ލަނޑާ ނަގާ ދޯންޏެއްގައި ހުއްޓާ ވަޅިން ހަމަލާދީ ޒަހަމް ކޮށްލުމަށް ފަހު ކަނޑަށް އެއްލާލި ޒުވާނާ އުޅެނީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެންކަމަށް އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އިން ބުނެފިއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި އަންހެން ކުއްޖާ މިހާރު ބަނޑުވެސް ބޮޑެވެ. އެ މައްސަލަ ބެލުމަށް މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން މަސައްކަތް ވެސް ކުރިކަމަށާއި ޒަހަމްވި ޒުވާނާގެ ގުރޫޕުގައި އުޅޭ މީހަކު އުމުރުން 9 އަހަރުގެ ކުއްޖަކާއިވެސް ކައިވެނި ކޮށްގެން އުޅޭ ކަމަށް މައުލޫމާތު ލިބޭކަމަށް ނޫހުގައި ބުނެފައި ވެއެވެ.

އެ މީހުން ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ވެސް އަދި އެހެން އިދާރާއަކުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އުމުރުން 26 އަހަރުގެ އެ ޒުވާނައަކީ ރ.މަޑުއްވަރީއަށް ނިސްބަތްވާ ޒުވާނެކެވެ.

ތޫނު އެއްޗަކުން ހަމަލާދީ އެ ޒުވާނާ ކަނޑަށް އެއްލާލުމުން އޭނާ ވަނީ ފަތާފައި ގޮސް އއ.މާޅޮހަށް އަރާފައެވެ. އެރަށުން އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    ސީއެން އެމް އަކީ ލާދީނީ ކަންކަން ފަތުރާ އެމްޑީޕީގެ ލާދީނީ ގޮތްޕެއް

    73
    18
  2. Anonymous

    އުމުރުން 13 އަހަރު 9 އަހަރު ތިިޔަނި ޙަޤީޤަތް ބަލާފަތޯ. ހަބަރު ފެތުރުމުގެ ކުރިން ސައްހަ ކަން ބަލަން އެބަޖެހޭ.. ތިޔައީ ވަކި ބަޔަކު ބަދުނާމު ކުރުމަށް ބޭނުން ކުރާ ހަތިޔާރެއް

    89
    8
  3. ޚާން

    ދެން ކޮބާ މައްސަލައަކީ

    65
    16
  4. ސުމީ

    ކުއްޖާ ބާލިޣު ވީމަ 18ނުވިޔަސް އެއީ ބޮޑު މީހެއް. މައިންބަފައިން ގެ ރުހުން ލިބިގެން ކައިވެނި ކުރުން އެއީ މައްސަލަ އެއްބާ؟ މިރާއްޖޭގައި ހަމައެކަނި 18 ވީމާ ބޮޑު މީހަކަށް ވާ އުސޫލު އެއީ އިސްލާމް ދީނުގައި އެކަން އޮންނަ ގޮތެއްނޫން.

    148
    18
    • މޮޔައެނޮނިމަސް

      ހަތް އަހަރުން ބާލިކު ވެއްޖެނަމަ ދެން ކިހިނެއް ބާ ހަދާނީ

      42
      19
      • .....

        ދެންް ހަދާނެގޮތްވެސް އެބަ އޮތް ސާފުކޮށް އެނގެން އިސްލާމް ދީނުގަ އި.... އިލްމުވެރިންގެ ކިބަ އިން އަހާ އޮޅުން ފިލުވުގެ ފުރުސަތު އެބަ އޮތް އެންމެނަށްވެސް.... އަހަރެންނަށް ނޭނގުމަކީ ނެތުމެ އްނޫން....

        63
        4
  5. ޒޭ

    ކައިވެނި ނުކޮށް ރައްޓެހިވެގެން ބޭނުންހާގޮތަކައް އުޅުން މައްސަލަ އަކަށް ނުވާނެ މިރާއްޖޭގައި.

    158
    6
  6. ކާކު

    މިހިރަ ކޮމެންޓްތައް ކިޔާފަ އެނގިއްޖެ ސަލަފުން ދިވެހިން ވާވައްދާފަވާ މިންވަރު

    33
    102
    • ޗިބޫ

      ސަލަފޭ ކިޔަން ލަދުގަންނަންޖެހޭ. ހޯރަ އިއްބެ ޒިނޭކުރީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ. އެކަމަކު އެމްޑީޕީ ވެރިކަމަށް އައިގޮތަށް ފުރަތަމަވެސް އޭނަ ދޫކޮށްލީ. މިއީ އެމްޑީޕީގެ ފިކުރު. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ؟

      98
      7
      • ކާކު

        18 އަހަރު ނުފުރޭ ކުޑަކުއްޖެއް؟ ކުޑަކުއްޖެއް؟ ތީރުން 13އަހަރު ކުދިން މާ ކުޑަވާނެއެއްނު. ޝުކުރިއްޔާ ނޭނގިނަމަވެސް ސަލަފުގެ ރައުޔާ މިތާކޮމެންޓް ކޮށްފަ މިތިބަ ބައެއްމީހުން ގެ ވިސްނުމާ ދިމާއިދިކޮޅަށް 18 އަހަރު ނުވަންޏާ އެއީ ކުޑަކުދިންކަމަށް ގަބޫލު ކުރުން. އަދި ތި ކޮމެންޓަށް ލައިކް ކޮށްފަ ތިބި 42 މީހުންނަށް ވެސް ހެޔޮ ވިސްނުނީތީ އެކަލާނގެއަށް ހަމްދު ކުރަން. #ހޯރައިއްބެހައްޔަރުކުރޭ

        12
        3
        • ކނ

          އެކިޔަނީ ގާނޫނީ ގޮތުން ކުޑަކުއްޖެކޭ!...އެވަރުވެސް ނޭނގުނެއްނު...

          2
          8
    • ހޯރަ

      ކުޑަ ކުދިންނާ ބެހުމަކީ އެމްޑީޕީއިން ތާއީދުކުރާ ފިކުރެއްކަން ހޯރަ އިއްބެ މައްސަލައިން ވަރަށް ސާފު. އަނެއްކޮޅުން ރާއްޖެ އެމްވީއިން ރިޕޯރޓްކޮށްފަ އެބަ އޮތް ޒަހަމްވި މީހާއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ވަހީދު ހުވާކުރި ދުވަހު ވީޓީވީއަށް ހަމަލާދީގެން ހުކުމެއް އައި މީހެއްކަމަށް. އެއީ އެމްޑީޕީ ފިކުރު. އެމީހާ އެއީ އެމްޑީޕީ މީހެއް. ކޮން ތާކުބާ މިޖެހެނީ. ކާކުބާ ވާވެއްދިފަ ހުރީ؟

      9
      5
  7. ދދދދދދ

    ހަމަލާދީފަވާނީ ޝޭޚުންނަށް ޖެއްސުމަށް ގަންޖާގެ ރޭވުމަކުން ކަމަށް ބޮޑަށް ބެލެވެނީ

    46
    10
  8. Anonymous

    އަވަސް ޝިފާއެއް ދެއްވާށި

    6
    3
  9. ވާނުވާ

    އޭނަ ކުށެއް ކުރި ކަމުގައި ވާނަމަ ދައުލަތުގެ މުއައްސަތާތައް ހުންނާނެ އެކަންކަން ބެލުމަށް ޚާއްސަ ކުރެވިފައި. ޖަންގަލގެ އުސޫލުން ކަންކަން ހައްކު ރަން މަސައްކަތް ކުރާ ނަމަ އޭގެ މާނައަކީ މުއައްސަސަތައް ވަނީ ޕެރަލައޒް ވެފައޭ.

  10. ރާޅު ބޯއީ

    މަޖޫނޫނަކު ބުނާތީ އެހިން މިހާރު ވަރަށް ގައުމު ވަރަށް އަމާން ކުރެވިއްޖެއޭ. ވަޅިހެރުން ކަހަލަ ކަންކަމެއް ނުހިނގަޔޭ. މުޖުތަމައު އަމާނެ އޭގެފަހުން ނޫސްތަކުން އެނގިގެން ވެސް 2 ވަޅި ހަރައިފި.

  11. ސޭކްސްތާން

    ތިޔަ ސީއެންއެމަކީ މަރު ކޮމިޝަންގައި އުޅޭ މިސްބާހު ހިންގާ ލާދީނީ ފިކުރުގެ އެމްޑީޕީ ނޫހެއް. ނުވާނެ ތެދަކަށް. އަހަރެމެން ކިޔާ އުޅޭ އެއްޗެއް ނޫންތީކީ.

    2
    1
  12. ޓިނު

    އެއީ ދީންނުގައި އެކަންއޮތްގޮތް ތިވާހަކަ ނުދައްކާ ސަލަފު ރުޅިއަންނާނެ؟

    4
    1
  13. ޢަޒްރާ ޢަލީ

    9 އަހަރުވިޔަސް ބާލިޣު ވީމާ ބެލެވޭނީ ތަސައްރަފް ފުދުނީކަމައް އިސްލާމްދީނުގަ އޮންނަނީ ބާލޣު ވީމާ މައިންބަފައިންނާއި އަންހެން ކުއްޖާގެ ރުހުމުގަ ކައިވެނިކުރުން އެއީ ސައްޙަ ގޮތް ކަމައް ރ މަޖިލީހަކުންނެއް ނޫން ބޮޑު ކުޑަ ކަނޑަ އަޅާނީ އަންހެނުންނައް ލިބިފަވާ މިނިވަންކަމާއި ހައްގުތައް ކ ގްރްއާނުގެ އައްނިސާ ސޫރަތާއި އޭގެ މާނަ ބަލާލީމަ އެނގޭނެ ބައްލަވާލައްވާ އުނގެނުމަކީ އަލިކަމެކެވެ. ނޭނގުމަކީ އަނދިރިކަމެކެވެ.

    6
    3
  14. ....

    ދެން ކޮބައްޔޯ މައްސަލަ އަކީ ... އެހެން ނޫނީ މި ދިވެހިން މި އުޅެނީ ފާފަ ނުކޮއްތަ ... އަސްލާމްްދީީންް ގަ އަންހެންކުއްޖަކު ބޮޑުވިއްޔާ އެނިމުނީ... 18 އަހަރު ނުވަނީހެއްނޫންތަ ޒިނޭތް ކޮއް ވިހާ ހަދަނީ އެ... އޭރު ނުވޭތަ އެ ކުޑަކުއްޖަކައް...

    9
    1
  15. އުމަރުމަނިކު

    އަންހެންކުއްޖަކު ބާލިއުވުމުން ކާވެނިކުރުން އިސްލާމްދީން ހުއްދަ ކުރޭ. މައްސަލައަކީ ރާއްޖޭގެ ހެދިފައިވާ ޤާނޫނަށް ފުށުއަރާގޮތަށް ކާވެނި ކުރުން. މިސާލަކަށް އަހަރެން އަންހެން ދަރިފުޅު 13 އަހަރުފުރީނީމަ ރާއްޖެއިން ބޭރަށް ގޮސް ކާވެނިކޮށް މިރާއްޖޭގެ ކޯޓުތަކަށް ނޭގުން. ފެންނަ ކޮންމެއް އަންހެނަކީ އެފަދަ ފިރިހެނެއްގެ އަންހެނުންވާކަމަށްވަންޏާ ކޯޓުތަކަށް ގޮސް ކާވެނިކުރުން އެއީ މުހިއްމުކަމެއް ނުދެކި ފާހިޝް އަމަލު މިރާއްޖޭގެ ގިނަވުން... ﷲގެ ކޯފާއަށް ބިރުވެތިވޭ.-

    7
    1
  16. ޢާލިމް

    އަހަރެންގެ 14 އަހަރުގެ ދަރިފުޅު ރަނގަޅު ފިރިހެނަކާ އިންނަން ބޭނުމިއްޔާ އަވަހަށް އިންނަންވީ. ކައިވެނި ނުކޮށްދީ ހުއްޓާ އިބިލީހުގެ ވަސްވާހުގައި ޖެހި ޒިނޭކުރުމަށްވުރެ އެގޮތް މަށަށް މާ ރަނގަޅު.

    7
    2
  17. ރޯނު

    ހަތް އުޑު މަތިން ގާނޫނު ތައް ބިމާ ހިސާބައް އަންނަނީ ހުރިހާ ގޮތަކުން ދިރާސާ ކުރެވިގެން. އިންސާނުންނައް އެކަންތަކުގެ ގޮތްް ނިންމަން ނޭގޭނެ.