މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ލީޑާޝިޕް އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ސްރީލަންކާގައިވެސް މި ވޯޓުލުން ކުރިއަށްދާނެއެެވެ. މި އިންތިހާބުގައި އެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 87،439 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

އެމްޑީޕީގެ އިންތިހާބުގައި އެޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްއެވެ.

އެމްޑީޕީ އެތެރެގޭ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެމްޑީޕީ މެމްބަރުން ވޯޓުލާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ފަރާތްތައް ވޯޓު ލާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ފޮށްޓަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ވޯޓުލުން ކުރިޔަށްދާނީ ޣާޒީ ސުކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓުލުން ކުރިޔަށްދާނީ ވިލިމާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްރާފ

    ތީ ފުޓޯއަށް ކުޅޭ ޑުރާމާއެއް. ނަތީޖާ އޮތީނިމިފަ