އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމުގެ ސަބަބުން މައްސަލަ ބަލައި އުވާލުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވާ ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އަދިވެސް އުވާލައިފައި ނުވާ ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޕީއެންސީ އަދި ޕީީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނުން، ޕީޕީއެމް ގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމް ދީނާއި ހިލާފް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އިދިކޮޅު ކޯލިޝަނަކީ މި ރާއްޖޭގައި ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ކޯލިޝަން ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމުގައި ނޯންނާނެ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައެއް، އަޅުގަނޑުމެންގެ ވެރިކަމުގައި ނޯންނާނެ އެއްޖިންސުން ގުޅުން ހިންގާކަށް ފުރުސަތު ދީފައެއް އަދި ދީނީ ޖަމިއްޔާތައް އުވާލަން މަސައްކަތް ކޮށްފައެއްވެސް ނޯންނާނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިސަރުކާރުން ލާދީނީ ޖަމިއްޔާ އެމްޑީއެން އުވާލި ކަމަށް ބުނެފައި ވީނަަމަވެސް އަދިވެސް އެމްޑީއެން އުވާލައިފައި ނުވާކަމަށެވެ. އަދި އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަ ކޮށް ނެރެފައިވާ ރިޕޯޓު ތައްޔާރު ކުރި މީހުން އަދިވެސް ތިބީ ސަރުކާރުގެ އިސް މަގާމު ތަކުގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެމީހުންނަށް ފިޔަވަޅު އަޅަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށާއި އެފަދަ ކަންކަން މިސަރުކާރުން ނުހުއްޓުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އިސްލާމް ދީނާއި އެއްކޮޅަށް އެންމެ ގަދަޔަށް ވަކާލާތު ކުރަމުންދާ އެއް ސިޔާސީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީ އަށްވެސް މިހާރު އެޕާޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވެން ނެތް ކަމަށާއި އެގޮތުން އެމްޑީއެން މައްސަލަ ފެންމަތި ވުމާއި ގުޅިގެންވެސް އެޕާޓީ އިން އެމްޑީއެން އާއި ދެކޮޅަށް ނޫސް ބަޔާން ނެރުނަ ނުދިނުމަށް އެންމެ ގަދަޔަށް މަސައްކަތް ކުރެއްވީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަމަށެވެ.
މީވަގެއްތަ
ރަގަޅު ވާހަކައެއް.
ނުކެރޭނެ އުވާލާކަށް. އިންޑިއާއާއި އިނގިރޭސިން ދެކެ ބިރުން ސީލެވިފަ ތިބޭ ބަޔަކަށް ތިކަމެއް ނުކުރެވޭނެ. ވަގުތު ނޫހުން މަގޭ އައިޕީ އެޑްރެސް ދީ އެމީހުން އަމުރު ހިފައިގެން އައުގެ ކުރިންވެސް.
ކަލޭ ތީ ވަރައް ބާރު ގަދަ މީހެެއް ނުން ކަލޭ މިއޮއްހާ ދުވަހު ުުުުުުުު އުވާ ނުލާ ތިއިންނަނީ ކީއްވެ. ކަލޭ ތީ ވަކި ސަހަލު މީހެއްތަ؟