ރާއްޖޭގެ މަދުވަމުންދާ ފެހިކަން އިތުރަށް އާލާކޮށް، ރުއް އިތުރުކުރުމަށް "ބެއްޔާ" ގެ ނަމުގައި ޓީޝާޓު ތަކެއް މިއަދު ލޯންޗް ކޮށްފިއެވެ.

މިއަދު ހުޅުލޭގައި ހުންނަ މޯލްޑިވިއަން ސީޕްލޭން ޓާމިނަލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ހަރަކާތް ލޯންޗް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު މިފެށި ކެމްޕެއިންގެ ސަބަބުން އިޖްތިމާއީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި މިކަމަކީ މިއީ ރާއްޖެއަށް ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެށް ކަމަށެވެ. އެގޮތުން އެ ޓީޝާޓު ބައްލަވައިގަތީމަ ރާއްޖޭގެ ކޮންމެވެސް ހިސާބެއް ފެހިވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މިއަދު ފެށި ކެމްޕެއިންގެ ސަބަބުން ގިނަ ރައްޔިތުންނަށް ރުކާއި ބެހޭ ގިނަ މައުލޫމާތު އެނގިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު މީޑިއާތަކާއި ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖަސް

މީޑީއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ "ބެއްޔާ"ގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އާދިލް ވިދާޅުވީ، ޓީޝާޓު ބައްލަވައިގަތުމާއެކު އެ ބޭފުޅެއްގެ ނަމުގައި ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ރުކެއް އިންދޭނެ ކަމަށެވެ. އަދި އެ ރުކެއްގެ މައުލޫމާތު އެބޭފުޅަކަށް ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޓީޝާޓެއް ބައްލަވައިގަތީމާ ޓީޝާޓު ބައްލަވައިގަންނަ ކޮންމެ ބޭފުޅެއްގެވެސް ނަމުގައި ރާއްޖޭގެ ކޮންމެވެސް ސަރަހައްދެއްގައި މި ޕްލާންޓް ކުރަނީ ރުކެއް. ޕްލާންޓް ކޮށްފައި އެ ބައްލަވައިގަންނަ ބޭފުޅަކަށް ރުކުގެ ފޮޓޯ އާއި ލޮކޭޝަނާއި ރުކާއި ބެހޭ އަޕްޑޭޓްސް ދެމުން ގެންދާނަން. އަދި ވެބްސައިޓުގައި ވެސް އެނުއަލީ ރުއްތަކުގެ އަޕްޑޭޓްތައް ޖަހާނަން" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެކި ފަރާތްތަކާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އެގޮތުން މޯލްޑިވިއަންގެ ފުރިހަމަ އެއްބާރަލުން އެ އިވެންޓަށް ލިބިގެން އައިސްފައިވާ ކަމަށެވެ. މި ޓީޝާޓު ތަކުގައި އެކި އަގު ހުންނަ އިރު ޓީޝާތު ތަކުގެ އަގުތަށް ވެބްސައިޓަށް ލާނެ ކަމަށާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މި ޓީޝާޓު ބައްލަވައި ގަނެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދިވެހިސޮރު

  ތީ ލާރިކާނެ ގޮތެއް ހޯދަން ކުރާހާ މަސައްކަތް. ރައްޔިތުންނަށް ގައުމަށޤ ތިމާވެއްޓަށް ކުރާނެ ފައިދާއެއް ނޯންނާނެ

  4
  1
 2. ސަދީ

  ބެ އްޔާ އޮތީ ފެޢިލްވެފަ

  6
  1
 3. ސަންފާ

  އޭގެން ކޮންމެ ރުކަކާ އެކީ ކިތަ އް ސިހުރު ވަޅުލާނެބާ
  ގަމު ބުނާތި އަޑު އިވޭ ކުރިގަ ފެންފޯ އް ރު އްތަ އް ވެސް އިންދީ އެކަހަލަ ގޮތަކަށޯ މިވެރިންތަަ އް

  6
  1
 4. Anonymous

  ހައުދަހާވާ ވާހަކަ ގިނައޭ. ލާދީނީ ފިކުރުގެ ރިޕޯޓްގެ ވާހަކަ ދެއްކޭތަނެއް ނުފެނޭ . ކުރިން ބުނީ ތަރުޖަމާ ކުރެއްވުމުން ބަދަލުވެފައި އޭ .

 5. ގާސިމް

  ވަރަށް ރަނގަޅު ކަމެއް! ރާއްޖެ ފެހިވުމުގެ އިތުރަން ޓުއަރިޒަމް ޕްރޮމޯޓް ވާނެ ކަމަށް އުންމީދު ކުރަން! ކާމިޔާބަށް އެދެން..