ދައުވަތު ފެތުރުމާއި ހައްދުފަހަނަ އެޅުން އެއްކަމެއްގެ ގޮތުގައި ދެއްކުމަކީ ގޯހެއް ކަމަށް ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަލަފް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދެކޮޅަށް އިމްރާން އެއްޗެއް ވިދާޅުނުވާތީ ފާޑުކިޔަމުން ދަނިކޮށް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސައްހަ އަގީދާ ބަޔާން ކުރުމާއި އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކޭ ކަމަށެވެ.

"އިސްލާމް ދީނުގެ ސައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްތަތެއް" އިމްރާންގެ ޓްވީޓުގައި ވެއެވެ.

މީގެ އިތުރުން އިމްރާން ވަނީ އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާއި އިސްލާމް ދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއް ނޫންކަންވެސް ފާޙަގަ ކުރައްވާފައެވެ.

"އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކާއި އިސްލާމް ދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް" އިމްރާން އިތުރަށް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓިން ސަލަފަށް ފިޔަވަޅު އަޅަން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅުކޮށް، ސަރުކާރުން މިފަދަ ކަންތައް ކުރަމުން ގެންދާތީ އެކަން ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މާލެ ބޭބެ

    އިސްލާމް ދީނުގެ ލޯބީގަ ތިކަމެއް ނުކުރާނެ، ތިއީ އަދިރި ސަރުކާރާއި ރ.ސޯލިހުގެ ކަރަޕްޓް ސަރުކާރުގެ ކޯޅުމުގެ ތެރެއިން އަދިރި ސަރުކާރު ކުރިޓިސައިޒްކުރުން... ތިއީ ސިޔާސީ ސްޓަންޓެއް... ދުވަހަކުވެސް ސަލަފުގެ ހައްގުގައި ރަގަޅު ނިޔަތެއް އިމްރާންގެ ނޮއޮންނާނެ... ނޮވެމްބަރ 28 ވަނަ ދުވަހު ހަރާމް ނުހައްގު ހުކުމަށް ތައްތާރުކޮށް އިމްރާންގެ ބެލުމުގެ ދަށުން ސެލް ތައްޔާރުކޮށް.... ކަންކަން ރެޑީކުރަނީ ކޮންކަމެއްކުރައްވަންތޯ...

    33
    3
  2. Anonymous

    الله أكبر النصر قريب إن شاءالله

    78
    2
  3. ޖކދދހދ

    ތީގަ ދިފާޢުގައި ތެދުވިތަނެއް މަޝަކަށް ނުފެނޭ. ވަރަށް ފިނޑި ގޮތަކަށް އެއްޗެއް ބުނެލިތަން ފެންނަނީ.

    155
    10
    • ދެންވީ.....

      ކަލޭމެންނަށް ދިފާޢުގަ ތެދުވިކަމަށް ވާނީ، ދުލަށް އައިހާ އެއްޗެއް ގޮވާފަ، މަޤާމު ދޫކޮށްލާފަ ގޮސް މަގުމަތީ ހަޅޭއްލަވަން ފެށިއްޔާ އެވެ. ބަލަ، އެއީ ދީނީ ޢިލްމުވެރިންނެވެ! އެބޭކަލުން ކަންކުރައްވާނީ، އިސްލާމްދީނުގަ އޮންނަގޮތަށް މެދުމިނުގަ އެވެ.

      3
      1
  4. ޤާރީ

    މީހުންގެ ޕްރެޝަރ ބޮޑުވުމުން ދެއްކުމަށް ކޮށްލި ޓްވީޓެއް ތިޔައީ!

    116
    9
  5. ދޮންބެ

    ތީގެން ދެކޮޅަށްވެސް މާނަނެގޭ އެބަ. ތިޔަކުން އަސްލު ނޭންގޭ ސަލަފްގެ ދިފާޢުގަ ބުނި އެއްޗެއް ކަމެއް ނޫނީ ބޮޑުވަޒީރުގެ ދިފާއުގަ ބުނިއެއްޗެއްކަމެއް.

    103
    5
  6. ބޯހަލާކު

    ސާބަސް އިމްރާން ހައްގުބަސް ބުނުމުގައި ސާބިތުވެ ހުންނަވާތި ތާރީހުން އެނގޭގޮތުގައި އިލްމުވެރިން އެބޭކަލުންގެ އުމުރު ހޭ ދަކުރައްވާފައި ވަނީ ހުރަގޭގައި ވަޒީރުކަމުގެ ލައްޒަތައް ވުރެން ހުރަގޭގެ އެކަނިވެރިކަން މާ ރަނގަޅު އިލްމުވެރިން ގިނަ ފޮތްތައް ލިޔުއްވާފައިވަނީވެސް ޖަލުގައި

    58
    12
  7. ހުސް ފޭކު

    އަހަރެން ޤަބޫލެއްނުކުރަން މިހާރު ޢިމްރާން ހުރިވަޒީފާގެގޮތުން ދެކޮޅައް އެއްޗެއްބުނަން ކެރޭނެކަމަކައް އެއައްވުރެންމާ ފިނޑި އަދި އަމިއްލައެދޮންބޮޑުމީހެއް

    40
    3
  8. މަދިރި

    އަފްރާސީމް މަރާަލީ ހުމާމް އޭނާ އާއި ވާހަކަ ދައްކައިގެން އެންމެ ސާފް މައުލޫމާތު ލިބޭނެ ކަމައް ހީވަނީ

    23
    1
  9. ޝަމީމް

    މަޝަކައް ޝެއިޚް އިމްރާން ކުރިޓްއިޓުގަ ސަލަފްގެ ނަމެއް އޮއްތަނެއް ނުފެނުނު ވަގުތުގެ ނޫސްވެރިންނަ ފެނުނު ގޮތެއް މަޝައްކައް ނޭގޭ

    26
    2
  10. ޅަރާ

    ޝެއިޙް އިމްރާން ބްލެކް މޭލް ކުރަން ބޭނުން ކުރާ ވީޑިޔޯ/ފޮޓޯ އަކީ ދިވެހި ރައްޔިތުން ނާބެހޭ ކަމެއްނޫން. ދިވެހިންނައް މުހިމީ ދިވެހި ގައުމާ އިސްލާމް ދީން. ދީންއާ ގައުމްގެ ހައްގުގާ ތެދުވެ ވަޑައިގަންނަވާ.

    25
    2
  11. އަޙްމަދް

    ސަލަފްގެ ދިފާއުގައި ޝެއިޙް އިމްރާން ތެދުވެވަޑައި ނުގެންނެވުމުން އެެތައް ބައެއްގެ ފާޑުކިޔުން އިމްރާން އަށް އަމާޒުވަމުން އަންނަ މި ދަނޑިވަޅުގައި އެބޭފުޅާ ވިދާޅުވެފައި ވަނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ސައްހަ އަގީދާ ބަޔާން ކުރުމާއި އިލްމު ފެތުރުމަކީ އެބޭފުޅާގެ މަސްއޫލިއްޔަތެއް ކަމުގައި ދެކޭ ކަމަށް ބުނެފައެވެ.
    ——————————————————————————-
    ކޮބާތޯ ތިޝޭޚުންތަކުގެ ޢަޤީދާ އަކީ؟
    ކޮބާތޯ ތިޝޭޚުންތަކުގެ މަންހަޖަކީ؟
    އިސްލާމް ދީނުގެ ދެމަސްދަރު ކަމުގައިވާ قرأن އާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު ސުއްނަތުގައިވާ މުސްލިމު ވެރީންނަށް ކިޔަމަން ވުމުގެ ބާބު މީސްތަކުންނަށް ވަންހަނާކޮށްފައިވާ ބަޔަކުގެ އޮތީ ކޮން ޢަޤީދާއެއްތޯ އެވެ؟
    Holy Quran 4:59
    ------------------
    يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

    O you who believe! Obey Allah and obey the Messenger (Muhammad SAW), and those of you (Muslims) who are in authority. (And) if you differ in anything amongst yourselves, refer it to Allah and His Messenger (SAW), if you believe in Allah and in the Last Day. That is better and more suitable for final determination.

    8
    1
    • މަރްޔަމް

      އިސްލާމް ދީނުގަ ވެރިންނަށް ކިޔަމަންވާންޖެހޭ ރަގަޅު ވާހަކަ އެއް. އެކަމަކު އެ ވެރިން ފާޅުގަ އިސްލާމްދީނުގެ ހުކުމްތަކަށް ގޮންޖަހާނަަމަ ދީނަށް ފުރައްސާރަ ކުރާހިސާބަށް ދިޔާމަ ކިޔަމަންވުމެއް ނެއް

    • ނަސިިިމު.

      މިޤައުމުގައި އިސްލަާމް ދީން ނޫން ދީނެއް ގެނަުމަށް ރުހޭނަމަ ،އެއީ މިޤައުމުގައި ، ކޮންމެވެސް ދުވަހަކުން މިދީން ފޮހެލުމަށް ރުހި ޤަބޫލު ވުމެވެ.

  12. އޮޅުވާނުލާ

    އިމުރާނަކީ މަކަރުވެރިއެއް ދީނީއިލުމުވެރިއެއްނޫން

    42
    7
  13. ޒިޔާ

    Islam dheenuge sahha aqeedha bayaankoh, ilmu fethurumakee dheenee ilmuveringe massooliyyatheh.

    Islam dheenuge namugai hingaa hadhufahanalhaafaivaa amaluthaka Islam dheenuge haqqu dhauvathuge masahkayi e ee eh kamehge gothugai dhakkan masahkayi kurumakee varah bodu goheh.
    Don't spread wrong new to the public this what Imran said

  14. މަނިކު

    ޢިމްރާން ނުދައްކާނެ ސަލަފު ދިފާއުގައި ވާހަކަ، މަޤާމްގެ ދަހިވެތިކަން ބޮޑު ސޭކެއް

    48
    7
  15. އަދާލަތު

    الله أكبر النصر قريب إن شاءالله

    21
    2
  16. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޢިލްމާއި ޢަމަލުގައި އިންސާނުން ތިންބަޔަކަށް ބެހިގެންވެއެވެ. އޭގެތެރޭގައި އެނގިގެން ރަނގަޅަށް ކަންތައްކުރާ މީހުންނާއި، އެނގިގެން ނުބައިކޮށް ކަންތައްކުރާ މީހުންނާއި، އަދި ނޭނގި ނުބައިކޮށް ކަންތައްކުރާ މީހުންވެއެވެ. މިގޮތުން، އެނގިގެން ރަނގަޅަށް ކަންތައްކުރާ މީހުންނަކީ، މުއުމިނުންނެވެ. އެނގިގެން ނުބައިކޮށް ކަންތައްކުރާ މީހުންނަކީ، މުނާފިޤުންނެވެ. ނޭނގި ނުބައިކޮށް ކަންތައްކުރާ މީހުންނަކީ ޖާހިލުންނެވެ. "އިސްލާމް ދީނުގެ ސައްޙަ ޢަޤީދާ ބަޔާންކޮށް، އިލްމު ފެތުރުމަށް ހުރަސްއަޅަމުންދާ މީހުންގެތެރޭގައި ދީނީ އިލްމުވެރިން ނުތިބޭނެއެވެ.

    14
  17. ޞަފިއްޔާ

    ކަނާތު އަތުގައި ދިދަޖެހި ކާރަކާ ބޮޑު މުސާރަޔާއެކު ބޮޑު މަޤާމެއް! ވާތު އަތުގައި އިސްލާމްދީނާ ޤަވްމު! ކޮންމެވެސް އެއް އަތެއް ހުސްކުރަންޖެހޭ! ހުސްކުރާނީ ކޮން އަތެއް؟

  18. ދަބޯރަތޭ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  19. ސަގަރު

    ކަލޭ ރަގަޅު ތިހެން ކިޔަން

  20. ދިވެހި ސޮރު

    މި ނޫސްވެރިން މޮވަވަނީ.. ތެދުވުމަކީ އިސްތިއުފާދިނުން. ދެން އެއްޗެއް ބުނެލީ

    10
    2
  21. ދިވެހި މީހާ

    ސަލަފަކީ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޢަޤީދާ ވަރުގަދަކޮށް ދީނީއެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ.
    އެ ޖަމުޢިއްޔާ އުވާލައި އެ އެ ޖަމުއިއްޔާއިން ދީނަށްޓަކައި އުފުލަމުންދާ އަޑު ކަނޑުވާލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫނެވެ. ޢެ ޖަމުއިއްޔާ ގައުމުގެ ދީނީ އެއްބައިވަންތަކަން ދަމަހައްޓަން ކުރާ މަސައްކަތަށް ހުރަސްއެޅިގެން ނުވާނެއެވެ.

    21
    1
  22. ހައްޤު

    ތިޔަ ޓްވީޓުން މަށަށް ދޭހަވީ ދީން ފެތުރުމުގެ ނަމުގައި ހަރުކަށިކަން ފަަތުރަނީއޭ ދީނީ ޖަމާއަަތް ތަކުން.އެއްގޮތަކުންވެސް ސަލަފުގެ ދިފާއުގަ ހޯމް މިނިސްޓަރ ތެދުވިކަމަކަށް ދޭހައެއްނުވި.
    މަަރު ރިޕޯޓުންވެސް މަށަށް ދޭހަވީ އެމްޑީޕީގެ ސަޓޯއަކާ ސްމިތްއަކާ ރީކޯގެ ޖާ އަަފްރާޝީމްގެ ގަތުލުގަ ހިމެނޭކަމަށް.ސަލަފް އެ ގަތުލުގަ ހިމެނޭ ކަމަކަށް ދޭހަނުވި.

    9
    2
    • ލައިކް

      ރަންރީނދޫ ކުދިން ކިތަންމެ ވަރަކަށް ޑިސްލައިކް ޖެހިޔަސް ހަގީގަތަކީ ޑރ އަފްރާޝީމް މަަރާލިކަމަށް ރިޕޯޓުގަ އޮތީ އެމްޑީޕީގެ ހިތްވަރުގަދަ އެކްޓިވިސްޓުން(މިހާރު ތިބީ ދައުލަތުގެ މަތީ މަގާމުތަކުގަ ތިބި ބޭފުޅުން) ކަމަށް.ޑރ އަފްރާޝީމް މަރާލިކަމަށް ޕޮލިސް ތަހްގީގުން ހާމަވީވެސް މިބުނާ ބޭފުޅުން.ފަންޑު ކުރިކަމަށް ވެސް ކިޔާ އުޅުނީ އެމްޑީޕިއަންސް ކަމަށް.ކަމެއްނެތި މަގުމަތީ ހަރަކާތްތަކުގަ އުޅުނު ހުރިހާ ގުންޑާއިންނަށް މިސަރުކާރުގެ މަތީ މަގާމުތައް ދިންފަހުން މަގުމަތި ވަނީ އަމާންވެފަ.ހުދު ރައީސް ސޯލިހްވެސް ވަނީ މިކަން ފާހަގަ ކުުރައްވާފަ

  23. ސަމީރު

    މީނާ މިހާރުދެން ރައްޔިތުންނައަ ދައްކާނެ މޫނެއް ނެތިގެން ކޮއްލި ޓުވީޓަކާ ބޮޑައް ވައްތަރީ..

  24. ޔެސް

    އަފްރާޝީމްގެ ވާހަކަތަކަށް ޢިލްމީގޮތުން ރަައްދުދީ ސަލަފުން ނެރުނުކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ފަތުވާގައި ސޮއެކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ޝެއިޚް އިމްރާނުވެސް ހިމެނޭ!