މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަވަހާރަކޮށްލުމުގައި ބައިވެރިވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވަޒީފާއިން ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވަގޮތުގައި ސަޓޯ ވަކިކޮށްފައިވަނީ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިންނެވެ. އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މީގެ ކުރިން ވަަނީ އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށްވެސް އަޑު ފެތުރިފައެވެ.

ސަޓޯ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގައި އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، ޖީއެމްޒެޑްއައިއެލްގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވާފައެވެ.

ސަޓޯ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގައި ސަޓޯ އަދާކުރަމުން އައީ ތިލަފުށީ ސައިޓް ސުޕަވައިޒަރެއްގެ މަގާމެވެ. އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން ސިޔާސީ އިސް ބޭފުޅުންނާ ގާތްގުޅުމެއް އޮންނަ މީހެކެވެ.

ޑރ. އަފްރާޝީމަށް ހަމަލާދީ، އަވަހާރަކޮށްލާފައިވަނީ ހ. ލޮބީ، ހުސައިން ހުމާމް އެވެ. އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އަދި އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. އަފްރާޝީމަށް ހަމަލާދިނުމުގައި ޝާން ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށް މަރުތައް ބަލާ ކޮމިޝަންގެ ރިޕޯޓްގައިވެއެވެ. ނަމަވެސް ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވުމުގެ ސަބަބުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ މަރުހަލާ އިން ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޯބޯޖަލީލު

    އެކަމަކު ބަރާބަރަށް މުސާރަދޭތި މިއީ ސޯލިހުގެ އޯގާތެރިކަމަކީ ސަހިންދާޔަށްވެސް ބަރާބަރަށް މުސާރަދޭ....

  2. ބުރޯ

    ސަޓޯ އަށް ވަޒީފާ ދިނުން އެއީ މިސަރުކާރު އަފްރާސީމްގެ މަރާ ގުޅިފައިވާމިންވަރު ހާމަކޮށްދޭ ހެއްކަކަށް ނުފުދޭތަ ؟

  3. އެންދެރި

    ޖާ ކޮބާ ތޯ އެވެ.