ޤާނޫނީ ހަމަތަކުގެ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލެވެނެ އެއްވެސް ގޮތެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމް އިން މިރޭ "ހިބަރު ވަދު" ގެ ނަމުގައި ބާއްވަމުން ގެންދަވާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާނޫނީ ހަމަތަކުގެ މަތިން ޔާމީން ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއިރު ދައުލަތުން ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ ޙުކުމް އިއްވުން ވަނީ އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީން ޖަލަށް ލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ވިދާޅުވުމަށް ފަހު އާދަމް ޝަރީފް ވިދާޅުވީ ޤާނޫނީ ހަމައެއް ނެތް ނަމަވެސް ކޮންމެ ފަދަ ޙުކުމެއް ވެސް ކޯޓުން ކޮށްފާނެ ކަމަށެވެ. ސަބަބަކީ ޝަރުޢީ ދާއިރާ މިހާރު ސަރުކާރުން ހައިޖެކް ކޮށްފައި ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދައްނަވާލަން ބޭނުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރަމުން ގެންދާ ސިޔާސީ ދައުވާ ހުއްޓާލާށޭ. އެމަނިކުފާނު ޖަލަށް ލެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ. ސިޔާސީ ގޮތުން އެމަނިކުފާނަކީ މިނިވަނެއް. 2023 ވަނަ އަހަރު މިގައުމުގެ ވެރިކަން އެމަނިކުފާނު ކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީނަކީ ވަރުގަދަ ސިޔާސީ މުފައްކިރެއް، އަދި ވަރުގަދަ އިޤުތިޞާދީ މާހިރެއްގެ އިތުރުން ކުޅަދާނަ ޤާނޫނީ ވަކީލެއް ކަމަށެވެ. އެކަން ޝަރީޢަތުގައި އެމަނިކުފާނު ސާބިތުކޮށްދީފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ މިޒަމާނުގެ ތަރައްޤީގެ ބާނީ. އެމަނިކުފާނު މިގައުމުގެ ސިޔާދާތާއި ކަރާމާތާއި މިނިވަންކަމާއި އިސްތިގުލާލް ދުނިޔޭގައި އެކި ސަރަހައްދުތަކުގައި ދެމެހެއްޓި ކަމަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވަން. އެމަނިކުފާނު މިއަދާއި ހަމައަށްވި ގުރުބާނީއަށް ސެލިއުޓް ކުރަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީން ކުރައްވާފައިވާ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑެތި ޒާތީ ހަސަދަވެރިކަމެއް ބައެއްގެ ހިތުގައި އެމަނިކުފާނާއި ދޭތެރޭގައި އެބައޮތް ކަމަށެވެ. "އެމަނިކުފާނުގެ ގާބިލްކަން އެނގުނުވަރަކަށް ހަސަދަވެރިކަން އިތުރުވޭ. ކޮންމެ ގޮންޖެހުމަކާއި އެކު ވެސް ދައްކަމުން އެގެންދަނީ އެމަނިކުފާނު ފަދަ ދެވަނަ ވެރިއެއް އަދިވެސް ނެތްކަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވެރިކަމަށް އެއްއަހަރު ވެގެން ދިޔައިރު ދެބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުގެ އެކި ވެރިންގެ ގޮތުގައި އާއިލާ މެންބަރުންނަށް ބަހާލައިފި ކަމަށެވެ. "ތާރީޚްގައި ވެސް މިވަރުގެ އާއިލީ ވެރިކަމެއް. ލަދުގަންނަން ޖެހޭނެ މިއަދު އެހެން މީހުންގެ ވާހަކަދައްކަން." އާދަމް ޝާރިފް ވިދާޅުވިއެވެ.

މަރު ކޮމިޝަނެއް ހަދައިގެން ޓާގެޓް ކޮށްގެން މަސައްކަތްތަކެއް ކުރަމުން އެބަގެންދާ ކަމަށާއި ނަމަވެސް އެ މަރުކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުން އެމީހުން ކޮށްފައި ހުރި ކަންތައްތައް ދަނީ ފާޅުވަމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު މ.

    ސުރުހީ ރަނގަޅު ކޮށްދެއްވާ.

    ''ޤާނޫނުގެ ތެރެއިން ޔާމީން ޖަލަށް ލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ.''

    9
    1
  2. ބޮކި

    އެހެންތަ ؟ އޭނާ އަކީ ހަމަ އަލިފެއް ތަ ؟

    4
    10
  3. ދަތްދޮޅި

    ދެން ނިކަމެތިމީހެއްވިއްޔާ ޖަލައްލެވޭނެ ގޮތްތޯ އޮތީގާނުނުގަ

    4
    8
  4. ގޯރުނުދޯރު

    "އަޅުގަނޑު ދައްނަވާލަން ބޭނުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރަމުން ގެންދާ ސިޔާސީ ދައުވާ ހުއްޓާލާށޭ. އެމަނިކުފާނު ޖަލަށް ލެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ. ސިޔާސީ ގޮތުން އެމަނިކުފާނަކީ މިނިވަނެއް. 2023 ވަނަ އަހަރު މިގައުމުގެ ވެރިކަން އެމަނިކުފާނު ކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

    މަޑުއްވަރީ ދާއިރާގެ ގޮނޑި ގުރުއަތުން ނެގުނީމަ މީނަގެ ސައިޒު އޮޅިގެން އުޅޭހެން ހާދަ ހީވޭ!!

    2
    11
  5. ޝޭޚްރުޝްދީ

    ވަރަށް ފުރިހަމަ .. ތިމީހުން ދުވަހަކު ވެސް ނުބުނޭ ޔާމީނު އެފައިސާ ނުނަގައެކޭ. އެ ވައްކަން ނުކުރެއެކޭ.. އަބަދުވެސް ބުނަނީ ނުހިފޭނޭ، ޖަލަކަށް ނުލެވެނެ.

  6. ޙޫންގު

    ޢާދަމް ގެވީމަ ހު އްދަނެތި ނުލެވޭނެ.....
    .

  7. ހޮނޑާފުށި

    އެމަނިކުފާނު ރަ އްޔިތުންގެ ފަ އިސާ ނުހަ އް ގުން ކަ އިފަ ހުރި އްޔާ ލެވެންވާނެ

  8. ބިޑި މޫސަ / ރ.ފައިނު

    ޔާމީނާ އާދަމް ޝަރީފް ޖަލަށް ލެވިފައިވާ ދުވަސް އިންޝާﷲ ދެކޭނަން.