ޑީއާރުޕީގެ މިހާރުގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު، ޑީއާރްޕީގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)އަކަށް ހަމަޖައްސައިފިއެވެ.

އެ މަގާމަށް އާމަނިތު ޖާބިރު ހަމަޖައްސާފައި ވަނީ، ރޭގެ ވަގުތެއްގައެވެ.

ޑީއާރްޕީން ބުނީ، އެ ޕާޓީގެ އެސްޖީއަކަށް ޖާބިރުގެ ދަރިކަނބަލުން އާމިނަތު ހަމަޖައްސެވީ ރޭގައި ބޭއްވުނު ކައުންސިލް ބައްދަލުވުމެއްގައި ކަަމަށެވެ.

އެ ޕާޓީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސަވާފައި ވަނީ، މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ހޮވައިފިއެވެ.

ނަމަވެސް ނަޝީދު ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ޑީއާރްޕީ އަކީ މިހާރު މިއޮތް ސިޔާސީ ޕާޓީގެ ނިޒާމްގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޝައްފަ

    އުމުރުފުޅުން ކިހާވަރެއް؟ ދިޔާނާގެ ބޭފުޅެއްތޯ؟

    22
    1
    • އިންދިރާ

      އުހޫ ކުލައިން ހީވަނީ އިންޑިއާ ބަނޑުގެ ހެން

  2. މުންޑް ޖާން

    ގަންނާނެމީހަކު ނުވެ ދާނެތީބިރުން ވިއްކަންނެރުނީ ނޫންބާ ؟

    13
    7
  3. މުހައްމަދު

    3 މީހުންގެ ޕާޓީ!
    1. ޖާބިރު
    2. ދިޔާނާ
    3. އާމިނަތު.

    21
    1
  4. ބަކުރުބެ

    ނޯ ކޮމެންޓް، ކޮމެންޓު ކުރީމަ އައިޕީ އެޑްރެސް ހޯދާނެ????????

    57
    5
    • ހޮޅި

      ތިކުރީވެސް ކޮމެންޓެއްދޯ ހަހަހަ

      19
      5
  5. ޝާމް

    ބިއުޓިފުލް❤️

    44
    6
  6. ލީން

    މަހީކުރީ މައުރީނާ ކަމަށް

    30
    4
  7. ޥްރޭމަން ކާސްޓްރޯ

    ދަރީގެދުވަސް ތިދިޔައީ ޖާބިރުކަހަލަ.

    23
    2
  8. ސަގަރު

    ހާދަ ރީތި ކުއްޖެއް.

    35
    6
    • ލުތުފީ

      އައިޕީ އެޑްރެސް،،، ހޯހޯ

    • ފާތި

      މާޝާﷲ

  9. އަލިބެ

    އޭ ސީރިއަސްކޮށަތަ

  10. އެކުއްޖާ

    ޖާބިރުބޭބޭ......

  11. ބާރީ

    ޖާ ކަހަލަ ރީތިކުއްޖެ

    7
    1
  12. ލޯންސްޓަރ

    ކޮމެންޓަކަށް ލައިކްދިނަސް އައިޕީ އެޑްރެސް ހޯދަން އަމުރު ނެރެފާނެދޯ. ވަރަށް ބިރުންހުރެ މިކޮމެންޓްލިޔެ އެހެން 3 ކޮމެންޓްއަކަށް ލައިކްވެސް ދެވިއްޖެ. ވާގޮތެއް އެގިދާނެތާ

  13. ޖޭމްސް

    މީޓަރު ރަނގަޅު. ވައިޓް ވޯޓަރ ރަނގަޅުވާނެ.

    3
    1
  14. ދަންސޫރަ

    ގާސި މް ކޮބާ