މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވި ހުސެއިން މުހައްމަދު ލަތީފް ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާގައި ހުސައިން ވަނީ ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު އޭނާގެ ފޯމް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ސްޓޭޖަށް އަރާވަޑައިތުމަށްފަހު މެމްބަރު ހުސެއިން ވަނީ "ސަޕްރައިޒެއް" ދޭން ބޭނުންފުޅު ކަމަށާއި ޖަލްސާގައި ހާޒިރުވެވަޑައިގެން އިންނެވި ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ސްޓޭޖަށް ވަޑައިގަތުމަށް އެދިލެއްވިއެވެ. ޔާމީން ސްޓޭޖަށް އަރާވަޑައިގަތުމުން ހުސެއިން ވަނީ އޭނާގެ މެމްބާޝިޕް ފޯމު ޔާމީނާއި ހަވާލުކުރައްވާފައެވެ.
ހުސައިން 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވީ ވެސް ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކަމިޔާބު ވުމުން އޭނާ ވަނި ޕީޕީއެމް އާއި ފެއަށް ޖެހިވަޑައިގެންފައެވެ.
މިރޭ މެޑަމް ފާތުން ވ.ރުޅިއަންނާނެ!
ޝުކުރިއްޔާ ޢިއްޒަތްތެރި މެމްބަރު. ﷲ ގަންދީ ތިބާ ކުރިހުވާ ތެދުކޮށްފީމު. ﷲ ތިބާ އަށް ހެޔޮ ރަޙުމަތް ލައްވާށި! އާމީން.
ﷲ ދެނެވޮޑިގަންނަވާނެ މީކިހާ ނުލަފާ ނުބައި މީހެއްކަން ކިތަންމީހުގެ މުދަލައްއަރާ، ކޮރަޕްސަން ނުބަކަމުން ނުކުރާކަމެއްނެތް. މިކަހަލަ ނުބަމީހޫންގެ ކިބައިން ސަލާމަތް ކޮއްދެއްވާށި.
ރައްޔިތުން ކައިރީ މިނިވަން މެންބަރެއްގެ ގޮތުގަ ހުންނާނަމޭ ކިޔާފަ ބަދަލުވީ
މީނާއަކަށް ޔާންޓޭއާ ދުރެއްނުވެވޭނެއްނު ހަމަރަނގަޅައް މަޅީގައިޖެހި ނިމިފައި ...
މީ ކުރިންވެސް ޕީޕީއެމް މީހެއް.އިސްތިހާރުވެލަން ސޮއި ކޮށްލީ.