ލާދީނީ މީހުންނާއި ދެކޮޅަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސައިކަލު ބުރެއް ފުލުހުން ހުއްޓުވައިފިއެވެ.

ހުޅުމާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ ސައިކަލު ބުރު ހުއްޓުވީ ލާދީނީ މީހުންނާއި ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

ޒުވާނުން ގޮވާލަމުން ދިޔައީ "ލާދީނީ ފިކުރަށް" މި ގައުމުގައި ޖާގައެއް ނެތް ކަމަށެވެ.

ފުލުހުން ސައިކަލު ބުރު ހުއްޓުވާ ވީޑިއޯއެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެ މީހުން ހުއްޓުވުމަށް ފަހު ފުލުހުން ވިދާޅުވީ، މި ހުއްދަ ހޯދައިގެން ކުރިއަށް ގެންދާ ކަމެއްތޯ"އެެވެ.

ޒުވާނުން ބުނީ، "އަޅުގަނޑުމެން ހުއްދަ ނުހޯދަން، މި ހަމަ އެކަނި ދުއްވާލަނީ. ތަނަކަށް މަޑުކުރާގޮތަކަށް ނޫން އޮތީ، ތިބޭފުޅުން ފުރަތަމަ ހުއްޓުވީވެސް"

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙުއްތު

    މަގުމަތީގައި ސައިކަލް ދުއްވުމާއި ހިޔާލު ފާޅު ކުރަން ހުއްދަ ބޭނުންވޭތަ.

    87
    6
  2. Anonymous

    ނުޖެހޭނެ ހުއްދަ ހޯދާކައް. ފުލުހުން ތިގޮތައް ކަންތައް ކުރާ ނަމަ ގޯށްވާނެކަން ހަނދާން ކުރާތި

    86
    4
  3. ހޮނޑާފުށި

    ލާދީނީ އޮވޭ 2 ފިކުރެއް ، ހަރުކަށި ޑޮޓް ފިކުރާއި ލާދިނީނއެމްޑިއެން ފިކުރު

    28
    3
    • އަހްލު

      ޢަޙްލު އްސުންނާ އަކީ އެންމެ ރަނގަޅު އަދި ދީނީ ފިކުރު..

      11
  4. އެންދެރި

    ދީނައް ފުރައްސާރަ ކުރާ މައްސަލައިގަ ރާއްޖޭ ގެ ހުރިހާރައްޔިތުން ހޭލުންތެރި ކުރުވަން ބަޔަކު ނިކުންނަން ވީއެވެ. ފުރައްސާރަ ކުރުމުގެ ހުކުމް ކިޔާ ދޭން ވީ އެވެ.

    32
  5. ޖިންނި

    ފުލުހުންނަށް ބުނެލަން އޮތީ އަހުރެންވެސް ލާދީނީ މީހުންނަށް ނަފްރަތު ކުރަމޭ

    40
  6. Anonymous

    ކޮބާ ޑރ. ޖާހިލު އިޔާޒޫ؟

    5
    1
  7. އިއްބެ

    ލާދީނީ މީހުންގެ ދިފާޢުގައި ތިބީ ޑިމޮކްރަސީގެ ނަމުގައި މީސްތަކުން ޖަހަންނަމައަށް ގެންދަން މަސައްކަތްކުރާ މީހުން.