ސަރުކާރުގެ ކަމާއި ބެހޭ ހުއްދަތައް ލިބުމާއެކު ކާށިދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކާށިދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ހުއްދަ ހޯދަން، މި ހަފްތާގެ ތެރޭގައި ހުރިހާ މިނިސްޓްރީ އަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގައި މި މަޝްރޫޢު ހިމެނުމަށްވެސް މިހާރު ހުށަހަޅާފައިވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރުވެސް ވާނީ ބަޖެޓުގައި ޖަހަންވެސް ހުށަހަޅާފައި. ނުޖެހިޔަސް ހުއްދަ ދޭއިރަށް އެއާޕޯޓް އަޅަން ފައިސާ ހޯދާނަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު، އެއާޕޯޓުގެ ކުރެހުންތަކާއި ބޭނުންވާ އެނޫންވެސް ގިނަ ކަންކަން ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް އެޅުމުގެ ހުއްދަ ލިބުމާއެކު މަސައްކަތް ފެށޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫގައި އެއާޕޯޓް އަޅަން ޖެހެނީ އެރަށުގެ ކުޅި ހިއްކައިގެން ކަމަށްވާތީ، އެކަމަށް ހަ މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އެއާޕޯޓްގެ އިތުރުން ކާށިދޫގައި އެޕާޓްމެންޓުތައް އަޅައި ވިއްކުމަށް ނިންމާފައިވާނެ ކަމަށެވެ. އަދި ރިއަލް އެސްޓޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް މި އެޕާޓްމަންޓުތައް ގަނެވޭ ގޮތަށް ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މިހާރު މިވާގޮތަކީ ދިވެހިންނަށް ނުގަނެވިއްޖެއްޔާ ނުވިކި ހުންނަނީ އެޕާޓްމެންޓުތައް. (ޤާނޫނަށް އިސްލާހު ގެނެވިއްޖެ ނަމަ) އޭރުން ބޭރުގެ މީހުންވެސް ގަންނާނެ. ރާއްޖެއަށް ފައިސާ ވަންނާނެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ގަނެވެއެއް ނޫންތޯ،" ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ ތައްޔާރީތައް ވަމުންދާ މި ދަނޑިވަޅުގައި އެއާޕޯޓް ތަރައްޤީކުރާނެ ގޮތުގެ ޕްރޮޕޯސަލްވެސް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. އެ ޕްރޮޕޯސަލްގައި ވާގޮތުން އެއާޕޯޓުގެ ރަންވޭ ގެ ދިގުމިނުގައި 1320 މީޓަރު ހުންނާނެއެވެ. އަދި ފުޅާމިނުގައި 30 މީޓަރު ހުންނައިރު، 60 މީޓަރުގެ ޓެކްސީވޭ އަކާއި 45 މީޓަރުގެ އޭޕްރަން އެއް ޤާއިމްކުރުމަށް ނިންމާފައި ވެއެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ޑިޒައިންކޮށްފައިވާ މި އެއާޕޯޓުގައި، ޓާމިނަލެއްގެ އިތުރުން ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އަކާއި ޕަވާ ހައުސް އެއްގެ އިތުރުން ސެކިއުރިޓީ ޗެކްޕޯސްޓެއް ޤާއިމްކުރުމަށް ނިންމާފައި ވެއެވެ. އަދި އެއާޕޯޓުގައި ފަޔާ ސްޓޭޝަންގެ މުވައްޒަފުންގެ ޚާއްސަ އެކޮމޮޑޭޝަނެއްވެސް ތަރައްޤީ ކުރުމަށް ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ....

    ކަލޭ އައް ހުއްދަ ދޭނެތަަ ?? ދެއިިރު ދެދަޅަޔައްތިހުއްނަނީ ސަރުކާރާ ދިމާލައް ބަވާލަ ބަވާލަ...

  2. ރަނގަޅު

    ބާރަށް ކުރިއަށް ގެންގޮސް ވައުދު ފުއްދަވާ ދެއްވާ.

    11
    1
  3. އެޑްމުންޑޯ

    މިޖާބިރުގެ ނޯވޭ ފައިސާގެ ވިސްނުންނޫންދެވަނަ ކަމެއް ، ދުނިޔޭގެ ލެއްވިހާ ނުބާކަންތައް ކޮށްގެން ވެސް ފައިސާ ލިބެނިކޮށް އެނިމުނީ ، މީނާއަށް އާޚިރަތްދުވަސް އޮންނަކަން ނޭގިހުއްޓާ މަރުއައިސް ޖަހާގަނެގެން ހިގައިދާނެތީ ދެރަވަނީ ، ހެޔޮވިސްނުންދެއްވާށި

  4. ހުސޭނުބޭ

    ތިކިޔާ ހުއްދައެއް ޖާބިރު ފަހަތުން ދުވުނަކަސް ލިބުނުކަމަކަށް ނުވާނެދޯ!

    13
  5. ހޮނޑާފުށި

    މުޅިކާށިދު ހަލާކުކޮށްލުމަށްވުރެ ސީޕުލޭން ޓާމިނަލް އެއް އަޅާ ފަ ސެޑިއުލް ދަތުރު ކުރަަނަމަ މާ ފުރިހަމަ ވާނެ

    15
  6. ވަހީދު

    އެހެންވީމާ ، ސިދާ ކާށިދޫއިން ފުރައިންގެ ލަންކާ ، އިންޑިޔާއަށް ފުލައިޓް އިންނާނެ ތާދޯ ....ވަރަށް ސަޅި

  7. ތަރަބެ

    އަމިއްލަޔަށް އަޅާ ތަނެއް ސަރުކާރުގެ ބަޖެޓުގައި ހިމަނަންޖެހޭތަ؟؟

    15
  8. ބޮނބި

    އަހާނ!!! ކޭބަލް ކާރު އަޅާ ނިމުނީތޯ؟؟

    15
    1
  9. ޖަވާޒު / ކާށިދޫ

    ސަރުކާރު ބޮލުގަ ތިއެޅުވީ ! ނުވަންޏާ ނުވާނެއޭ ބުނެބަލަ. ދޮގުތަކެއް ހަދާނެ ކަމެއް ނެތެއްނު.

  10. ކަނބުޅޮ

    ޖާބިރަކީ މި ޤައުމުގައި ވެރިކަން ކުރަން ވަރަށް އެކަށީގެންވާ ބޭފުލެއް. ޖާބިރު ވެރިކަމަށް ކުރިމަތި ލައިފިނަމަ ރައްޔިތުން އެބަޖެހޭ ވާޖިބެއްގެ ގޮތުގައި ދެކި ޖާބިރަށް ވޯޓުދޭން.

  11. އަސީ

    ފުރަތަމަ ކުންފުނީގެ މުވައްޒަފުންނައް ބަރާބަރައް މުސާރަ ދެވޭތޯބަލާ އެއައްފަހު މިހާރުވެސް އެތައްބަޔަކުލައްވާ މަސައްކަތްކުރުވާފަ ލާރިނުދީއެބަހުރި އެކަންކަން ފުރިހަމަކޮއްފަނޫނީ ތިވަރުބޮޑެތިކަންކަމުގެ ވާހަކަނުދައްކާ.

  12. ދިވެހި ސޮރު

    ކޭބަލް ކާރުތައް ޖައްސަނީ އެއަރޕޯރޓަށްތޯ؟ އެހެންވިމާ ހަފިޔަލީ އުދުހޭކާރުތަ ނޫނީ އެއްކަލަ މުސްކުޅިން ކިޔާ ''އިދިހެންނަ ބައްތެއްޔާ"' ދޯ ޖާބިރޫ

  13. ދިޔާނާ

    ދެލޯފުޅާ އަނގައިން ހިފަހައްޓާގެންވެސް ދައުރު ނިންމާލެވޭތޯ ބަލާތި.

  14. ބީޖީ

    ހުއްދަދީފިއްޔާ ޖައް ވަށް ރޮކެޓް ވެސް ފޮނު ވާނެ.

  15. ސަންސެޓް

    މިހާރުއެބަރަނގަޅު ވޭ. ހޮޑާފުއްޓަށް ފަތިހު ސަންސެޓް ބަލަން ވެސް ހުއްދަ ނަގައިގެން ދިޔަނަމަ.