހީނަރުވެގެން ދިޔައީ، ހަމަ ސީދާ މި ޕާޓީ ފުނޑީ، އެ، އެ ޒިންމާ ނަގައިގެން އެކަމާއި ހަވާލުވެ ހުރި މީހާ. މިއީ ހަގީގަތް. މި އައްޑޫ ސިޓީގެ މި ޕާޓީގެ ރައީސް ކޮބާ، ވަޒީފާއެއް ނެތި މަގުމަތިވެއްޖެ". އެކަންކަމުގެ ޒިންމާ ނަގަން ޖެހޭނެ ޝިއްޕެ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އައްޑޫގެ ވަރަށް ގިނަ ރައްޔިތުންނަށް ވަޒީފާވެސް ހަމަނުޖެހިގެން އުޅެނީ ޝިފާޒުއާއި ހެދިކަމަށެވެ.

އަދި މި ޕާޓީއަށް އިހުމާލު ވުމުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަށަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 14:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޮޑު ހަސްންބެ

    ސިއްޕެ ބޮލައްނުޖަހާ . ހަމަ ސަޕޯޓަރުން ނެތީ

    82
  2. ބޯހަލާކު

    އެމްޑީ އެން ދިފާޢު ކުރަން ކުރި މަސައްކަތް ދިވެހި ރައްޔިތުންނަށް އެނގޭ. އެހެންވެ ނުނުކުތީ. އިރާދަ ކުރެއްވިއްޔާ ދިވެހިންނަށް ހެޔޮ ވިސްނުނ ލިބި ތި ލާދީނީ މީހުންނާ ދުރރުވާނެ

    85
    • ޟ

      ޢާމީން..

      66
    • ސޯލްޖާ

      ހައްހައް! އަސްލަމަކީ އައްޑޫ ރައްޔިތުންނަށް ހިޔާނާތް ތެރި ވެފާ ހުރި މީހެއް! ނަސީދަކީ ލާދީނީ އައްޕަ! އެމްޑީއެންގެ ދިފާއުގަ އޭނާ އުޅުނީ

      36
  3. ބޯހަލާކު

    މުނާފިގެއްކަންޔަގީންވީމަނުނިކުތީ

    70
  4. މުހައްމަދު

    ތިޔަހެން ކިޔާލަ ކިޔާލާ ކަލޭހުރޭ! ނަޝީ ދު ފުރާއިގެން ދިޔައީ ކަލޭ މޫނުމަތީ ސައްޕެއްޖަހާފަ ނޫންތަ؟

    48
  5. މަރުހަބާ.

    ރާއްޖޭގެ ނިސްބަތުން އައްޑޫ ގިނަމީހުންނަކީ ހެޔޮވިސްނޭ ބައެއްކަމަށް އަޅުގަޑު ޤަބޫލްކުރަން. އެހެންވީމާ އައްޑޫ މީހުން ނަޝީދައް މަރުހަބާ ކިޔަންޖެހޭ ސަބަބެއް ނުވިސްނެ. މީގެ ތަފްސީސް އަްޑުމީހުންނަށް ރަގަޅަށް އެގޭނެ. ދިވެހިރާއްޖޭގެ އަދި ޚާއްސަކޮށް އައްޑޫގެ ތާރީޚުގައި މި ސަރުކާރުން އައްޑުއަށް ކުރަމުންދާ ކަންތައްތައް ލިޔެފަ ބަހައްޓަ އޭގެ ހިތިނަތީޖާ ދިވެހިރާއްޖޭގެ ރައްޔަތުންނަށް ޚާއްސަކޮށް އައްޑު މީހުންނަށް ފެންނާނެ.

    49
    2
  6. ޝައްފަ

    މީހުން މަދެއް ނޫން.

    4
    36
  7. އަޙްމަދު

    މީހުން މަދުވީ ކަލޭމެންގެ ސަބަބުން. ކެންޕެއިނުގައި ދެއްކިވަހަކަ ހަނދާން ނެތުމުން. ނަޝީދުވެސް އެމްޑީއެން އަކު ނުނެއްޓިގެން އުޅޭތީ. ދެން އިރާދަ ކުރެއްވިއްޔާ ކަލޭމެން ބޭނުންވާ ތާޢީދެއް ނުލިބޭނެ. އެގެ ހެކި ރޭގައިވެސް ވަނީ ފެނިފައި. ބޮޑު ބިޔަ ޖަލްސާއަށް ދިޔައީ ކިތަށް މީހުންތޯ. އަސްލަމަކީ ފެއިލްފެފައިވާ މީހެއް!

    21
  8. ގޯނިބެ

    ނިހާދުމެނައް ތިއުޅެނީ އަދި އޮޅިގެން ނިހާދުމެންގެ ރަށުން މީހުންނުނެރެވުނީމަ ކޮންހާވާހަކައެއް ތިދައްކަނީ.

    36
    1
  9. ލައިކްއިޓް

    ދެން ތިނަދޫއިން މަދުން މީހުން ނިކުތީ ކީއްވެ.
    ތިބުނާ މީހާގެ އެބައުޅޭ އެހެން މައްސަލައެއް. އެކަން ފުރަތަމަ ބަލަންވީއެއްނުން ؟
    އޭނާ އުޅޭގިތުން އަދި ދައްކާ ވާހަކައިން ރައްޔިތުންވފޫހިވެއްޖެ.

    އައިޕީ އެޑްރެސް. 192.168.10.53

    18
  10. އިއްބެ

    މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ ރަސޫލާއަށް ފުރައްސާރަކުރާ މީހުން ދިފާޢުކުރަން މަސައްކަތްކުރާ މީހަކަށް މުސްލިމަކުސަޕޯޓް ނުދޭނެއެވެ.

    23
  11. ޕޮގުބާ

    އެމްޑީޕީއަކީ މިރާއްޖެއިން އިސްލާމްދީން ފު ހެލަން މަސައްކަތްކުރާ ޕާޓީއެއްކަން ރަށްޔިތުން ބަލައިގެންފި

  12. އަފީ

    ކެނެރީގޭ ނަސީދު ބާލަން އައްޑޫ ސިޓީން މީހުން ނުދިޔައީ ސިފާޒް ގެ ސަބަބުން ނޫން! ވީގޮތަކީ ވެރިކަމަށް އަންނަންވެގެން ތި މީހުން ހެދި ރޯ ބުހުތާނު ދޮގުތަށް ރައްޔިތުންނަށް މިއަދު ފަޅާ އެރީ! މީ ރިއަލިޓީއަކީ

  13. އަލިބެ

    އަސްލުވެސްތަ މަ ހާދަ އުފާވެއްޖެޔެ. މީހުން ނުނުކުތީ އަންނިގެ ލާދީނީ އެޖެންޑާއަށް އައްޑޫއިން ތާއީދުނުކުރާތީ. އެހެންނޫނަސް ދެމީހުން ކުރިމަތިލީ މަގާމަކަށް ވަކި މީހަކަށް ޕާރޓީގެ ރައީސް ތާއީދުކުރުން އެއީ މައްސްލައެއް

  14. ައަލީ

    ނިހާދުތިބުނަނީއެމްޑީޕީވެރިކަމައް ގެނައީމައެމްޑީޕީހަލާކުރުމޭ ތިކަހަލަމޮޔަނުގޮވާ

  15. ސިފާ

    ކަލޭ ހުރީމަ ވީގޮތެއް އެއީ