އެމްޑީޕީގެ ނައިބު ރައީސް ކަމަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އިންތިޚާބު ނާކާމިޔާބުވެ، ރައީސް ޞާލިހްގެ ތާއީދު އޮތް މިނިސްޓަރ މުހައްމަދު ޝިފާޒް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަން "ވަގުތު" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާ އިން ކަށަވަރު ވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސް ހޮވުމުގެ އިންތިޚާބުގައި އަސްލަމަށް ތާއިދު ކުރައްވާކަން ނަޝީދު ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އަސްލަމާއި ނަޝީދު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވީ އެކުގައެވެ. އެހެންކަމުން ނަޝީދުގެ "ކެންޑިޑޭޓަކީ" އަސްލަމް ކަން އޮތީ ޔަގީން ވެފައެވެ.

ރައީސް ޞާލިހް ވެސް ޝިފާޒަށް ތާއިދު ކުރައްވާކަން ރަސްމީކޮށް އިއުލާނެއް ނުކުރައްވައެވެ. ނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުން ފެނުނީ ޝިފާޒްގެ ކެމްޕޭނުންނެވެ. އެހެންކަމުން ޝިފާޒަކީ ރައީސް ޞާލިހްގެ "ކެންޑިޑޭޓް" ކަން އޮތީ ކަށަވަރު ވެފައެވެ.

މިހައިތަނަށް "ވަގުތު" އަށް ލިބިފައިވާ ނަތީޖާތަކުން ޝިފާޒަށް ލިބިފައި ވަނީ 10،552 ވޯޓެވެ. އެބޭފުޅާ އާއި ވާދަ ކުރެއްވި އަސްލަމް އަށް ލިބިފައި ވަނީ 7،503 ވޯޓެވެ. މިއާއިއެކު އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ޝިފާޒް އަށް ވަނީ ކަށަވަރު ވެފަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނިކަމެތި އަޅާ

  ނަސީދުގެ ސަޕޯޓް ދުވަހުން ދުވަހަށް ދަށްވެ ޖަލަށް ދާން ނުޖެހެނީސް މިގައުމު ދޫކޮށް ފިލައިގެން ދިއުމަށް ނަސޭހަތްތެރިވަން.

  50
  1
 2. ތިބާ

  ރައީސްއާ ނަޝީދަކީ ހަމަ ދެހަށިގަނޑެއްގައިވާ އެއްފުރާނަ. ޝިފާޒް ތި ހޮވާނީ އަސްލަމަށް އާ ގައުމެއް ހަދާ އެގައުމުގެ ރައީސްއަށް އައްޔަން ކުރަން ނިންމާފަ އޮތީމަ ކަމަށް ވެދާނެ ނޫންތޯ؟ ބޮޑެތި ސިކުނޑިތަކުން ވިސްނާނީ ނިކަން ބޮޑުކޮށް.. އަސްލަންޓޭ ކަޓުވައެއްނުލާނެ އެއަށްވުރެ ބޮޑު އެއްޗެއް ދޭން ނެތްނަމަ.

  27
  2
 3. ކަންނެލިއޮޑި

  ނަޝީދޫ ތިބާގެ ވުޖޫދު މިގައުމުގައި ކުޑަވަމުންދާކަން އެނގޭތަ.

  46
  1
 4. ވަސީމު

  ނަޝީދު ތާއީދު ކުރީ އަސްލަމަކަށް ނޫން... ނަޝީދު ކަޓުވަން އުޅުނީ އަސްލަމް. މިއީ ހަގީގަތަކީ

  21
  7
 5. ކާފަ

  ކޮބައިތަ 87000 މެމްބަރުން.

  37
  2
 6. Anonymous

  ނަޝީދުގެ ހަދުހަޔާތް ނެތްކަން އެބަ އިނގޭ... 13 އަހަރަށް ނަޝީދު ޖަލަށް ލައި ޕާޓީ ބައިބައި ވެފައިވަނީ ކޮށް ޕާޓީގެ ލިޑަރ ޝިޕް ކޮޅަށް ނަގާ އަދުގެ ސަރުކާރު ގެނެސްފައި ހުރީ ޝިފާޒްގެ ބުރަމަސައްކަތުން. އެއީ ޙަޤީޤަތް... ނަޝީދުގެ ލަދުކޮބާ އަސްލަމް އާއި އެކު ކެމްޕޭން ކުރަން

 7. ޙަސަން ޒަރީރު

  ފެނިގެންމިދިޔައީ އެމްޑީޕީ ގެ ތަސައްރަފް ގުދިފައިވާ މެމްބަރުން އިސްލާމްދީނަށް ކުރާލޯބި
  ލާދީނިއްޔަތު ފަތުރަން ނޭދޭ މިންވަރު އައްނި ތާޢީދު ނުކުރިނަމަ އަސްލަމް ނައިބުރައީސް ވޯޓް ކާމިޔާބުކުރީސް އެމްޑީއެންގެ ތަރުޖަމާނަކަށްވެގެން މަޖިލީހަކީ ވެރިކަން ހިންގާ މައިއިދާރާއަށް ހަދައިގެން ބަރުލަމާނީ ނިޒާމުގައި ވެރިކަން ކުރާބީދައިން ޤައުމު ހިންގަންނޫޅުނިއްޔާ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއް މިރާއްޖެއަކަށް ބޭނުމެއް ނޫނޭ ރައްޔިތުން އޮތީބުނެފަ އެކަން ނިއްމާނީ ރައީސުލް ޖުމްހޫތިއްޔާއޭ ކިޔައިގެން ބޮލަކަށްނޭރެވޭނެ ބޮޑުވަޒީރުކަން ކުރޭހުވަފެނުގަ

  1
  1
 8. ތާއީދު.

  ނަޝީދު އައްޑޫމީހުނަށް ތާއީދެއްނުކުރާނެ އަދި ސާލިހުއާ ނަޝީދު ދެމީހަކަށް ތާއީދެއްނުކުރާނެ. ދެމީހުން ދެމީހަކަށް ތާއީދު ކުރާކަންދައްކަނީ އޮޅުވާލަން. ނަޝީދު ބޭނުންވަނީ އައްޑުމީހުންނަށް ހެޔޮއެދޭކަންދައްކާ އެތަނަށް ސިޓީކިޔާ އެ އަތޮޅު ( އަޅުގަޑު އަތޮޅުކިޔަނީ ދިވެހިރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗައް އެކުލެވިގެންވާ ޖަޒީރާ ރައްތަކެއް ހުރި ޤައުމެއް މި ރާއްޖެއަކު ނުހުންނާނެ ސިޓީއެެއް މާލެއަކީވެސް ދިވެހިރާއްޖޭގެ ވެރިކަންކުރާ ރައް އެހެންވެ. ނަޝީދު ރާއްޖޭގެ ޖަޒީރާކަން ކަޑުވާލަން ސިޓީ ކިޔަސް ރާއްޖެއަކީ ޖަޒީރާ ތަކެއް ) ނަޝީދު ބޭނުންވަނީ އައްޑު އިނއޑިޔޣެ ވިލެޖް ފެންވަރުގަ ބާއްވަން.

 9. ބިޖޫ

  ކޮބާތަ 90000 ހާސްމީހުން 50 ހާސްވެސް ތިޕާޓީގަ މިހާރަކު ހަމައެއްނުވާނެ މިހާރުއިނގޭދޯ ވޯޓުން ވައްކަން ކުރެވިއްޖެކަން ވ ސަލާމް ކޮބާ އައި ޕީ ކޯޓް އަމްރު ކޮބާ

 10. އީސާ މަސީހު

  އަސްލަމު ފަހަތުގާ ހުރީ ކެނެރީގޭ މުހައްމަދު ނަށީދާ އޭނަޔައް ސަޕޯޓުކުރާ މަދުބަޔަކު ށިފާޒު ފަހަތުގަ ހުރީ ރައީސް އިބޫ ގިނަމީހުން މިހާރު އަންނި ބަލަޔެއްނުގަނޭ އޭނަގެ އަހުލާގާ އޭނަގެ ބަސްމަގާހުރެ އައްޑޫމީހުން ނިދިން ހޭލާން ނުޖެހޭތޯ މީފުކެއް ބޮޑުވަރުދޯ އަސްލަމް ކޮންމެ ކަމަކައް ގުރުބާން އެބަކުރޭ އަހަންނަކީ އެމްޑީޕީމީހެއް އަސްލަމާދޭތެރޭ ކަންތައްކުރިގޮތުން އެމްޑީޕީއާ އިދިކޮޅައް ދެންމަސައްކަތް ކުރާނީ އައްޑޫމީހުންނާނުލާ އެމްޑީޕީގެ ކުރިމަގެއް ނޯންނާނެ

 11. Anonymous

  ނަޝީދު ސަޕޯރޓްކުރަނީ އަސްލަމަށް ކަމަށް ބުނާނަމަ އޭގެ އިނދިކޮޅަށް ދެކެންޖެހޭނީ. ހަޤީޤަތުގައި ނަޝީދުވެސް ވަރަށް ބިރުގަނޭ އައްޑޫ މީހުން މަތިފަޑިއަށް އަރުވަން. އެހެނަސް އައްޑޫގެ އާބާދީ ބޮޑުވީމަ އިންތިޚާބުތަކަށް އައްޑޫގެ ވޯޓު މުހިއްމު. އެވޯޓް ލިބެން އޮތީ އައްޑޫ މީހުން ހައްދައިގެން. ނަޝީދުއަށް އެނގޭ ކަމެއް ކޮށް ނުދިނަސް އައްޑޫ މީހުންނަކީ މޮޅުވާހަކައަށް ހެއްލޭ ގަޅިހެއްދޭ ބައެއްކަން. އެހެންވެ ނަމުފައި އަސްލަމަށް ތާއީދުކުރިޔަސް ހަޤީޤަތުގައި އަންނި ބޭނުންވީ އާރެއްބާރެއްނެތް ގަޅި ހޮވަން. އަހަރުން ގޭގައި އުޅޭ އެމްޑީޕީ މީހުންވެސް ބުނެފަވަނީ އަސްލަމަށް ވޯޓުނުދޭން ނަޝީދު ބުނެފައިވާކަމަށް.
  ދެން އައްޑޫ މީހުން ތިބޭ އަތްޖަހަން.

  1
  1